Aanmu Sitee: Running Matekan Libunuthaa 24 Gadiiru Nuvanee Thiya Hehdhevee Ithurufulhu
vfp.mv
VFPBAAZAARU
MIB
MIB
އާންމު ސިޓީ: ރަނިންމޭޓްކަން ލިބުނުތާ 24 ގަޑިއިރު ނުވަނީސް ތިޔަ ހެއްދެވީ އިތުރުފުޅު!
inage
ޑރ. ޝަހީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ--ފޮޓޯ ފޭސްބުކް
  ޚިޔާލު | | 10 ޖުލައި 2018 | 41 ކޮމެންޓް
ރައީސް ޔާމީނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް Dhiraagu
ވެދުން ސަލާމަށް ފަހު ދަންނަވަމެވެ.

މީޑިއާ މެދުވެރިކޮށް އަޅުގަނޑުގެ ސިޓީއެއް އާންމު މިކޮށްލަނީ މިހާރު ރާއްޖޭގައި ހިނގާ ކަންކަމަށް ބަލާއިރު ރައީސް ޔާމީނުގެ ރަނިންމޭޓްކަމަށް ޑރ. ޝަހީމް އައްޔަނުކުރުމާގުޅިގެން އެމަނިކުފާނު ދެއްކެވި ވާހަކަތަކާ ގުޅިގެން ހުރި ކަން ބޮޑުވުންތަކެއް ހާމަކޮށްލުމަށެވެ.

ޑރ. ޝަހީމް އަކީ ރާއްޖޭގެ ވަރަށް ގިނަ ބަޔަކު ތާއިދުކުރަމުން ވަރަށް ގާބިލް ބޭފުޅެއްކަމަށް ގިނަ ބަޔަކު ދެކެމުން އައި ބޭފުޅެކެވެ. ނަމަވެސް މަނިކުފާނުގެ ސިޔާސީ ހަޔާތުގެ ވަރަށް ކުރީކޮޅު ކޮންމެވެސް ބޭނުންތަކެއް ފުއްދުމަށް ނަމަވެސް މަނިކުފާނާ މެދު މީހުން ދެކެމުން އައި ގޮތް ބަދަލުވަމުންދިޔަ އެވެ. ނަމަވެސް އެކަން ވަނީ ވަކި ހިސާބަކުން މަޑުޖެހިފައެވެ. އެއީ ރައީސް ޔާމީން ސަރުކާރުގެ އިސްލާމިކް މިނިސްޓަރުކަމުން އިސްއިތުފާ ދެއްވުމާއެކުގައެވެ.

މިިނިސްޓަރުކަމުން އިސްތިއުފާ ދެއްވާ ތައުލީމް ދެއްވުމުގެ މަތިވެރި މަސައްކަތަށް ވަޑައިގެންނެވުމުން އަނެއްކާވެސް މަނިކުފާނާ މެދު މީހުން ދެކެމުން އައި ގޮތް ކޮންމެވެސް ވަރަކަށް ބަދަލުވިކަން ނޭނގެ އެވެ. ނަމަވެސް ފަހަކަށް އައިސް މަނިކުފާނުގެ ވާހަކަތަކާއި އަމަލުތައް ހުންނަގޮތުން އަނެއްކާވެސް ޝައްކުތައް އުފެދުނެވެ. އެ ޝައްކުމަތީގައި ތިބެނިކޮށް އަނެއްކާ ވެސް މަނިކުފާނުވަނީ މީން ޒަމާނަކު ރައްޔިތުންނަށް އޮޅުވާނުލައްވާ ވަރަށް އޮޅުވާލައްވައި އިތުރުފުޅު ހައްދަވާފައެވެ. މި ވާހަކަ އާންމު ސިޓީއެއްގައި ލިޔަންވެސް ވަރަށް ދެރަވެ ލަދުވެސް ގަނެއެވެ. ސަބަބަކީ ދީނީ އިލުމުވެރިޔަކަށް މަނިކުފާނު ވެފައި އަނެއްކާ ކުރިން ބަޔާންކުރިގޮތަށް މަނިކުފާނާ މެދު މީހުން ދެކެމުން އައި ހުވަފެންތަކާ މުޅިން ތަފާތު މަގަކުން ހިނގާތަން ފެންނާތީ އެވެ.

