Raees Nasheed avahaara kohlan govaali mahsala hoonuvumaai eku noos bayaaneh
vfp.mv
VFPBAAZAARU
HM
HM
ރައީސް ނަޝީދު އަވަހާރަކޮށްލަން ގޮވާލި މައްސަލަ ހޫނު ވުމުން ނޫސްބަޔާނެއް
inage
މުހައްމަދު ލަމްޢާން: ފައިލް ފޮޓޯ
  ހަބަރު | ސިޔާސީ | 12 ޖުލައި 2018 | 6 ކޮމެންޓް
ފެނަކަ ކޯޕަރޭޝަންގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްޢާން ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަށް ގޮވާލި މައްސަލަ ހޫނުވުމާއިއެކު ލަމްޢާންގެ ޓްވިޓަރ އެކައުންޓް ހެކްކޮށްފައިވާކަމަށް ބުނެ ފެނަކަ ކޯޕަރޭޝަނުން ނޫސްބަޔާނެއް ނެރެފިއެވެ. kobadoctor
ލަމްޢާންގެ ޓްވިޓަރ އެކައުންޓުން ރައީސް ނަޝީދު އަވަހާރަކޮށްލަން ގޮވާލާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ މުހައްމަދު ޝަހީމް ޢަލީ ސައީދާއި ގުޅޭގޮތުން ރައީސް ނަޝީދު ކުރެއްވި ޓްވިޓަކަށް ކުރި ރިޕްލައިގައެވެ.

އެކަން ހޫނުވީ ބައެއް މީޑިއާތަކާއި ސޯޝަލް މީޑިއާގައި ލަމްޢާނާއި ސަރުކާރަށް ފާޑުކިއުން އަމާޒު ވުމުންނެވެ. ނަމަވެސް އެހާތަނަށް ލަމްޢާންގެ ޓްވިޓަރ އެކައުންޓް ހެކްކޮށްފައިވާކަމަށް ފެނަކައިންވެސް ބުނެފައެއް ނުވެއެވެ.

ގާތްގަނޑަކަށް ނުވަ ގަޑިއިރަށް ވުގެ ގިނަ އިރު ފަހުން ފެނަކަ ކޯޕަރޭޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ލަމްޢާނުގެ ޕާސަނަލް ޓްވިޓާ އެކައުންޓް ހެކްކޮށް،
ބަޔަކު އެ އެކައުންޓް މެދުވެރިކޮށް ރައްޔިތުންގެ މެދުގައި ނަފުރަތު އުފެދޭ ގޮތަށް ދޮގު ޚަބަރާއި މަޢުލޫމާތު، ފަތުރަމުން ގެންދާ ކަމުގައެވެ.
ފެނަކައިން ނޫސްބަޔާން ނެރުމުގެ ވަގުތުކޮޅެއް ކުރިން ލަމްޢާންގެ ޓްވިޓަރ އެކައުންޓްވަނީ ޑިއެކްޓިވޭޓްވެސް ކޮށްފައެވެ.

ފެނަކަ ކޯޕަރޭޝަންގެ ނޫސް ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިފަދަ ދޮގު ޚަބަރާއި މަޢުލޫމާތުތަކަށް މީޑިއާތައް ސަމާލުވެ މީސްމީޑިއާގައި ނުފެތުރުމަށް އިޢުތިމާސްކުރާ ކަމުގައެވެ. އަދި، މި މައްސަލަ ކަމާބެހޭފަރާތްތަކުން ބަލަމުން ގެންދާކަމަށްވެސް ފެނަކައިން ބުނެފައި ވެއެވެ.

ރައީސް ނަޝީދުގެ ޓްވީޓުގައި ވިދާޅުވީ، ޑރ. ޝަހީމަކީ އިސްލާމިކް ސްޓޭޓް (އައިސް) އަށް މީހުން ވައްދަމުން އަންނަ މީހެއް ކަމަށެވެ. އަދި ސައުދީ އިން ޑރ. ޝަހީމަށް ތާއީދުކުރުމުން އެނގިގެންދަނީ ރާއްޖޭގެ ހައްދު ފަހަނަ އަޅާދިއުމަށް ސައުދީ އިން ތާއީދުކުރާކަން ކަމަށް ރައީސް ނަޝީދުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދުގެ މި ޓްވިޓާއި ގުޅިގެން ބައެއް ދީނީ އިލްމުވެރިންވެސް ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވާ ޑރ ޝަހީމަކީ ރައީސް ނަޝީދު ވިދާޅުވާފަދަ ބޭފުޅެއް ނޫންކަމަށް ވިދާޅުވަމުންނެވެ.
ގުޅުންހުރި
ފެނަކައިގެ އެމްޑީއަކަށް ލަމާން
17 ސެޕްޓެމްބަރ 2018
"އާޖަނަރޭޓަރު ބެހެއްޓުމުން ވެސް މަޑަވެއްޔަށް 24 ގަޑިއިރު ކަރަންޓު ނުލިބޭ"
11 ސެޕްޓެމްބަރ 2018
އިބޫއަށް ތާއީދު ކުރި ހއ.ދިއްދޫ ފެނަކަ ހަތަރު މުވައްޒަފަކު އެހެން ރަށްރަށަށް
10 ސެޕްޓެމްބަރ 2018
ކަރަންޓު ކެނޑި ރަތަފަންދޫގެ މުވައްސަސާތަކާއި ސްކޫލު ބަންދު
9 ސެޕްޓެމްބަރ 2018
ހިޔާލު

ރައްޔިތުން
ތިބާވަތުގެ ވާހަކަ ދައްކައި ފަހުން އެކަން އެހެންގޮތްގޮތަށް ވާހަކަ ބަދަލުކުރިޔަސް އަދި ހެކްކޮށްގެން އެވާހަކަ ދެއްކިޔަސް އެވާހަކަ އެ އޮތީ ބުނި މީހަކު ބުނެފަ ވީމާ، ތިޔަ ކަމާއި މެދު ހަށިފާރަވެ ތިބުން ބުއްދިވެރި - އަޑެއްކިޔާފަ ރެނދުލާފާނެ
ހުސެންއަލީ
ތީދެން ހެކްކުރާވަރުގެ އެއްޗެއްތަ...!!!
ފާށަނާ ކޮއެ
ޕާރސަނަލް އެކައުންޓާ ފެނަކައާ އޮތީ ކޮންގުޅުމެއް. ޕާރސަނަލް އެކައުންޓް ހެކްކުރީމަ ފެނައިން ނޫސް ބަޔާން ނެރެން ސަބަބެއް ނުވިސްނުނު.
ގުއިއްޒު
ތި ކަލޭގެ ޖަހާ ގާތިލެއްގެ ވައްތަރު
ނައިސް ޓުރައި
ޙަހަހަހަ. މިހީވަނީ އަހަންނަކީ މޮޔައިންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށް ހެއްޔެވެ؟ ލަނޑުލިބުނީމަ ބަހަނާ. ދޮގު ބުހުތާނު ބަހަނާ ހަދަން މޮޅުބައެއް.
ހަރޭ
މިވަރުގެ ފިނޑި މީހުންދޯ މި ފުއްޕަނީ އަދި، ތި ހެކް ނުކުރާކަން އެންމެނަށް އެނގޭކަލޯ

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]