China ge Ithuru Mudhalun Duty Nagan America inn Ninmaifi
vfp.mv
VFPBAAZAARU
MIB
MIB
ޗައިނާގެ އިތުރު މުދަލުން ޑިއުޓީ ނަގަން އެމެރިކާއިން ނިންމައިފި
inage
އެމެެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ޗައިނާގެ ރައީސް ޝީ ޖިން ޕިންގް
  ވިޔަފާރި | ދުނިޔެ | 11 ޖުލައި 2018 | 0 ކޮމެންޓް
ޗައިނާގެ އިތުރު އުފެއްދުންތަކަކުން އަނެއްކާވެސް ޑިއުޓީ ނަގަން އެމެރިކާއިން ނިންމައިފިއެވެ. Dhiraagu
މިދިޔަ ހުކުރު ދުވަހު އެމެރިކާއިން ވަނީ ޗައިނާގައި އުފައްދާ ބައެއް އުފެއްދުންތަކުން ޑިއުޓީ ނަގަން ފަށާފައެވެ. ނަމަވެސް
އެމެރިކާއިން މިހާރު ނިންމާފައިވަނީ ޗައިނާގެ އިތުރު 200 ބިލިއަން ޑޮލަރުގެ މުދަލުން ޑިއުޓީ ނެގުމަށެވެ. އެ ނިންމުމަށް މިއަހަރުގެ ސެޕްޓެމްބަރު މަހާއި ހިސާބުގައި އަމަލުކުރަން ފަށާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާއިން މިމަހުގެ ހަވަނަ ދުވަހު ޗައިނާގެ މުދަލުން ޑިއުޓީ ނަގަން ފަށާފައިވާއިރު އެއީ އަގުގެ ގޮތުން ބަލާނަމަ ގާތްގަނޑަކަށް 34 ބިލިއަން ޑޮލަރުގެ މުދަލެވެ. އެމެރިކާގެ އެ ނިންމުމާއެކު އެ ދުވަހުން ފެށިގެން ޗައިނާއިންވެސް ވަނީ އެމެރިކާގެ ބައެއް މުދަލުން ޑިއުޓީ ނަގަން ފަށާފައެވެ.

އެމެރިކާއިން އަމަލުކުރާ ގޮތަށް ޗައިނާއިންވެސް އަމަލުކޮށް އެމެރިކާގެ އުފެއްދުންތަކުން ޗައިނާއިން ޑިއުޓީ ނަގާނަމަ ޗައިނާގެ އިތުރު 6000 އަށްވުރެ ގިނަ މުދަލުން ޑިއުޓީ ނަގާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެއްވާފައެވެ.

ޗައިނާގެ މުދަލުން ޑިއުޓީ ނަގަން ނިންމާ ލިސްޓު އާންމުކޮށް، އެ ލިސްޓަށް އާންމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު އޮގަސްޓް މަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. އެމެރިކާއިން ވަނީ ޗައިނާގެ މުދަލުން 10 އިންސައްތައިގެ ޑިއުޓީ ނަގަން ހުށަހަޅާފައެވެ.
ގުޅުންހުރި
ނިއުކްލިއާ ހަތިޔާރު ނައްތާލަން މަޝްވަރާކުރަން ތައްޔާރު: އެމެރިކާ
20 ސެޕްޓެމްބަރ 2018
މިސުކޫލުގެ ދަރިވަރުންގެ އައިޑީ ކާޑުގެ ފޮޓޯ ވަރަށް ތަފާތު
19 ސެޕްޓެމްބަރ 2018
އެމެރިކާގެ 60 ބިލިއަން ޑޮލަރުގެ މުދަލުން ޑިއުޓީ ނަގަނީ
19 ސެޕްޓެމްބަރ 2018
200 ބިލިއަން ޑޮލަރުގެ މުދަލުން ޑިއުޓީ ނަގަން ތައްޔާރުވެއްޖެ
18 ސެޕްޓެމްބަރ 2018
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]