EU in Fiyavalhu Neylhee Sarukaarun Kuri Massakathun: Shainee
vfp.mv
VFPBAAZAARU
MIB
MIB
އީޔޫއިން ފިޔަވަޅު ނޭޅީ ސަރުކާރުން ކުރި މަސައްކަތުން: ޝައިނީ
inage
ޝައިނީ---ފޮޓޯ:ރާއްޖެޓީވީ
  ހަބަރު | ސިޔާސީ | 16 ޖުލައި 2018 | 4 ކޮމެންޓް
އީޔޫގެ ހާރިޖީ ވަޒީރުންގެ މަޖިލީހުން މިއަދު ރާއްޖެއާއި މެދު ފިޔަވަޅު ނޭޅީ ސަރުކާރުން ކުރި މަސައްކަތުގެ ސަބަބުން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ.މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ. kobadoctor
ބްރަސެލްސްގައި މިހާރު ވެސް ހުންނެވި ޑރ.ޝައިނީ ވީއެފްޕީއަށް ވިދާޅުވީ ފިޔަވަޅު އަޅަން އުޅުނީ އިދިކޮޅު ފަރާތްތަކުން އީޔޫގެ ގައުމުތަކަށް ދީފައި ހުރި ގޯސް މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. ނަމަވެސް އެކަންކަން އޮޅުން ފިލުވާދެވިފައިވާ ކަމަށް ޝައިނީ ވިދާޅުވިއެވެ.

"އަސްލު ސިޗުއޭޝަން އޮތީ ކިހިނެއްކަން ކިޔާދެވިއްޖެ. އިދިކޮޅު ފަރާތްތަކުން އޮތީ އިންތިހާބެއް ނުބާއްވާނެ ކަމަށާއި އިންތިހާބަކާ ނުލާ ރައީސް ޔާމީން ހުވާ ކުރައްވާނެ ކަމަށާއި އިންތިހާބަށް ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކާ މެދު ފިޔަވަޅު އަޅާ ކަމަށް ބުނެދީފައި،" ޝައިނީ ވިދާޅުވިއެވެ.

ޝައިނީ ވިދާޅުވި ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ސަރުކާރުން ހުރަސް އަޅަނީ އެހެން ވެގެން ކަމަށް އީޔޫގެ ގައުމުތަކަށް ސިފައިކޮށްދީފައިވާ ކަމަށާއި ނަމަވެސް "ލެޖިޓިމޭޓު" ކެންޑިޑޭޓަކު ވަޑައިގެންނެވުމުން ހުރަސް ނާޅާކަން ދައްކާ ދީފައިވާ ކަމަށް ވެސް ޝައިނީ ވިދާޅުވިއެވެ.

ޝައިނީ ވަނީ ރާއްޖޭގެ ހާލަތު ގޯސް ނުވާނެ ކަމަށާއި ފިޔަވަޅު ނާލަން ނިންމި ނިންމުމުން ސަރުކާރަށް ކާމިޔާބު ލިބުނު ކަމަށް ސިފަ ކުރައްވާފައެވެ.

ޝައިނި އެހެން ވިދާޅުވި އިރު ކައުންސިލް އޮފް ދަ ޔޫރަޕިއަން ޔޫނިއަން ނުވަތަ އީޔޫގެ ހާރިޖީ ވަޒީރުންގެ ކައުންސިލުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި ފޮރިން އެފެއާޒް ކައުންސިލުގެ މިއަދުގެ ބައްދަލުވުމުގައި ރާއްޖޭގެ ވަކިވަކި ފަރުދުންނާއި މުއައްސަސާތަކާއި އިދާރާތަކުގެ މައްޗަށް ފިޔަވަޅު އެޅުމަށް ފްރޭމްވޯކެއް(އުސޫލުތަކެއް) މިއަދު ފާސްކޮށްފައިވެއެވެ.

ފިޔަވަޅު އަޅަން ފްރޭމްވޯކެއް އެކުލަވާލާފައިވަނީ އިންސާނީ ހައްގުތަކަށް އަރައިގަނެ ގާނޫނީ ހުކޫމަތު ހިންގަން ހުރަސް އަޅާ، ހުރިހާ ފަރާތްތައް ބައިވެރިވާ ސިޔާސީ ހައްލެއް ހޯދަން ދެކޮޅު ހަދާ ފަރާތްތަކާ ދެކޮޅަށެވެ. އެ ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި އީޔޫގެ އެ ނިންމުމުގެ ސަބަބުން ހާލަތު ބަދަލު ނުވެއްޖެ ނަމަ ވަކިވަކި ފަރުދުންނާއި މުއައްސަސާތަކާއި އިދާރާތަކުގެ މައްޗަށް ފިޔަވަޅު އަޅަން ފަހިވެގެންދާނެއެވެ.

އެ ބަޔާނުގައި ރާއްޖޭގެ ހާލަތު ރަނގަޅު ނޫން ކަމަށާއި ހާލަތު ބަދަލު ނުވެއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައިވެއެވެ.
ގުޅުންހުރި
ހޯމަ ދުވަހު ސްކޫލުތަކުގެ ކިޔެވުމެއް ނޯންނާނެ، އެކަމަކު ސަރުކާރު ބަންދެއް ނޫން
20 ސެޕްޓެމްބަރ 2018
ފުލުހުންގެ ބޮޑު އިމްތިޙާން!
17 ސެޕްޓެމްބަރ 2018
ވޭތުވެ ދިޔަ 10 އަހަރު ރާއްޖެ އެންމެ ބޮޑަށް ފަސާދަ ކުރި އެއްބަޔަކީ އަދާލަތު: މަތީން
17 ސެޕްޓެމްބަރ 2018
ކަންކަން ހިނގަނީ ތިން ބާރު ވަކިވެފައި އޮންނަ ގޮތަކަށް ނޫން: މާރިޔާ
16 ސެޕްޓެމްބަރ 2018
ހިޔާލު

ސާނޭ ސައިނީ
ސާނޭ ކަލޭދައްކާ ވާހަކަ ކާކު ޤަބޫލުކުރާނީ ބުނެބަލަ ސާނޭ... ކަލޯ ފިސަރިސް މިނިސްޓަރަކަށް ލީމަ މުޅިންވެސް ޔޫރަޕުން އދ އިން ތިހަރަ ނިންމާލަނީ...މަސްވެރިން އެއުޅޭ ހާލު ކަލެއަކަށް ނޭގެ...ކަލޭ އަށް ވާކަމެއް ނެތް އެއްކަމެއްވެސް، އދ ގޮނޑި ބަލާގޮސްފަވެސް އައީ ހުސްއަތާ...
އަސޭލާ
ދޮން ބިސް ވަރަށް މޮޅުވާނެ .ފުރަތަމަ ރާއްޖެއިން ތެޔޮ ނެގީ ވެސް މިނާ
އަސޭލާ
އދ ގެ ގޮޑި ލިބުނީ ވެސް ތެޔޮ ޝައިނީ ކުރި މަސައްކަތުން.މީނާއަކީ ރާއްޖެއިން ފުރަތަމަ ތެޔޮ ނެގި މީހާ.މީނާއަށް ތެޔޮ ނެގުމުގެ އެވޯޑު ވަރަށް އަވަހަށް ލިބޭނެ.
ޤާދިރު
ޙާލަތު މިހާރަށް ވުރެ ގޯސް ވެއްޖެނަމަ ފިޔަވަޅު އަޅާނެ ވާހަކަ ނެތްތަ؟

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]