ރައީސް ޔާމީނުގެ ރަނިންމޭޓްކަމާ ހަވާލުވެ ވަޑައިގެންނެވުމަށް ފަހު މަނިކުފާނު ވިދާޅުވީ މަނިކުފާނު އަދާކުރައްވަމުންގެންދަވާ ގައުމީ ޔުނިވަސިޓީގެ ޗާންސެލަގެ މަގާމުން ޖެހިގެން އަންނަ ދުވަހު އިސްތިއުފާ ދެއްވާނެކަމަށެވެ. ނަމަވެސް އެހެން ވިދާޅުވީ 24 ގަޑިއިރު ނުވަނީސް މަނިކުފާނު އިއްޔެ ވަނީ މަގާމުން އިސްތިއުފާ ނުދެއްވާނެކަމަށް ވިދާޅުވެފައެވެ. މިއީ އިތުރުފުޅު ހައްދަވާ އޮޅުވާލުން ނޫން ދެން ކޮން ކަމެއް ބާއްވައެވެ.

މިވަރު ނުކުރެއްވި ނަމަވެސް މަނިކުފާނަށް ހުންނެވޭނެތާ އެވެ. އިސްއިތުފާ ދެއްވާނެކަމަށް ވިދާޅުވީ ވެސް ހަމަ އަމިއްލަފުޅަށް ތާ އެވެ. އަދި އެހެން ވިދާޅުވިތާ 24 ގަޑިއިރު ނުވަނީސް އޭގެ ކުރީ ދުވަހު ދެއްވި ޔަގީންކަމާއި ވިދާޅުވި ވާހަކަ އެއްގޮތަށް އަމަލުނުކުރައްވާނެކަމަށް ވިދާޅުވެ މަގާމުން އިސްތިއުފާ ނުދެއްވާނެކަމަށް ވެސް ވިދާޅުވީ ހަމަ އަމިއްލައަށް ނޫންތޯ އެވެ. ހުރިހާ ވެސް މައްސަލައެއް މިޖެހެނީ ބަހާ އަމަލާ ދމާނުވާ މައްސަލާގައެވެ. އިތުރުބާރު ގެއްލި މީހާ ބާކީ ވަނީވެސް މިކަހަލަ މައްސަލަތަކުގައިކަން މަނިކުފާނަށް މާ ރަނގަޅަށް އެނގިވަޑައިގަންނަވާނެވެ.

އެއް ދުވަހު ވިދާޅުވާގޮތަށް އެކަމެއް ނުކުރައްވާ އަނެއް ދުވަހަކު އެކަމެއް އެހެންގޮތަކަށް ކުރެއްވުމަކީ އިތުރުފުޅު ހެއްދުމާއި އޮޅުވާލެއްވުން ނޫން ދެންކޮން ކަމެއްތޯ މިއީ ވެސް އުފައްދާ ސުވާލެކެވެ. ދެން މަނިކުފާނު ދެއްކެވި ވާހަކަތަކަކީ ތަހުޒީބު އަދި މަނިކުފާނުމެން ފަދަ ދީނީގޮތުން ތަންދޮރުދަންނަ އިލުމުވެރިންކުރުމުން އަދި މާ ހުތުރުކަމެއް ނޫންތޯ އެވެ. މަނިކުފާނު އަމިއްލަ އިހްތިޔާރުގައި ރައްޔިތުންގެ ކުރިމަތީގައި ވަކިކަމެއް ވަކިގޮތަކަށް ކުރައްވާނެކަމަށް ވިދާޅުވުމަކީ ވެވޭ ވައުދެއް ނޫން ދެން ކޮން އެއްޗެއްތޯ އެވެ. އެ ވައުދުވެވަޑައިގެންނެވުމަށް ފަހު އެގޮތަށް އަމަލުނުކުރެއްވުމަކީ އިތުރުފުޅު ހައްދަވާ އޮޅުވާލެއްވުންނޫން ދެންކަމެއްތޯ އެވެ. ދިވެހި ބަހުގެ ރަދީފުގައި ދޮގު ހެދުމަކީ ކޮބައިކަން ބަޔާންކޮށް ބުނަނީ ތިރީގައި ބަޔާން މިކުރާ ފަދައިންނެވެ.

