Kandumathin fenunu masboat gai thibi meehun male' genesfi
vfp.mv
VFPBAAZAARU
HM
HM
ކަނޑުމަތިން ފެނުނު މަސްބޯޓްގައި ތިބި މީހުން މާލެ ގެނެސްފި
inage
ކަނޑުމަތިން ފެނުނު މަސްބޯޓްގައި ތިބި މީހުން މާލެ ގެނެސްފި
  ހަބަރު | | 11 ޖުލައި 2018 | 0 ކޮމެންޓް
ގއ ވިލިނގިލީގެ އިރު އުތުރުން 43 ނޯޓިކަލް މޭލު ބޭރުން ހާލުގައި ޖެހިފައިވަނިކޮށް އިއްޔެ ފެނުނު ސްރީލަންކާގެ މަސްބޯޓްގައި ތިބި މީހުން މިރޭ މާލެ ގެނެސްފިއެވެ. kobadoctor
އެމްއެންޑީއެފުންބުނީ "ސިންދޫރު- 2" ނަމަކަށް ކިޔާ މަސްބޯޓެއް ފެނިގެން ރިޕޯޓްކޮށްފައިވަނީ އިއްޔެ ހެނދުނު އެސަރަޙައްދުގައި މަސްވެރިކަން ކުރަން އުޅުނު "ދިރުން" ނަމަކަށް ކިޔާ މަސް ދޯންޏަކުން ކަމުގައެވެ.

އެބޯޓްގައި ޖުމްލަ ހަތް މީހުން ތިބި އިރު އެމީހުން ރޭވަނީ ގދ ތިނަދޫއަށް ގެންގޮސްފައެވެ. އެމްއެންޑީއެފުން މިރޭ ބުނީ ކޯސްޓްގާޑް ނޫރައްދީން ލޯންޗުގައި އެމީހުން މިރޭ 18:30 އެހާއިރު މާލެ ގެނެސްފައިވާ ކަމުގައެވެ.

ބެޓްރީ ފެއިލްވެގެން ހާލުގައި ޖެހުނު އެ މަސްބޯޓުގައި ތިބި މީހުން ސަލާމަތްކޮށްފައި ވީ ނަމަވެސް ހުވަދޫ އަތޮޅާއި ލ. އަތޮޅާ ދޭތެރޭ ހުޅަނގަށް ބޯޓް އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެމްއެންޑިއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

ހާއްސަކޮށް ރޭގަނޑު އެ ސަރަހައްދުން ކަނޑުދަތުރުކުރާ ފަރާތްތަކުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.
ގުޅުންހުރި
ވާދޫ ކައިރިން ދޯންޏެއް އަޑިއަށް ދަނީ
16 ޖުލައި 2018
ކަނޑަށް ވެއްޓި ގެއްލުނު މީހާ ހޯދުމަށް ޑައިވް ރޮބަޓް ބޭނުންކުރަނީ
15 ޖުލައި 2018
އިންޖީނު ހުއްޓުނު ދޯނި ތިނަދޫއަށް ގެންގޮސްފި
14 ޖުލައި 2018
70 މީހުންނާއެކު ދަތުރުކުރި ދޯންޏެއްގެ އިންޖީނު ހުއްޓިއްޖެ
14 ޖުލައި 2018
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]