Rishvathuge Islaahuge Massalaagai PPMin Dhogu Hedhikan Falhaa Araifi
vfp.mv
VFPBAAZAARU
HM
HM
ރިޝްވަތުގެ އިސްލާހުގެ މައްސަލާގައި ޕީޕީއެމުން ދޮގު ހެދިކަން ފަޅާ އަރައިފި
inage
ޕީޖީ މެންބަރުން އަނިލްއާއެކު މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން---
  ހަބަރު | ސިޔާސީ | 31 ޖުލައި 2018 | 7 ކޮމެންޓް
ގާނޫނުލް އުގޫބާތުން ދައުލަތުގެ މުވައްޒަފުންގެ ރިޝްވަތުގެ މައްސަލަތައް އުނިވާ ގޮތަށް ސަރުކާރުން އިސްލާހު ހުށަހަޅާފައިވާ މައްސަލަ ހޫނުވެފައިވަނިކޮށް ރިޝްވަތުގެ ކުށް ހިމެނޭ ގޮތަށް އެހެން އިސްލާހެއް ކުރިން ހުށަހަޅާފައިވާ ކަމަށް ބުނެ ޕީޕީއެމުން ދޮގު ހެދިކަން ފަޅާ އަރައިފިއެވެ. Dhiraagu
ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަޕުވުމެއްގައި ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ގާނޫނުލް އުގޫބާތަށް ފުރަތަމަ އިސްލާހު ހުށަހެޅުއްވި ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީގެ އިސްލާހާއެކުއެކީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް ވެސް ރިޝްވަތުގެ ކުށް ހިމެނޭ ގޮތަށް ބޮޑު އިސްލާހެއް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމުގައި ހުރި ދަތިތަކުގެ ސަބަބުން އެ ބިލު ލަސްވެގެން ދިޔައީ ކަމަށް ނިހާން ވިދާޅުވިއެވެ.

"އަބްދުއްރަހީމް މި އިސްލާހު ހުށަހަޅާފައި އޮންނަތާ ހަމަ ވީ ދުވަހެއްވީ މި އިސްލާހާއެއްކޮށް. ނަމަވެސް އަޅުގަނޑުމެންގެ ޕާލިމެންޓް ގުރޫޕު މެންބަރުންގެ މެެދުގައި މަޝްވަރާ ކުރުންމީ އެއް ކަންތައް. އާއްމުކޮށް އަޅުގަނޑު ގެންދަން. އަޅުގަނޑު ދަންނަވާފައިވާނެ މީގަ ކުރީގަ ވެސް ބިލެއް ހަމަ އައުމާ އެއްކޮށް މެންބަރުންގެ މެދުގަ އެ ބިލު މަޝްވަރާ ކުރުމަށްފަހުގައޭ އަޅުގަނދުމެން ވައްދަމުން ދަނީ. އެހެންވީމަ ފުރަތަމަ އިސްލާހު އަޅުގަނޑުމެން ވެއްދީ މަޝްވަރާކޮށްފައި، އައިބީގެ އިސްލާހާއެކު. މި އިސްލާހު މަޝްވަރާކޮށްގެން ވައްދާފައި މަޖިލީހުގެ ފުރަތަމަ ކިއުން އެންމެ އަވަހަށް އޮންނަ ޖަލްސާއެއްގައި ކުރިއަށްދާ ގޮތަށް ނިންމާފަ އޮއްވާ މަޖިލީހުގެ މަސައްކަތްތައް ތަރުތީބުން ގެއްލިގެން ދިޔަ މިންވަރު ތިބޭފުޅުންނަށް ނޯޓު ކުރެވިފައި އޮންނާނީ، ޖަލްސާތައް ކުރިއަށް ގެންދިއުމުގަ ހުރި ދަތިތައް. އޭގެތެރޭގައި ލަސްވެފަ އެއޮތީ،" ނިހާން ވިދާޅުވިއެވެ.

އަބްދުއްރަހީމް ހުށަހަޅުއްވާފައިވާ އެ އިސްލާހުގެ ފުރަތަމަ ކިއުން މާދަމާ އިއްވާ ގޮތަށް މިހާރުވަނީ ތާވަލުކޮށްފައެވެ.

އިބްރާހީމް ދީދީގެ އިސްލާހާއެކު އަބްދުއްރަހީމްގެ އިސްލާހު ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް ކަން ދިމާވީ ގޮތުން ލަސްވެގެން ދިޔައީ ކަމަށް ޕީޕީއެމުން ބުނި ނަމަވެސް ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕުގެ ބައެއް މެންބަރުން ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ވީއެފްޕީއަށް ބުނި ގޮތުގައި އަބްދުއްރަހީމްގެ އިސްލާހު ހުށަހަޅާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

އެ މެންބަރު ވިދާޅުވި ގޮތުގައި އެ އިސްލާހާ ބެހޭ ގޮތުން ޕީޕީއެމްގެ އޮފީހުގައި ބަނޑާރަ ނައިބު މުހައްމަދު އަނިލްއާއެކު މިއަދު މެންދުރު ދޭއް ޖެހި އިރު ޕާލިމެންޓްރީ ގުރޫޕުގެ މެންބަރުންވަނީ ބައްދަލުވުމެއް ވެސް ބާއްވާ މަޝްވަރާ ވެސް ކޮށްފައެވެ. މަޖިލީހަށް ހުށަހަޅާ އިސްލާހުތަކާ ބެހޭ ގޮތުން ޕީޖީ މެންބަރުންނާ މަޝްވަރާ ކުރާ ކަމަށް ނިހާން ވިދާޅުވެފައިވާ އިރު ވީއެފްޕީއާއި މައުލޫމާތު ހިއްސާ ކުރި މެންބަރުން ވިދާޅުވީ އަބްދުއްރަހީމް ހުށަހަޅާފައިވާ ބިލާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވަނީ ވެސް މިއަދު އެކަނި ކަމަށެވެ.

