Rilwange Massalaagai Jazubaathugai Jehigen Noolhumah Raees Yamin Irushaadhu Dhey Chat Logthakeh Leak Kollaifi
vfp.mv
VFPBAAZAARU
HM
HM
ރިލްވާންގެ މައްސަލާގައި "ޖަޒުބާތުގައި ޖެހިގެން ނޫޅެން" އިރުޝާދު ދޭ ޗެޓުތަކެއް ލީކުވެއްޖެ
inage
ރައީސް ޔާމީނާއި ކެބިނެޓުގެ އޭރުގެ ބައެއް ވަޒީރުން---
  ހަބަރު | ސިޔާސީ | 8 އޯގަސްޓު 2018 | 5 ކޮމެންޓް
ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި ޖަޒުބާތުގައި ޖެހިގެން ނޫޅުމަށް ރައީސް އަބްދުﷲ ޔާމީން އިރުޝާދު ދެއްވާފައިވާ ވައިބަ ޗެޓުލޮގުތަކެއް ލީކުކޮށްލައިފިއެވެ. kobadoctor
ސްރީލަންކާގައި އުޅެމުންދާ ސޯޝަލް މީޑިއާ އެކްޓިވިސްޓު ތައްޔިބު ޝަހީމް ރޭ ލީކުކޮށްލާފައިވާ އެ ޗެޓު ލޮގުތަކަކީ ސައްހަ ޗެޓުލޮގުތަކެއްކަން އޭރު ކެބިނެޓުގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ ވީއެފްޕީއަށް ކަށަވަރުކޮށްދެއްވާފައެވެ. ރިލުވާން ގެއްލިގެން އުޅުނު އިރު ވަޒީރުން ތިއްބެވި ވައިބަ ގުރޫޕެއްގައި ދައްކާފައިވާ ކަމަށް ބެލެވޭ އެ ވާހަކަތަކަށް ބަލާއިރު، ރައީސް ޔާމީން އެގޮތަށް ވިދާޅުވެފައިވަނީ އެއީ އޭރު އެންމެ އިސްކަންދީގެން ބަލާ އެއް މައްސަލަ ކަމަށާއި ފުލުހުން ވެސް ރިލްވާން ހޯދަން ކުރެވުނު ހުރިހާ ކަމެއް ކުރަމުންދާ އިރު، އެ އޮޕަރޭޝަނާއި ސިފައިން ވެސް ގުޅިފައިވާ ކަމަށް އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވުމުންނެވެ.

އުމަރަށް ނިސްބަތްކޮށް ރައީސް ޔާމީން ވިދާޅުވެފައިވަނީ "އުމަރު ނޯ ނީޑް ޓު ބީ އޯވަ ވެލްމްޑް ބައި ރިލްވާން ކޭސް" އެހެންނެވެ.
ތައްޔިބު ލީކުކޮށްލާފައިވާ ޗެޓުލޮގު---
ވީއެފްޕީން ސުވާލު ދެންނެވުމުން އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވީ ލީކުވެފައިވާ ޗެޓު ލޮގުގެ ސައްހަކަމާމެދު އެއްޗެއް ވިދާޅުވާން ނޭނގޭ ކަމަށެވެ. ނަމަވެސް ސީދާ ހަމަ އެމޭރުމުން ކެބިނެޓު ވައިބަ ގުރޫޕެއްގައި ވާހަކަ ދެކެވުނު ކަމަށެވެ.

އުމަރު ވިދާޅުވީ "އޯވަ ވެލްމްޑް" އޭ ރައީސް ޔާމީން ވިދާޅުވެފައިވަނީ ރިލްވާންގެ މައްސަލައިގެ ތަހުގީގު ހުއްޓާލަން ނުވަތަ ރިލްވާން ހޯދަން ކުރަމުން ދިޔަ މަސައްކަތް ހުއްޓާލުމަށް އެންގުމުގެ ގޮތުން ނޫން ކަމަށެވެ. ނަމަވެސް ދައުލަތުގެ ވަސީލަތްތައް އޭރު ބޭނުން ކުރެވެމުން ދިޔަ މިންވަރުގެ ބޮޑު ކަމުން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"ދުވަހަކު ވެސް އަންގަވާފައެއް ނުވޭ ރިލްވާންގެ މައްސަލަ ހުއްޓާލާކަށް. އޯވާ ވެލްމްޑް އޭ ވިދާޅުވީ ހުއްޓާލަން އެނގުމަކަށް ވެސް ނޫން. ޗެޓު ލޮގުގައި އޮތީ ކީކޭ ކަމެއް އަޅުގަނޑަކަސް ނޭނގޭ ނަމަވެސް އޭގެ ކުރިން އަޅުގަނޑު ދަންނަވާފައިވާނެ 150 ފުލުހުން އެކަމަށް ބޭނުން ކުރާ ވާހަކައާއި ކޯސްޓު ގާޑުން ހުޅުމާލޭ ބޭރުގައި ޑައިވް ކުރަމުންދާ ކަމަށް. އެހެންވީމަ ކޮމާންޑަ އިން ޗީފުގެ ހައިސިއްޔަތުން ރައީސަށް އެނގިވަޑައިގަންނަވާނެ ދައުލަތުގެ ރިސޯސް ބޭނުން ކުރެވެމުން ދިޔަ ވަރު،" އުމަރު ވިދާޅުވިއެވެ.

