Sarukaaruge dhifaaugai bodethi baeh viyafaariverin thedhuvejje
vfp.mv
VFPBAAZAARU
HM
HM
ސަރުކާރުގެ ދިފާއުގައި ބޮޑެތި ބައެއް ވިޔަފާރިވެރިން ތެދުވެއްޖެ
inage
ރިރޭ ޓީވީއެމުން ދެއްކި ޕެނަލް ޑިސްކަޝަންގެ ތެރެއިން
  ހަބަރު | ސިޔާސީ | 6 އޯގަސްޓު 2018 | 19 ކޮމެންޓް
ރައީސް އަބްދުﷲ ޔާމީނާއި މިސަރުކާރުން ހިންގާ ބޮޑެތި ޕްރޮޖެކްޓްތަކާއި އިންވެސްޓްމަންޓްތަކުގެ ވާހަކަ ދެއްކެވުމާއި އެކު ސަރުކާރުގެ ދިފާއުގައި ބައެއް ބޮޑެތި ވިޔަފާރިވެރިން ތެދުވެއްޖެއެވެ. kobadoctor
ރިޔާސީ އިންތިހާބަށް 50 ވަރަކަށް ދުވަހަށް ކައިރިވެފައި ވަނިކޮށް މިރޭ ދައުލަތުގެ މީޑިއާގެ ޓީވީއެމްއިން ދެއްކި "މައި ނޭޝަން މައި ފިއުޗާ" ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގެންފައިވަނީ ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު، އެމްޔޫ މަނިކާއި، ޗަމްޕާ ބްރަދާސްގެ ޗެއާމަން ހުސައިން އަފީފާއި، ކްރައުން ކޮމްޕެނީގެ ޗެއާމަން އަހުމަދު ނަޒީރާއި، ހޮޓެލް އެންޑް ރިސޯޓް ކަންސްޓްރަކްޝަން، އެޗްއާރުސީގެ ޗެއާމަން މުހައްމަދު އަލީ ޖަހާން، ޖަނާއެވެ. މީގެ އިތުރުން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސް އިސްމާއިލް އާސިފްވެސްވަނީ ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގެންފައެވެ.

މިބޭފުޅުންވަނީ ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. އަދި ސަރުކާރުން ހިންގާ ޕްރޮޖެކްޓްތަކުގެ ސަބަބުން ގައުލަތުގެ ދަރަނި ބޮޑުވި ނަމަވެސް އެ ދަރަނި ދެއްކޭނެކަމަށް އެބޭފުޅުން ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޗަމްޕާ ހުސައިން އަފީފްވަނީ ތަރައްގީ ކުރެވޭނީ ފައިސާ ހަރަދުކޮށްގެން ކަމަށާއި އަމިއްލަ ވިޔަފާރި ތަކުން ފެންނަ ގަގީގަތަކީވެސް އެއީކަމަށް ވިދާޅުވިއެވެ.

އެމްޔޫ މަނިކުވެސްވަނީ އެބޭފުޅާ ރިސޯޓް ވިޔަފާރި ފެއްޓެވިއިރު ކުރިމަތިވި ގޮންޖެހުންތައް ހިއްސާ ކުރައްވާ މިހާރު ސަރުކާރުން ހިންގާ އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ވާހަކަދައްކަވާފައެވެ.

300 ވަރަކަށް މިލިއަން ޑޮލަރަށް އެއާޕޯޓް ތަރައްޤީ ކުރުމަށް އިންޑިއާގެ ޖީއެމްއާރު ކުންފުންޏާއި ރައީސް ނަޝީދުގެ ސަރުކާރުން ހަވާލުކޮށްފައިވަނިކޮށް އެތައް ރައީސް ވަހީދުގެ ސަރުކާރުގައިވަނީ ޖީއެމްއާރު އަތުން އަތުލާފައެވެ. އަދި މިހާރު އެއާޕޯޓް ތަރައްގީ ކުރުމަށް އޭގެ ތިން ގުނަ އަށްވުރެ ބޮޑު އަދަދެއްކަމަށްވަ ގާތްގަނޑަކަށް ބިލިއަނެއްހާ ޑޮލަރު ވަނީ ބަޖެޓްކޮށްފައެވެ.