އަބްދުއްރަހީމްގެ ބިލު ކުރިން ހުށަހަޅާފައިވާ ކަމަށާއި މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދަން ހުރި ދަތިތަކުގެ ސަބަބުން ލަސްވީ ކަމަށް ޕީޕީއެމުން ބުނާ އިރު މިދިޔަ ހަފުތާ ވެސް މަޖިލީހުގެ ޖަލްސާތައް ބާއްވައި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި އިދިކޮޅު މެންބަރުން ޖަލްސާތަކަށް ވަޑައިނުގެންނެވި ނަމަވެސް ބައެއް ކަންކަން މަޖިލީހުން ފާސް ވެސް ކޮށްފައިވެއެވެ.
ގުޅުންހުރި
ފެންކުންފުނީގެ މެޖޯރިޓީ ހިއްސާ ގަންނާނަން: ރައީސް ޔާމީން
4 ގަޑިއިރު ކުރިން
އިބޫ އަކީ ހަމައެކަނި ކޭކުފޮތި ފަޅާލަން ވަޅި ހިފާ މީހާ: ރައީސް ޔާމީން
4 ގަޑިއިރު ކުރިން
ދީނީ އިލްމުވެރިން އެމްޑީޕީ އާއި ގުޅޭ ހިސާބުން އެމީހެއްގެ ދީނީ މެންޑޭޓް ގެއްލޭނެ: ޝަހީމް
4 ގަޑިއިރު ކުރިން
ޕީޕީއެމް ބޮޑު ޖަލްސާގައި ރައީސް ޔާމީނުގެ މެނިފެސްޓޯ އިއުލާން ކޮށްފި
4 ގަޑިއިރު ކުރިން
ހިޔާލު

ރަންނަމާރި
“ވަގަކު ނޫން އެކަކު ނެތޭ އިއްޒަތްތެރި ރައީސް” މީ އަހަރެން ބުނި އެއްޗެއް ނޫން. އެބުނި މީހާ ދޮގުހެދިޔަސް އެބުނީ ވ ބޮޑު ތެދެއް.
ކިޔަން އިނިން
ތެދުވެރިކަމާއި އެކު ވާހަކަ ދައްކަވާ
ޞާފީ
ސެޕްޓެމްބަރު 23 އަންނަންދެން މިވެރިން މިފަދަގޮތަކަށް ތެޅިތެޅި ތިބޭނެ، އެތިބީ ގޮތް ހުސްވެފަ ، ކަރުތާފެނަށް އެރެވިފަ ، ސަލަމަތުގެ އައްސޭރިއަކަށް ދެން ނުދެވޭނެ ، މި ފޮޓޯއިން ތިއަފެންނަނި މިހާރު ރައީސް ޔާމީނު އަރިހުގައި ތިބިހާވެސް ބަޔަކީ ، އިރަޔަކލަށް ވެސް ހާރަކަށް ވެސް ހުރި އެއްޗަކީ އެއީ، ދެން މުޅި ޤައުމުގެ ހުރިހާ ސިޔާސީ ލީޑަރުންނާއި ރައްޔިތުން ތިބީ މިއަނިޔާވެރިވެރިކަން ނިންމުމުގެ ވަރުގަދަ އަޒުމުގައި، 23 ސެޕްޓެމްބަރު ނިމުމުގެކުރިން މިވެރިންގެ ބޯތައް ލަދުންގޮސް ބިމަށް ހެރިގެންދާ މަންޒަރު ދިވެހިން ދެކޭނެ އިންޝާﷲ
ހުކުމް
ރަނގަޅު ގޮތަކީ ދަރުބާރު ފެކްޝަން! ކޮން އިރަކު އެމީހުން ތެދުބަހުން ވާހަކަ ދެއްކީ؟ އަދުރޭމެން ނިހާނުމެން ދޮގެއް ހެދެން އޮއްވާ ތެދެއް ނަހަދާނެ!!
ބަލަން އިނިން
ނިއުސް ކޮންފަރެންސް ނިމެން އުޅެނިކޮށް ނިހާނު އަމިއްލަ އަށްވެސް ބުނެވުނު އަބްދުއްރަހީމް މިއަދު ހުށައޅި އިސްލާހޭ..
ސައްޕޭ
ޕީޕީއެމް ގެ މެމްބަރު ތިޔަހިންގާ ޖަރީމާތަކުގެ އަގު ދައްކަން ޖެހޭނެދުވަސް އެބައާދޭ! އަބަދަކު ރައްޔިތުންނަށް ހަރާންކޯރު ވޭވޭ ނުތިބެވޭނެ ކަން ހަދާންކުރާތި!
ފޫހިވޭ
ނިހާނޫ ތިޔަ ފަދަ ބޮޑެތިކަންކަން ޕީޕީގެ 3 މެމްބަރުން ނިންމައިގެންނުވާނެ.
VFP

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]