Campaign harkaaithakah huras neylhumah HRCM in govalaifi
vfp.mv
VFPBAAZAARU
HM
HM
ކެމްޕެއިން ހަރަކާތްތަކަށް ހުރަސް ނޭޅުމަށް އެޗްއާރުސީއެމްއިން ގޮވާލައިފި
inage
ކެމްޕެއިން ހަރަކާތްތަކަށް ހުރަސް ނޭޅުމަށް އެޗްއާރުސީއެމްއިން ގޮވާލައިފި
  ހަބަރު | ސިޔާސީ | 11 ޖުލައި 2018 | 0 ކޮމެންޓް
ރިޔާސީ އިންތިޚާބާ ގުޅިގެން ކެންޕޭނުކޮށް ތާއީދު ހޯދުމަށް ކުރާ މަސައްކަތްތަކަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން އިލްތިމާސް ކޮށްފިއެވެ. kobadoctor
އިިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް އިއްޔެ ހުޅުމާލޭގައި ކެމްޕެއިން ހަރަކާތެއްގައި އުޅުއްވަނިކޮށް ބަޔަކު ހުރަސްއަޅާ ހަމަލާދޭން މަސައްކަތް ކޮށްފައި ވަނިކޮށް އެޗްއާރުސީއެމްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބާ ގުޅިގެން ކެންޕޭނުކޮށް ތާއިދު ހޯދުމަށް ކުރާ މަސައްކަތްތަކުގައި ކެންޑިޑޭޓުންނާއި ރަނިންގމޭޓުންނަށް ފުރައްސާރަކޮށް އެފަރާތްތަކުގެ އަބުރުގެއްލޭފަދަ ކަންކަންކުރުމާއި މުޖުތަމަޢުގައި ރުޅިވެރިކަމާއި ފިތުނަފަސާދައުފެދި އާއްމު މަސްލަޙަތު ގެއްލޭ ގޮތަށް ކެމްޕެއިންގެ ހަރަކާތްތައް ނުހިންގުމަށް ސިޔާސީ ޕާޓީތަކަށާއި އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރާ ކަމުގައެވެ.

މީގެ އިތުރުން ތާއީދު ހޯދުމަށް ހިންގާ ހަރަކާތްތަކަކީ އަމާން ކަމާއި އޮމާން ކަމާއެކު ކުރިއަށްގެންދާ ޙަރަކާތްތަކަކަށް ހެދުމަށް ޤާނޫނާއި ގަވާއިދުތަކަށް އިޚްތިރާމް ކުރުމަށް އެންމެހާ ފަރާތްތަކަށް ގޮވާލާކަމަށްވެސް އެޗްއާރުސީއެމްގެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

ރިޔާސީ އިންތިޚާބާ ގުޅިގެން ކެންޕޭނުކޮށް ތާއީދު ހޯދުމަށް ކުރާ މަސައްކަތްތަކަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން މިއަދު ގޮވާލި އިރު އިބޫއަށް ހަމަލާ ދިނުމަށް އިއްޔެ މަސައްކަތްކުރީ ސަރުކާރުން ވާގިވެރިވެގެން ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީންވަނީ ބުނެފައެވެ.

އިބޫއަށް ހަމަލާދިނުމަށް މަސައްކަތް ކުރުމުގެ އިތުރުން ހުޅުމާލޭގައި ހަރަކާތްތެރިވި އިދިކޮޅު އިއްތިހާދުގެ ކެމްޕެއިން ޓީމަށް ހަމަލާދީ އިއްޔެވަނީ ކަޅުތެޔޮވެސް ޖަހާފައެވެ.
ގުޅުންހުރި
އެޗްއާރުސީއެމުން ހަމްޒަަތު މަރުވި މައްސަލަ ބަލަން ފަށައިފި
11 ޖުލައި 2018
ރިޔާސީ އިންތިހާބު އޮބްޒާވް ކުރާނެ ވޮލަންޓިޔަރުން އެޗްއާރުސީއެމް އިން ހޯދަނީ
9 ޖުލައި 2018
ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހާލަތު ދެނެ ގަންނަނީ
20 ޖޫން 2018
ޝަކުވާތަކާއި ގުޅިގެން އެޗްއާރުސީއެމުން އަދީބާ ބައްދަލުކޮށްފި
10 ޖޫން 2018
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]