ކްރައުން ކޮމްޕެނީގެ ޗެއާމަން އަހުމަދު ނަޒީރުވެސްވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާފައެވެ. އަދި ޖީއެއްއާރު އަތުން އެއާޕޯޓް އަތުލައި އެމްއޭސީއެލުން ހިންގަން ފެށިފަހުން 400 މިލިއަން ޑޮލަރުގެ ފައިދާ ވެފައިވާކަމަށް ނަޒީރު ވިދާޅުވިއެވެ.

އެޗްއާރުސީގެ ޗެއާމަން ޖަނާ ވިދާޅުވީ ސަރުކާރުން މަޝްރޫއުތައް ހިންގަނީ ވަރަށް ބޮޑަށް ބެލުމަށް ފަހުގައި ކަމުގައެވެ. އަދި މަޝްރޫއުތައް ހިންގަނީ ފީސިބިލިޓީ ސްޓަޑީސްތައް ހެދި ލޯން ދެއްކޭނެކަން ޔަގީންކޮށްފައި ކަމަށްވެސް ޖަނާ ވިދާޅުވިއވެ.

މީގެ އިތުރުން އެއްވެސް ހާލަތެއް މެދުވެރިވެ ލޯން ނުދެއްކި ގައުމަށް ދެރަގޮތެއް ވާނަމަ ފިޔަފާރި ވެރިން ތެދުވެ ސަރުކާރަށް އެހީތެރިވާނެ ކަމަށްވެސް ޖަނާ ވިދާޅުވިއެވެ.
ގުޅުންހުރި
ރައްޔިތުންނަށް ބްރިޖު އޯކޭ، އޯކޭ ނުވަނީ ވައްކަން: ރައީސް ނަޝީދު
9 ސެޕްޓެމްބަރ 2018
ސިޔާސީ ހަރަކާތްތަކުގައި ބިދޭސީން ބައިވެރިވާނަމަ ފިޔަވަޅު އަޅާނަން: އިމިގްރޭޝަން
8 ސެޕްޓެމްބަރ 2018
އެމްޑީއޭ އިން ކޯލިޝަން ނުހަދަން ނިންމައި، ފްރީ ވިޕެއް ނެރެފި
5 ސެޕްޓެމްބަރ 2018
ޝައިޚް އިލިޔާސް ފުލުހުންގެ ބެލުމުގެދަށަށް ގެންދިިއުމަށް ނިހާން ގޮވާލައްވައިފި
3 ސެޕްޓެމްބަރ 2018
ހިޔާލު

ގުޅުންހުރި
ާަަާއަހުމަދު
ވިޔަފާރި ވެރިން އަބަދުވެސް ބަލާނީ ރައްއިތުމީހާ ފެލާލެވޭތޯއެވެ
ހަބީބު
ޔަމީނު ނެތަސް ގައުމު ތަރައްގީވާނެ ވިޔަފަރި ވެރިން އޭރަކު އޮންނަ ސަރުކާރަކައް އެއްބަރުލުން ދޭނަމަ ތީހަމަ ނުހައްގުން ލިބިފަވާ ރައްރައް ބީވެދާނެތީ ދައްކަވާހަކަ ކޮބާރިސޯޓު މުވައްޒަފަކައް 5 އަހަރު ތެރޭ ލިބުނު ކުރިއެރުމެއް ލޯނެއްނެގިޔަސް އިންޓްރަސްޓް އެހާބޮޑު 5 ލައްކަ މިނަގަނީ ގެހަދަން ދައްކަންޖެހޭ މިލިޔަނެއް ހެޔޮވާނެތޯ
އާދަމް ހ
އިބޫ އަތްޕުޅުގައި އޮތީ ނަޝީދުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި އޮތް އެމްޑީޕީގެ ރިޔާސީ ޓިކެޓެކެވެ. އިބޫއަށް ޓިކެޓް ދިނީ ދޮޅު އަހަރު ދުވަހުގެ މުއްދަތަށެވެ. އިބޫއަށް ވެރިކަން ލިބިވަޑައިގަންނަވާއިރަށް ނަޝީދު މިނިވަންވެއެވެ. އެއަށްފަހު އެއޮޑީގައި ހަމައެކަނި ވިކޭނީ ނަޝީދުގެ ބަހެވެ. ކޯލިޝަނުން ބައިއަޅައިގެން އެބުނާ ޖޭޕީގެ ނުވަތަ ޤާސިމު އިބްރާހީމަށް ވީ ބަޔަށް ނެގި ރަނިން މޭޓް އެހާ ހިސާބަށް ދާއިރު ހުންނާނެ ހިސާބެއް ނުވެސް އެނގެއެވެ. ހަމަ ގައިމުވެސް އެއޮޑިއަކު އޭނާއެއް ނުހުންނާނެއެވެ. ވަރަށް ހަރުބަސްކޮޅެއް...
