FENAKA ge acting MD Raees Nasheed avahaarakohlan govalaifi
vfp.mv
VFPBAAZAARU
HM
HM
ފެނަކައިގެ އެކްޓިން އެމްޑީ ރައީސް ނަޝީދު އަވަހާރަކޮށްލަން ގޮވާލައިފި
inage
ފެނަކައިގެ އެކްޓިން އެމްޑީ ލަމްޢާން
  ހަބަރު | ސިޔާސީ | 11 ޖުލައި 2018 | 11 ކޮމެންޓް
ފެނަކަ ކޯޕަރޭޝަންގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްޢާން ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަށް ގޮވާލައިފިއެވެ. kobadoctor
ލަމްޢާން ރައީސް ނަޝީދު އަވަހާރަކޮށްލަން ގޮވާލާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ މުހައްމަދު ޝަހީމް ޢަލީ ސައީދާއި ގުޅޭގޮތުން ރައީސް ނަޝީދު ކުރެއްވި ޓްވިޓަކަށް ކުރި ރިޕްލައިގައެވެ.
ލަމްޢާންވަނީ މުއައްސަސާތަކަށާއި މުސްލިމް އުއްމަތަށް، ރައީސް ނަޝީދު ދަންޖެއްސުމަށް ގޮވާލާފައެވެ.

ރައީސް ނަޝީދުގެ ޓްވީޓުގައި ވިދާޅުވީ، ޑރ. ޝަހީމަކީ އިސްލާމިކް ސްޓޭޓް (އައިސް) އަށް މީހުން ވައްދަމުން އަންނަ މީހެއް ކަމަށެވެ. އަދި ސައުދީ އިން ޑރ. ޝަހީމަށް ތާއީދުކުރުމުން އެނގިގެންދަނީ ރާއްޖޭގެ ހައްދު ފަހަނަ އަޅާދިއުމަށް ސައުދީ އިން ތާއީދުކުރާކަން ކަމަށް ރައީސް ނަޝީދުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދުގެ މި ޓްވިޓާއި ގުޅިގެން ބައެއް ދީނީ އިލްމުވެރިންވެސް ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވާ ޑރ ޝަހީމަކީ ރައީސް ނަޝީދު ވިދާޅުވާފަދަ ބޭފުޅެއް ނޫންކަމަށް ވިދާޅުވަމުންނެވެ.
ގުޅުންހުރި
މަޝްވަރާއަށް އިދިކޮޅުން މިފަހަރުވެސް ކުރިމަތިކުރުވީ ޝަރުތުތަކެއް: ރައީސް ޔާމީން
18 ޖުލައި 2018
ރައީސް ކަމުން އިސްތިއުފާ ނުދެއްވަން ޔާމީން، ނަޝީދަށް ދެންނެވި: އަބްދުއްރަހީމް
18 ޖުލައި 2018
"އިތުބާރު ކުރެވޭ އިންތިހާބަކަށް އިލެކްޝަންސް ކޮމިޝަން ބަދަލު ކުރަން ޖެހޭ"
17 ޖުލައި 2018
ރައީސް ނަޝީދާއި ގާސިމް ފައިސަލަށް މަރުޙަބާ ވިދާޅުވެއްޖެ
13 ޖުލައި 2018
ހިޔާލު