"ދޮގު" ކަމަށް ރަދީފުގައި ބުނެފައިވަނީ މިގޮތަށެވެ. (1) ތެދަކަންނުވާ. (2) ހަގީގަތާހިލާފު. (3) "އަސްލެއްނެތް" މިގޮތަށެވެ. ދޮގު ހެދުން ކަމަށް ރަދީފުގައި ބުނެފައިވަނީ މިގޮތަށެވެ. (1) ދޮގު ބުނުން. (2) "ހަގީގަތާ ހިލާފު ވާހަކަ ދެއްކުން" މި ފަދައިންނެވެ. ދެން ބުނަނީ ދޮގުވެރިޔާ އަކީ ކޮބައކަން ބަޔާންކޮށްފައެވެ. ރަދީފް ބުނާގޮތުން ދޮގުވެރިޔާއަކީ (1) "ތެދުވެރިކަމުގެ އިދިކޮޅު" އެވެ. (2) "އަމަލާއި ބަހުގައި ތެދުވެރިކަން ނެތުންކަން" މިހެންނެވެ. ދެން ބުނަކީ ދޮގުވެރިޔާ ގެ ވާހަކަ އެވެ. ރަދީފު ބުނާގޮތުން ދޮގުވެރިޔާ އަކީ "ދޮގު ހަދާމީހާ" އެވެ.

މަތީގައިވާ ކަންކަމަށް ބަލާއިރު ޑރ. ޝަހީމް އެކުރެއްވި އަމަލަކީ ދިވެހި ބަހުގެ ރަދީފުގެ ތަރަހައިގެ ތެރޭގައި ދޮގު ހެދުންކަމަށް ބުނާ ބުނުމުގެ ތެރޭގައި ހިމެނޭ އަމަލެކެވެ. އެހެންކަމުން ޑރ، ޝަހީމް އެ ހުންނެވީ ރަނގަޅަށް ވެސް އިއްޔެ އިތުރުފުޅު ހައްދަވާފައެވެ.

މިއީ ގައުމުގެ އެންމެމަތީ މަގާމަށް ވަޑައިގަތުމުގެ ދަތުރު ފެއްޓެވުމުގެ މަގުމަތީގައި މަނިކުފާނު ހެއްދެވި ގޮތެވެ. އެހެންކަމުން ދެން އަޅުގަނޑުމެން މަނިކުފާނަށް އިތުބާރުކުރެވޭނީ ކިހިނަކުންތޯ އެވެ. އަދި އިތުބާރު ހޯދުމަށް ތިޔަ މަސައްކަތްކުރައްވާއިރު އެކަން ކާމިޔާބުވާނީވެސް ކިހިނަކުންތޯ ސުވާލު އުފެދެއެވެ. ނަމަވެސް ރާއްޖޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ގިނަ މީހުންނަކީ މަނިކުފާނު ތިޔަ އަމަލުކުރައްވާގޮތަށް އެއް ދުވަހު ބުނާ ވާހަކަ އާ އެއްގޮތަށް އަނެއް ދުވަހު އަމަލުނުކުރާ މީހުންނަށްވާ ނަމަ މަނިކުފާނު ތިޔަ ހެއްދެވީ ވަރަށް މޮޅަށެވެ. ނަމަވެސް އަޅުގަނޑުގެ ވަރަށް ބޮޑު ކަން ބޮޑުވުމެއް އެބަ އޮތެވެ.

އަޅުގަނޑުގެ ކަން ބޮޑުވުމަކީ އެއް ދުވަހު ބުނާ ވާހަކަ އާ އެއްގޮތަށް އަނެއް ދުވަހު އަމަލުނުކުރާ އަހުލުވެރިން އުޅެދާނެތީ އެވެ. މަނިކުފާނު ތިޔަ ދެއްކެވި ނަމޫނާ އަށް ބަލައިއިރު އެކަން ހިނގަނީ މިދެންނެވި މަގުންކަމަށްވާތީ ވަރަށް ކަން ބޮޑުވެއެވެ.