އަޙްމަދް
ވފޕ ވަރައް ދެރަވެއްޖެދޯ؟ހެހޭ
ގިސްލާ ރޮމުންތާދޯ މި އާޓިކަލް ލިޔުނީ!ހެހޭ
ރައީސް ޔާމީން ޖައްސަވާ ފޮޑީ ގެ ވަހާހިސާބައްވެސް ކެނެރީގެ ގައިދީކަށް ނާދެވެނޭ.ހެހޭ
ހަބޭސް222
ދެއްކި ވާހަކައިގެ ރާގަށް ބަލާއިރު ކޮންމެވެސް ކަމެއްގެ ނުވަތަ ބައެއްގެ މަޖުބޫރު ކަމެއް އޮވެގެން ދެއްކި ވާހައެއްގެ ރާގުގައި ދައްކާފައިވަނީ! އެއްވެސް ހަރުކަމެއް ވަހަކައަކުން ނުފެނުނެ. އަދި ޖީއެމްއާރު އަށް 300 މިލިއަން ޑޮލަރުން ހެދެން އޮތް އެއާޕޯރޓް 1 ބިލިއަން ޑޮލަރަށް ހަދުނީމަ އެވަނީ ޤައުމަށް ފައިދާތޯ ނުވަތަ ގެއްލުންތޯ ނޭގޭ ވިޔަފާރިވެރިއެއް ޓީވީއަށް އަރާ މަޖުބޫރުވިއަސް ދެން ދައްކަން އޮންނާނީ ކޮންވާހަކައެއްބާ! "މައި ނޭޝަން މައި ފިއުޗާ" މުޅިން ޚަރާބު
މުހައްމަދު
ތިޔަބޭފުޅުން ވެގެން އެއަރޕޯޓެއް ސަރުކާރަށް ދެއްވިނަމަ، ތިޔަބޭފުޅުން އެއަށްވުރެ މުއްސަދި އަދި މއެކަމުން ތިޔަބޭފުލުންނަށް އެންމެ ފައިދާވާނީވެސް. ފީސިބިލިޓީ ހެދިނަމަވެސް މިގޮތަށް ފެންނާނީ ނަމަވެސް ތިޔަބޭފުޅުން އަމިއްލަ އަށް ނުކޮށް ސަރުކާރު ލައްވާކުރަން މަޑުކުރީ. ތިޔަބޭފުޅުންގެ ވިޔާފާރީގެ އާއްމުދަނީއިން ކިތަށް ޕަސެންޓްތޯ "ފިލަންތޮރޮޕީއަށް" ޚަރަދު ކުރަނީ ؟ އަޑުއިވިފައިވާގޮތުގައި 3%ވެސް ނުވޭ! ސްޓީލް ޔޫޕީޕަލް ޓޯލްކިން؟؟؟؟؟؟؟
އަބްދުﷲ
ޔުނިވާސަލް، ޗަންޕާ،ކުރަން،ހޮޓެލް ... އާސިފް މިމީހުން އަމިއްލަ ވިޔަފާރި އާއިގެން ތެޅިގަތީ ދޯ . ގައުމަށް ވަމުން ދާގޮތް މި މީހުންގެ ލޮލަށް ނުފެން ނަނީބާ. އެމް ޑީ ޕީ ވެރިކަމުގައި ގައުމހަލާކު ކޮއްފައި މިހާރު ތިއުޅެނީ މޮޔަފުޅުވެގެން.