ޙފ
މިހާރުވެސް ތި ފެންނަނީ އައިއެސް ޖަމާތުގެ މީހުންގެ ގޮތްގަނޑު އެއްޗެއް ބުނާއިރައް ދަންޖައްސަން ތިގޮވަނީ
ޒާދީ
މާގިނަ ވާހަކައެއް ދައްކާނެކަމެއްނެތް. 23 ސެޕްޓެމްބަރގަ ނަތީޖާ ފެނިގެންދާނެ.
ޗަކޮއި
ދެން މާމޮޅު ޕީއެޗްޑީއެއް މިހާރުއުޅޭ! ރަސޫލާ ކުރެއްވި ދުއާއެއް ކުރެއްވީމޯ ޖަޒީރާ ރައީސްގެ މައްޗައް، ކުއްތާއެއް ފާކުރައްވާތޯ. މާތް ރަސޫލާ އެދުއާ ކުރެއްވި ހާލަތާ، މާމޮޅުޕީއެޗްޑީ މިކުރިދުއާ ކުރެއްވީ ކޮންހާލަތެއް ދިމާވެގެންތޯވެސް ސުވާލު އުފެދޭ. ކީއްވެބާ ޖަޒީރާ ރައީސް އިސްލާހުވޭތޯ ދުއާ ނުކުރެއްވީ؟؟؟ތިހާ އިސްލާމްދީން ދެކެ ލޯބިވާ އިރު. ތީހަމަ ހަކުރުދެންޔާ ދޮންބެ އުޅޭ ގޮތައް އުޅޭމީހުން، ނުހައްގުން ދައުވާކޮއް އެތައްބަޔަކު ޖަލައްލީއިރު ނުކެރުނު، ހައްގުބަސް ބުނަން؟ވޯޓެއެއް ނެތްލިބޭކައް!
ކޮސްގޮވާ
ޕީޕީއެމްއެމްއަކީ، ރަގަނޅުފަރާތޯ އަބަދުގޮވާ މިރައީސް، ފަނާކުރަނިވި ފިކުރެއް ނޭގުނު. އިސްލާމީސަރީއަތުން މީހުންމެރުން ހުއްދައީ، އައިސްއެސް މީހުންތިބީ ކޮންފަޅިއެއްގެކަންރައްޔިތުންނައް ވަރައް ސާދާކޮއް އިންގޭ!
ޅަަބީ
މީ މިރަށު މީހުންގެ ވަައްތަރު
ޕަކަޕަކާ
ސީރިޔާއަށް ހަނގުރާމައަށްދާ ދިވެހިން މިދާނީ ކަނޑު ފަތާފަހޭ ނޫނީ ރިޔަލު އޮޑިފަހަރުގަހޭ
ހަމަ ނަމެއް
ހަމަ ހިޔާލެއް. އެއްޒެކިއުޓް ގެ މާނަ އެތައް ގޮތަކަށް ނެގިދާނެ. ނަމަވެސް ޤަބޫލެއް ނުކުރެވޭ އެއްވެސް މުސްލިމެއް އަނެއް މުސްލިމެއް މަރާލަން ގޮވާނެހެނެއް.
ާާޢާއިޝާ
މަރުގެ އިންޒާރަކަށްނުވޭ މަރާލާނަމޭ ބުނީމަ މަހިތުން މަރުގެ އިންޒާރަކަށްވާނީ
ޒިންކް
މިއީދޯ ރައީސް މިވިދާޅުވާ ގައުމުގެ ހަމަ ޖެހުމަކީ. ގައުމުގެ ހަމަޖެހުން އޮތްވަރު ބޮޑުކަމުން މިއަދު އެވާހަކަ ދައްކާ ނުނިމުނު. ނަމަވެސް އިއްޔެއާ މިއަދު މިފެންނަ މަންޒަރުތަކުން ރައީސްގެ ހިތުގައި ގައުމުގެ ހަމަޖެހުމަކީ ކޮބައިކަން އެނގޭ.
ކަދުރު ފާތުން
އަންނި ހަމަ ލޮލަށް ފެނިގެންތާ ކަމެއް ކުރެވޭނީ. ދައިގަންނަނަަް ކެރޭ ކުއްތާއެއް ވައްވަކެއް ނުޖައްސާނެ
ހަހަހަ
އަމިއްލަ މީހާގެ ހާލު ފުރަތަމަ ދެކެބަލަ، މިހާރުވެސް ބާ ރަޖާގަނޑެއް އަޅައިގެން ނިދަނީ

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]