ވީމާ އަޅުގަނޑު ވަރަށް އަދަބުވެރިކަމާއެކު މަނިކުފާނަށް މި ދަންނަވަނީ ކެމްޕެއިން ކުރައްވާއިރު އިތުރުފުޅު ނުހައްދަވާ މިއަދު ބުނާ ވާހަކަ އާ އެއްގޮތަށް އަނެއް ދުވަހު އަމަލުކުރެއްވުމަށެވެ. ބަހާއި އަމަލު ދިމާކުރެއްވުމަށެވެ. ބަހާއި އަމަލު ދިމާނުވާ ރާއްޖެ އެއް ބިނާނުކުރުމަށެވެ. އެފަދަ ސަގާފަތެއް މި ރާއްޖޭގައި އަށަނުގެންނެވުމަށެވެ. އަދި ދަންނަވަމެވެ. މި ސިޓީ ލިޔުމުން އަޅުގަނޑާ ހިތްބުރަނުކުރައްވާ މި ފަދަ ކަންކަން ރަނގަޅުކުރެއްވުމަށް އެދެމެވެ.

އިހްތިރާމް ގަބޫލް ކުރެއްވުން އެދެމެވެ.
10 ޖުލައި 2018

ހާދިމްކުމް

އިބްރާހީމް އަހުމަދު ބިން އަލީ

ރައީސް ޔާމީނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
މާލެ.
ގުޅުންހުރި
ހުޅުވާލެވިފައިވާ ސިޓީއެއް: އަހަރެންގެ ލޯބިވާ ދަރިފުޅު، ޖޫލިއަސްއަށް
20 މެއި 2018
ސްކޫލްތަކުގައި ހުރިދަތިތައް ބެއްލެވުމުގައި ފަސްޓްލޭޑީ، ވަޒީރު ކުރައްވަނީކޮން ކަމެއް!
11 ޖެނުއަރީ 2018
ސިޓީ: މަންފާ ހޯދުމުގެ ހައްދެއްނެތް، ތިމާ އާ ޖެހުމުން ގޯސްވީ އެހެން ބައެއް؟
27 ޖުލައި 2017
ސިޓީ: އިސްލާމިކް މިނިސްޓްރީން އޭސީސީގެ ބާރު ކަނޑުވާލަނީ!؟
10 ޖޫން 2017
ހިޔާލު