ހުސެބެ
ޤާނޫނާއި ޚިލާފަށް ރައްޔިތުންނަށް އެތައް އަނިޔާއެއް ދެމުން ގެންދާއިރު، މިވެރިންނަށް ހިންދެމިލެވޭވަރު ވީމަ އެ ނިމުނީ. ހުރި ނުލަފާކަމާއެވެ.
ސަތަރޭ
މަހުޖަނުން ދާންވީ މަހައް..
.
ކަތީބު
ޖަނާ އަތުގަ އެއް އެއާޕޯޓު، އުއްޗުއައް ދެންއޮތް އެއާޕޯޓު، ޔުނިވާސަލް އަށް ދެންއޮތް އެއާޕޯޓު، ދެންވާނީ މިހެން. ވިޔަފާރި ހިމާޔަތް ކުރަން އެބަޖެހޭ ދެއްތޯ. ނޫސް ވެރިން އެބަޖެހޭ މި އެއާޕޯޓުތަކުގެ ހަގީގަތް ހޯދަން.
ނުދައްކާވާހަކަ
ތިހާރައްޔިތުން ދެކެ ލޯބިވާތީތޯ އެމްޔޫމަނިކު، ޗަންޕާ އަފީފު، ކުރަން ނަޒީރު، ޖަނާހު މެން އިންކަމް ޓެކުސް ނުދައްކަން ވެގެންވގާނޫނެއް ހެދިޔަ ނުދީ ނުފޫޒު ބޭނުންކޮއްގެން ތިތިބެނީ؟؟؟ ޖީއެސްޓީ ނަގަން އުޅުނީމަ އަންނި ވެރިކަން ވައްޓާލީ، އަންނި ގެސްޓް ހައުސްވިޔަފާރި ރާއްޖޭގަ ރައްތަކުގަ ހަދަން ނިންމީމަ އެކަމާ ރުޅިއައިސްގެން އަދިވެސް އުޅެނީ؟؟ ރައްޔިތުންދެކެ ލޯބިވާ ބައެއްނޫންތީކީ އަކީ؟ތީ މިގައުމުގަ އޮތް މުއްސަދިކަން ފޭރިގަނެގެން އުޅޭ 7 ވަރަކައް ދަހި ސާދާ އޮގަރުތައް؟؟؟ ކާކު ކަޔެމެނައް ސަޕޯރޓްކުރަނީ؟؟؟
ރަށުމީހާ
އީޔޫ ލިސްޓަށް ފަލައަކުރުން ފަވާލަން ޖެހޭމީހުން މީ
ބޮޑުބެ
ލަދެއް ހަޔާތެއްވެސް ނެތޭ ތަންތަނަށް އަރާ ފާޑުފާޑު ވާހަކަދައްކާއިރު...މިމުޅި ދިވެހިރާއްޖެ ބަނޑުއަޅާލާ، ސަރުކާރުން ރައްޔިތުން ދަރަނިވެރިކޮށް ބޮޑެތި ލޯނުނަގާ ހިންގާ ގިނަކަންތަކުން މަންފާވާ ބައިގަނޑުތީ، ތީގަތެރޭ ނުހުންނާނެ ދިވެއްސަކަށް ހެޔޮއެދޭ އެކަކުވެސް، މިހާރު ޔާމީނު ވެރިކަމުންވެސް އެންމެ ބޮޑަށް ފައިދާވާ ގުރޫޕްތީ...މަގޭވޯޓް އަދި މަގޭ އާއިލާގެ ވޯޓްވެސް ތިބައިގަނޑަށާއި ޔާމީނަށް ހަރާމްވާނެ...
