Syria ah Goss Ulhunu Dhivessaku Athulaigane Aniyaaverigothakah Boa Buri Kollaigen Maraalaifi
vfp.mv
VFPBAAZAARU
MIB
MIB
ސީރިއާއަށް ގޮސް އުޅުނު ދިވެއްސަކު އަތުލައިގަނެ ބޯ ބުރިކޮށްލައިގެން މަރާލައިފި
inage
ސީރިއާގައި ދިވެހިންތަކެއް ޓްރޭނިން ހަދާ ކަމަށް ބުނާ ފޮޓޯއެއް---
  ހަބަރު | ސިޔާސީ | 24 ޖުލައި 2018 | 7 ކޮމެންޓް
ސީރިއާގައި ކުރަމުންދާ ހަނގުރާމާގައި ބައިވެރިވަމުން ދިޔަ ދިވެއްސެއްގެ ބޯ ބުރިކޮށްލާ އަނިޔާވެރި ގޮތަކަށް މަރާލައިފިއެވެ. Dhiraagu
ވީއެފްޕީއަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި އައިއެސްއާއެކު ހަނގުރާމަ ކުރަމުން ދިޔަ ޒުބައިރު ނަމަކަށް ކިޔާ އެ ދިވެހި މީހާގެ ބޯ ބުރިކޮށް މަރާލާފައިވަނީ މީގެ ދެ ހަފުތާ ކުރިން ސީރިއާގެ އިޑްލިބުގައެވެ.

އެނގިފައިވާ ގޮތުގައި ޒުބައިރު އަތުލައިގަނެ އޭނާގެ ބޯ ބުރުކޮށް މަރާލާފައިވަނީ ސީރިއާގައި ހަރަކާތްތެރިވަމުންދާ ޖަމާއަތެއް ކަމަށްވާ ތަހުރީރް އަލްޝާމްއިންނެވެ. ޒުބައިރު އަސީރުކޮށްފައިވަނިކޮށް އަދި އޭނާގެ ބޯ ބުރިކޮށް މަރާލުމަށްފަހު ނަގާފައިވާ ފޮޓޯތަކެއް ތަހުރީރު އަލް ޝާމްއާއި ގުޅުން ހުންނަ ބައެއް ސޯޝަލް މީޑިއާ އެކައުންޓުތަކުން އާއްމުކޮށްފައިވެއެވެ. އޭގެ ބައެއް ފޮޓޯތައް ވީއެފްޕީއަށް ވެސް ވަނީ ލިބިފައެވެ.

މައުލޫމާތު އެނގޭ ފަރާތަކުން ވީއެފްޕީއަށް ބުނި ގޮތުގައި ޒުބައިރު އަސީރުކޮށް އޭނާގެ ބޯ ބުރިކޮށް މަރާލާފައިވަނީ އައިއެސްއާއެކު ހަނގުރާމަ ކުރަމުން ދަނިކޮށް ތަހުރީރު އަލްޝާމްގެ ބެލުމުގެ ދަށަށް އެތައް ފަހަރަކު އޭނާ ގެންގޮސް ނަސޭހަތް ދިނުމަށްފަހު ވެސް އައިއެސްއާއެކު ހަނގުރާމަ ކުރުމުންނެވެ.

ސީރިއާއާއި އިރާގުގައި އައިއެސް ވަރަށް ބޮޑަށް ބަލިވެ ފަހަތަށް ޖެހިފައިވާ އިރު އަދި ވެސް ދޭތެރެ ދޭތެރެއިން ހަނގުރާމައަށް ސީރިއާއަށް ދިވެހިން ދެއެވެ. އޭގެތެރެއިން ބައެއް މީހުން އަތުލައިގަނެ ރާއްޖޭގައި ހައްޔަރު ވެސް ކުރެއެވެ.
ގުޅުންހުރި
ހަތް އަހަރަށްފަހު ސީރިއާގައި އާންމު އިންތިހާބެއް ބާއްވައިފި
17 ސެޕްޓެމްބަރ 2018
އީރާނުގެ އަސްކަރީ މަރުކަޒުތަކަކަށް އިޒްރާއީލުން ހަމަލާދީފި
5 ސެޕްޓެމްބަރ 2018
ކެމިކަލް ހަތިޔާރު ބޭނުންކޮށްފިނަމަ ރައްދު ދޭނަން: އެމެރިކާ
4 ސެޕްޓެމްބަރ 2018
ސީރިއާގެ ރެފިއުޖީންނަށް އިތުރަށް ޖާގަ ދެވެން ނެތް: ޖޯޑަން
29 އޯގަސްޓު 2018
ހިޔާލު

ނަން ހާމަކުރަން ބޭނުމެށްނޫން
މިއީ މުސްލިމުން އިސްވެ ހަގުރާމަ ކުރަންވީ ޒަމާނެތް ނޫން ދިފާއުގަ ނޫނީ.
ބުރާންތި
ހަބަރު ލިޔަނީ މީހުންގެ ސަމާލުކަން ހޯދަން!
ޚާލިދު ބިން ސަމަދު
އަދިވެސް ހަނގުރާމަޔަށް ދޭ! ކޮން ހަނގުރާމަޔަކަށް ދާކަށް؟
ފޮނިސޮރު
ކޮބަ ބޯބުރި
އަހުމަދު
ޒުވާނުން ކީއްކުރަންބާ އެދަނީއެތަނަކަށް ޤައުމުގައި ރަގަޅުގޮތުގައި ތިބެންވީނު ...
ލަކީ
އޯކޭ ވާނެ
ގަމާރު
ކަލޭމެން ތިޔޮއް ޖަހާ ސުރުހީއެއް ދޯ. ބޯ ބުރި ކޮށްލާފަ އަދި މަރާލި ވާހަކަވެސް ޖަހަން ޖެހޭތަ

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]