އަސޭލާ
އޫރު މަސް ވެސް ދުނިޔޭގައި ހުންނާތީ ރާއްޖެ އެތެރެވަނީ.ޒިނޭގެ ހަތިޔާރު ހުންނާތީ ޒިނޭ ކުރެވެނީ.މިގޮތަށް ބަސް މަގު ހުންނަ މީހަކު ބޭނުމެއް ނޫން.
ކާށި
2013 ގެ އިންތިހާބު ދުވަސް ވަރުގައި ތިމާ ހުންނާނީ ތިމާގެ ގޭގައި ނަގާނީ މުސާރައިގެ ދެބައި ކުޅައެއްބައި ކިިޔާފަ ރައީސުކަން ލިބުމާއި އެކު ބައިތުލް މާލު ބޭނުންކޮށް ގެ ހަދާފަ ގެ ވިއްކާފަ އެޔައްވުރެން ބޮޑު ގޯއްޗެ ގަނެފައި ދައުލަތުގެ އިމާރާތުގައި ދިރިއުޅެމުން މުސާރަ އެއްކޮށްވެސް ނަގަންފެށީ ތިމަންގެ ދަރިފުޅު ފުލެޓް ގައި ދިރިއުޅޭތީ ކުލިދައްކަން ވެގެން ކަމަށް ބުނެ. ދީންވެރި ކުދިންނަށް ވެސް ހަމަ އޮޅުވާލި ބަޔަކާއި ދޭތެރޭގައި ރައްޔިތުން ކޮން އިތުބާރެއް ކުރާނީ !
ޒަކީ
ހިސާބަށް ވުރެ ދަހިވެތިކަން ބޮޑުވީމަ ދޮގު ވެސް ކީއްކުރަން އެހެން ކަންތައްތައްވެސް ކުރެވޭނެ.
ޟާރާ
ޝާޙިމަކީ އަބަދުވެސް މަތީމަޤާމް ހޯދަން އުޅޭ މީހެއް. އެކަން ވަރަށް ސާފް. ދުވަހެއް ދުވަހަކަން މަޤާމަށް އަންނަ ބަދަލު
Fathun
ސަޅި ސިޓީ އެއް
ޝަހީމް
އަޅުގަނޑަށް އެނގިފަވާ ގޮތުން މަގާމެއްގަ ހުރެ ކުރިމަތި ނުލެވޭނެ އެހެން ކަމުން މާތް ތަހުތުގެ ވެރި ރައީސްގެ މަތިވެރި ދައުވަތު ގަބޫލުކުރަން ހިތުގަ އުފެދުނު ލައްޒަތުގައި ބުނެވުނުބަހެކެވެ. ޢަޅުގަނޑަށް އެވާހަކަ ބުނެވުމާއެކު މާތް ރައީސް ގުޅުއްވާ ވިދާޅުވި މައްސަލައެއް ނެތޭ އެ މަގާމުގަ ހުއްޓަސް އެވެސް ލިބޭ ލާރި ނޫންތޯއޭ. ޙަމައެވަގުތު އަޅުގނޑުގެ ހިތް އެމަނިކުފާނަށް ފުރި ބަންޑުންވި އަދި ބޭއިހްތިޔާރުގަ ބުނެވުނު ރައީސްގެ ތިޔަ މަތިވެރި މާތް އެދިލެއްވުމަށް ތާއީދު ކަމަށް
ފަސާހަތް
އެމަނިކުފާނު ދެން ދޮގުހެތީތާއެވެ. ފަހެ ދިވެހިރައްޔިތެއްގެ ހައިސިއްޔަތުން ދަންވަމެވެ. ރައީސްކަމަށް އަންނަނީ މަނިކުފާނެއް ނޫނެވެ. ރައީސަކަށް ކުރިމަތިލާފައިވަނީ ޔާމީނު ޢަބްދުލް ޤައްޔޫމެއްވެ. މަނިކުފާނު ޙަވާލުވަނި އޭނާބުނިހައިކަމެއް ކުރާށެވެ. ބްރޯވެސްކުރީ އެމަނިކުފާނު ބުނިހައިކަމެކެވެ. ބުނިހައިކަމެއްކުރުމަށް މަނިކުފާނުގެ ހުންނެވުމަށް އަހަރެމެންނެއް ވޯޓެއްނުދޭނަމެވެ. އެކަމަކު މަނިކުފާނު ކުރިމަތި ލެއްވީ ރައީސްކަމަށްކަމަށްވާނަމަ ލޮލޮން ބޮލުންވެސް މަނިކުފާނު ވެރިކަމަށް ގެނައުމަށް މަސައްކަތްކުރީމުހެވެ. މަނިކުފާނުގެ ތައުލީމާއި ދީނީ ޢިލްމަށް ބަލާނަމަ މަނިކުފާނާ އެކަށީގެން ނުވާމީހެއްގެ ފައިވާން ފުހެއް މަނިކުފާނު ހުއްނެވުމީ އަހަރެމެންގެ ދީނަށްވެސް ލިބޭ ވަރަށްވެސްބޮޑު ހުތުރެކެވެ. ވައްސަލާމް.