ޗެޓު ލޮގުތަކާއި ބެހޭ ގޮތުން ވީއެފްޕީން ރައީސް ޔާމީންގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީއާއި ސުވާލު ދެންނެވުމުން މުއާޒު ވިދާޅުވީ ރިލްވާންގެ މައްސަލާގައި ސީދާ ރައީސް ޔާމީން ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ.

ރިލްވާން ގެއްލުނުތާ މިއަދަށް ހަތަރު އަހަރު ފުރޭ އިރު ރިލްވާންގެ މައްސަލާގައި ރައީސް ޔާމީން އިއްޔެ ވާހަކަފުޅު ދައްކަވާފައިވަނީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ނެރުއްވި ބަޔާނަކާ ގުޅިގެންނެވެ. އަދީބުވަނީ ރިލްވާންގެ މައްސަލާގައި ކެބިނެޓު ފެންވަރުގައި ކުރަމުން ދިޔަ މަސައްކަތްތަކެއް ރައީސް ޔާމީން ހުއްޓުވި ކަމަށް ވިދާޅުވެފައެވެ.

އެވާހަކަތަކާއި ގުޅިގެން ގދ.މަޑަވެލީގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ ރިލްވާން މަރުވެފައިވާ ކަމާ މެދު ޝައްކެއް ނެތް ކަމަށާއި ރިލްވާންގެ މައްސަލަ ކެބިނެޓު ފެންވަރުގައި ނުބަލާ ކަމަށް ވިދާޅުވެފައެވެ. ރިލްވާން މަރުވެފައިވާ ކަމާ މެދު ޝައްކެއް ނެތް ކަމަށް ރައީސް ޔާމީން ވިދާލުވުމުން ފާދި ކިއުންތައް އަމާޒުވެ އެންމެ ފަހުން ގައްދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ އެކަމަށް މައާފަށް އެދިވަޑައިގެންފައެވެ. އަދި އިރާދަ ކުރެއްވިޔާ ރިލްވާން ދިރިހުއްޓާ ހޯދޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ.
ގުޅުންހުރި
ރިލްވާން ގެއްލުނުތާ ހަތަރު އަހަރު: ދައްތަގެ ދުލުން
8 އޯގަސްޓު 2018
ރިލްވާނުގެ ވާހަކަ ރައީސް ޔާމީން ދައްކަވަނީ ޖޯކަކަށް ހައްދަވައިގެން: އިބޫ
7 އޯގަސްޓު 2018
ރިލްވާން މަރުވި ކަމަށް ރައީސް ޔާމީން ވިދާޅުވި މައްސަލަ ތަހުގީގު ކުރަން ޖެހޭ: އާއިލާ
7 އޯގަސްޓު 2018
ރިލްވާންގެ މައްސަލާގައި ރައީސް ޔާމީން ޖަވާބުދާރީ ކުރުވާނަން: އިބޫ
7 އޯގަސްޓު 2018
ހިޔާލު

ބަސްއަހާ
ދަޢުލަތުގެ ހުރިހާ ވަސީލަތެއް ބޭނުންކުރަންވެސް ފަސްޖެހިގެންނުވާނެ. ދަޢުލަތަކީ އެންމެހާ ރައްޔިތުން. ރައްޔިތުންގެ މަސްލަހަތު ހިޔާޔަތްކުރަން ރައްޔިތުން އެކުލަވާލަނީ ސަރުކާރެއް.
ގާދިރު
ﷲއިރާދަކުރެއްވިއްޔާމިދުނިޔެމަތީގަވެސްހުރިހާކަމެއްފަޅާއަރާނެތިއުމަރުގެވާހަކަވެސްރަނގަލުވާނީނުދެއްކިއްޔާއުމަރުވާނީގައުމުގެރައީސްކަމައްކުރިމަތިލާން
އަޙުމަދު
ރިޟުވާނު މަރުވެއްޖެ ކަމާއި މެދު ޝައްކެއް ނެތް ކަމަށް ވަންޏާ އޭނަ ދިރިހުއްޓާ ފެންނާނީ މަޙުޝަރު ދުވަހު ކަމަށްތާ ވާނީ.
އުމަރު
އެކަމާވެގެން އެވަރަށް ނޫޅޭށޭ.
ސަނީ
ނާޒިމޭ، ލެޕްޓްޕޭ، ވަގައްނެގީއޭ، ރިޕޯޓޭ، ރިލްވާންއޭވެސްކިޔާ!
VFP

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]