Ibu ah dheyn ulhunu hamala, JP aai adhaalth in ves kuhveri koffi
vfp.mv
VFPBAAZAARU
HM
HM
އިބޫއަށް ދޭން އުޅުނު ހަމަލާ ޖޭޕީއާއި ޢަދާލަތުންވެސް ކުށްވެރިކޮށްފި
inage
އިބޫއާއި އިދިކޮޅު ޓީމުން މިއަދު ހުޅުމާލޭގައި
  ހަބަރު | ސިޔާސީ | 10 ޖުލައި 2018 | 0 ކޮމެންޓް
އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މިހައްމަދު ޞާލިހް، އިބޫއަށް މިއަދު ހުޅުމާލޭގައި ބަޔަކު ހަމަލާދޭން އުޅުނު އުޅުން އިދިކޮޅު ކޯލިޝަންގެ ޖުމްހޫރީ ޕާޓީއާއި، ޢަދާލަތު ޕާޓީންވެސް ކުށްވެރިކޮށްފިއެވެ. kobadoctor
ޖުމްހޫރީ ޕާޓީން ބުނީ އިބޫއަށް ދޭންއުޅުނު ފިނޑި ހަމަލާ އެޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމުގައެވެ.
ﷲ އިރާދަ ކުރެއްވިއްޔާ ދިވެހި ރައްޔިތުން އިބޫ އިންތިހާބު ކުރާނީ އެއްބުރުން ކަމަށާއި، އިބޫއަށް ސެކިއުރިޓީ ހަމަޖައްސައި ދިނުމަށް ފުލުހުންނަށާއި ސިފައިންނަށް ގޮވާލާކަމަށްވެސް ޖޭޕީން ބުނެފައި ވެއެވެ.

ޢަދާލަތު ޕާޓީންވެސްވަނީ ހުޅުމާލޭގައި މިއަދު އިބޫއަސް ދޭންއުޅުނު ހަމަލާ ކުށްވެރި ކޮށްފައެވެ.
އިބޫއަސް ދޭން އުޅުނު ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ޢަދާލަތުންވަނީ ހުރިހާ ޕާޓީ ތަކަކަށްވެސް ހަމަހަމަ ހިމާޔަތް ފޯރުކޮށްދިނުމަށް ފުލުހުންނަށާއި ސިފައިންނަށް ގޮވާލާފައެވެ.

އިބޫއަށް ހަމަލާދޭން އުޅުނު މައްސަލާގައި މިއަދު އެމްޑީޕީން ނެރުނު ބަޔާނެއްގައިވަނީ އެ ހަމަލާދިނުމަށް މަސައްކަތްކުރީ ސަރުކާރުން ވާގިވެރިވެގެން ކަމަށް ތުހުމަތު ކޮށްފައެވެ.

ގުޅުންހުރި
ޕީޕީއެމްގެ ރަސްމީ ސައިޒް މިއޮތީ
3 ގަޑިއިރު ކުރިން
ކޯލިޝަންގެ ވެރިކަމެއްގައި މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާކުރެވޭނެ
6 ގަޑިއިރު ކުރިން
އިބޫ މާލެ ވަޑައިގެންފި
16 ގަޑިއިރު ކުރިން
އިދިކޮޅަށް ތާއީދު ކުރުމުން ފެނަކާގެ ގިނަދުވަސްވީ މެނޭޖަރެއް މަގާމުން ވަކިކޮށްފި
17 ގަޑިއިރު ކުރިން
ހިޔާލު

VFP

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]