Masthuvaathakethi Traffic Kuraa Meehunnah Maruge Adhabu Dheyn Ninmaifi
vfp.mv
VFPBAAZAARU
MIB
MIB
މަސްތުވާތަކެތި ޓްރެފިކް ކުރާ މީހުންނަށް މަރުގެ އަދަބު ދޭން ނިންމައިފި
inage
ލަންކާ ކެބިނެޓް
  ދުނިޔެ | އޭޝީއާ | 11 ޖުލައި 2018 | 2 ކޮމެންޓް
ސްރީލަންކާގައި މަސްތުވާތަކެތި ޓްރެފިކް ކުރާ މީހުންނަށް މަރުގެ އަދަބު ދޭން އެ ގައުމުގެ ކެބިނެޓުގެ އިއްތިފާގުން ނިންމައިފިއެވެ. dhi2
ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވަނީ އެކަމާ ގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެގައުމުގެ ޖަސްޓިސް އަދި ޕްރިޒަން ރިފޯމްސް މިނިސްޓަރު ތަލަތަ އަތުކޮރަލައަށް އަންގަވާފައެވެ.

މަސްތުވާތަކެތި ޓްރެފިކްކުރާ މީހުންނަށް މަރުގެ އަދަބު ދިނުން މިހާރުވެސް ލަސްވެފައިވާ ކަމަށާއި އެކަން ކުރަންވެއްޖެތާ މިހާރު 15 އަހަރު ވެފައިވާ ކަމަށް ބައެއް މިނިސްޓަރުން ވަނީ ފާހަގަކުރައްވާފައެވެ.

ލަންކާގައި މިހާރުވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރެވިފައިވާ ބައެއް މީހުންނަށް މަރުގެ އަދަދު ދޭން ވަނީ ހުކުމްކޮށްފައެވެ.

މަރުގެ އަދަބު ދިނުމުގެ ކުރިން ކުރަންޖެހޭ މަޝްވަރާތަކާއި ބަލަންޖެހޭ ބެލުންތައް ބަލާނެ ކަމަށް ލަންކާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
ގުޅުންހުރި
ކަނޑަށް ފައްތާފައި ހުރި 284 ކިލޯގެ ކެނަބިސް ހޯދައިފި
10 ސެޕްޓެމްބަރ 2018
އެމެރިކާއިން ރާއްޖެއާއި ލަންކާ ސަފީރު ކަމަށް އަލައިނާ
9 ސެޕްޓެމްބަރ 2018
ތާރީހުގެ ކުރިން އިންތިހާބު ބާއްވަން ތައްޔާރެއް ނޫން: ސިރިސޭނާ
9 ސެޕްޓެމްބަރ 2018
ލަންކާ، ބަންގާޅު އަދި އިންޑިއާގެ އޮފިޝަލުން ބްރިޖް ހުޅުވުމުގެ ހަފްލާ ބޯއިކޮޓް ކުރެއްވި
2 ސެޕްޓެމްބަރ 2018
ހިޔާލު

ކަލްމޫ
މަސްތުވާ ތަކެއްޗަކީ ކޮބައިތޯ؟ ސިރީލަންކާގައި ބަންގުރާ ވިއްކުމަކީ ހުއްދަ ކަމެއް މުޅިންވެސް ބަންގުރާ ފިހާރަތަށް މުޅި ޤައުމުގައި ތިއޮތީ!
ރައްޔިތުން
ސްރީލަންކާގައި މަސްތުވާތަކެތި ޓްރެފިކް ކުރާ މީހުންނަށް މަރުގެ އަދަބު ދޭން އެ ގައުމުގެ ކެބިނެޓުގެ އިއްތިފާގުން ނިންމައިފި - ކިހާ ސަޅީ އެކަމަކު މުސްލިމް ގިނަ ގައުމުތަކުން އެޔާ ނުލާ ނޫޅެވިގެން އެ އުޅެނީ - ދެވަނަ ފުރުޞަތު އެނޫން ކަމެއް ދެނީ

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]