ހޭކޭފޭކޭ
އެއްކަލަލުސްޓުގާތިބިނަންތައްމިހާމަވަނީ ދެއްތޯ .. ކޮއެފުޅުމެންނޭ އެއާޕޯޓްހަދާތީ އެކަކުވެސްކަންބޮޑުވެގެންނޫޅޭ .. އެކަމަކު ފ އަތޮޅުވިއްކާލަންއުޅުނީމާ އެކަމާދެކޮޅުހެދި . މިހާރުތިއޮތްފެންނައެއާޕޯޓްވެސްހެދީ އޭރަށްބަލާފަ މިހާރަށްވުރެފެންވަރުދެރަކޮށެންނޫން އިނގޭތޯ . ދެންމިހާރު ވިޔަފާރިވެރިން އެއާޕޯޓަށްތައުރީފުކުރީމާ ކޮބާމައްސަލައަކީ . ދެންތިކިއަނީ ގޮރުންގޮރުދޮންނަވާހަކަ .
އަހަންމަދުބެ
ތިޔައީ މިވޭތުވެ ދިޔަ ގިނަޒާމާން ތަކެއްވަންދެން މިޤަވްމު ފެނާނުލާބޯ ގުރޫޕް
ތިތަނު ނެއް މިރާއްޖޭގެ ރައްޔިތަކައް ހެޔޮއެދޭ އެކަކުވެސް އަމިއްލައެދުމުންފޯވެފަސްބައިހަޑިވެފަތިބި ގުރޫޕެއް ބިރުން ހިތާދެކޮޅަށްނުކުމެ ކީއެއްޗެއް.އަހަރެމެން ރައްޔިތުން ބަލައެއްނުގަންނާނަން .
ހަސަންބޭ
އޭ ތީ އެއްކަލަ ޔާމީނު ބުނެލާއީރައް ޑޮލަރު ދަތީކޮއްގެން ރައްޔީތުން ގެ ކަރުގަ މަޅީއަޅުވައީބާރު ކޮއްގަންނަ ވީޔަފާރީވެރީން ދޯ.. ރައްޔީތުންނަ ތީޔަ ވީޔަފާރީވެރީން ވަނީ ފީސާރީ ރަނގަޅައް ދަސްވެފައީ..
މައީީކާލޯ
މައީ ކަރަޕްޝަން މައީ ބީޒުނަސް..
ސަވާދު
ތީޔަ ވީޔަފާރީވެރީންނާއީ ސަރުކާރާ އޮންނަ ގުޅުމުގެ ސަބަބުން ނޫންތޯ ރައްޔީތުން އަބަދު އަޅުވެތީވެފަ ތީބެންޖެހެނީ.. ތީބުނާ އެޔާޕޯޓަކުންވެސް ފައީދާއެއްވަނީ ތީޔަ ވީޔަފާރީވެރީންނައް.. ރައްޔީތުމީހާ ފެލައީގެން ނަގާ އެޔާޕޯޓު ޑީވެލޮޕްމެންޓު ޓުކުހާއީ އަދީ އެނޫންވެސަ ޒާތްޒާތުގެ ޓެކުހުންނެއް ނޫންތޯ ތީބުނާ ލޯނުދައްކަން ތީޔަ އުޅެނީ.. ތީ ވީޔަފާރީވެރީން ބީލީޔަނުން ލާރީހޯދާއީރު ރައްޔީތަކައް ތީގެ މީހެއްގެ ކުންފުނީގެ ހީއްސާއެއްހާ ހީސާބު ނުދޭންވެގެން ރީސޯޓުތައް ޕަބްލީކު ކުންފުނީތަކައް ބަދަލު ނުވެތީބެނީވެސް.. ދެން ރައްޔީތުންނައް މާ ހެޔޮ އެދީގެންކަމައްހެދީގެން އަރާތީބެ ލަފާދޭން ނޫޅޭށެވެ..
ޒިންކް
ތީގެން އެންމެ މީހަކަށްވެސް އެނގޭތޯ އާދައިގެ ދިވެހި ރައްޔިތުމީހާ އުޅޭހާލު؟
VFP

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]