މާސީ
ޑރ. ޝަހީމް އައް ފުރުސަތު ދެއްވީމާ ދޯ އިނގޭނެ. ދީނީ ކަންތައްތައް މިއަށްވުރެ ރަނގަޅު ވެދާނެ ކަން ނޭނގޭ. ބޭފުޅަކު ކުރިމަތި ލާ ތަނުން އެއްޗެހި ކީމާ ކަމަކު ނުދާނެ. ދީނީ ޢިލްމުވެރިޔެއްް ވީމާ މިހާރައް ވުރެ ރަނގަޅު ވާނެ ހެން ހީވަނީ. ކުރިއަށް ދާން ފުރުސަތު ދެއްވީމަ ދޯ އިނގޭނެ. ☺️☺️
ޤާދިރު
އަހަރެންގެ ކޮމެންޓް މީގައި ދުވަހަކު ނުޖެހިޔަސް މި ނޫސް ހިންގަންތިބީ ޤައުމު ބައިބައިކޮށް ފަސާދަކުރާ ޤައުމުގެ އަދުއްވުން ނޫންކަމަކަށް ނުވާނެ..
ދުންމާރި
ސަހީމް އިސްތިއުފާ ދެއްވާނެކަމަށް ވިދާޅުވި ވާހަކަ އަކީ ހާގީގަތެކެވެ. ނަމަވެސް ދޮގުހެދިކަމައްބުނެ އޭގެ ފަހަތުބައި ގެނެސްދީފަ ވަނީ އޮޅުވާލުމުގެ ބޭނުމުގަކަން ފާހަގަކުރަމެވެ. ސަހީމް ވިދާޅުވީ ރައީސްގެ އެދުމުގެމަތިން ގާނޫނީލަފައާއެކު އިސްތިއުފާ ނުދެއްވަން ނިންމި ވާހަކައެވެ.
ޑެސްޕޯ
ކުޑަ ކުދިން ދައްކާ ކަހަލަ ވާހަކަ ނުދައްކާ. ޔޫ އާރ ޖަސްޓް އެމްބަރޭސިން ޔުއަރ ސެލްފް.
ޜޮނިި
ކަލޯ މި ލިޔުނު ސޮރައް ވާނުވާއެއް އެބަ އެނގޭތަ
ޤާދިރު
ޝަހީމު ވިދާޅުވި އިސްތިއުފާ ހުށަހެޅުއްވި ވާހަކަ. އިސްތިއުފާ ހުށަހެޅުއްވުމުން، އިސްތިޢުފާ ނުދެއްވުމަށް ރައީސް އެދިވަޑައި ގެންނެވި ކަމަށާއި، އެޓަނީ ޖެނެރަލްގެ ލަފާފުޅާ އެކު އިސްތިޢުފާ ނުދޭގޮތަށް ނިންމެވީ ކަމަށް. މީގައި ހެދި ދޮގެއް ބުނެބަލަ..
މިރުސް
މިހާރު ހެދު ދޮގު ވަނީ އާޓިކަލްގައި ލިޔެ އިިސްލާހުކޮށްފައި. ޝުކުރިއްޔާ
އައިލް
މީހަކު ކަމެއްކުރާން ޤަޞްދުކުރަމޭ ބުނުމަކީ އަދި ދޮގުހެދުމެއްނޫނެވެ. މީހުންނާބެހޭގޮތުން ޙަޤީޤަތާޚިލާފް ދޮގުތައް ހަދަހަދައިގެން ދެއްކުމަކީ ޔަހޫދީންގެ ސިފައެކެވެ. ނޫސްވެރިންނަކީ މިއަށްވުރެ ޒިންމާދާރުބަޔަކަށް ވާން ޖެހޭނެއެވެ.
ގައުމު
މިރުސްގެ ނަމުގައި ކޮމެންޓްކޮށްފައިވާ މީހާއަށް ބުނެލަން. ރަނގަޅަށް ކިޔާފައި ނޫނީ ކޮމެންޓްނުކުރުމަށް. ސަބަބަކީ ޝަހީމް ހެދި ދޮގު މިލިޔުމުގައި ސާފުކޮށް ބަޔާންކޮށްފައި އޮތުމުންނެވެ. ޝަހީމް ހެދި ދޮގަކީ މަގާމުން އިސްތިއުފާ ދޭނަމޭ ވިދާޅުވުމަށް ފަހު އިސްތިއުފާ ނުދެއްވާނެކަމަށް ވިދާޅުވުމެވެ. އަނިލް އާއި ރައީސް ޔާމީން ވިދާޅުވެގެން އިސްތިއުފާ ނުދެއްވިޔަސް ޝަހީމް އެވަނީ ހަމަ ރަނގަޅަށް ދޮހު ހަދާފައެވެ.
ހަސަންމަނިކް
އަޅެފަހެ ހެދި ދޮގެއް ލިޔެލިނަމަ ދެއްތޯ! ސިޓީ ލިޔަން ދަސްކޮއްދިން ކިލާހަށް ނުދިޔައީމަ ވާނީ ތިހެން!
ޟަރު
މިހާރު ދީނީ ތާކިހާ އަޅައިގެން ވަގެއްގެ ފަހަތުން މީހުންގެ މަސް މުން ދީން ހިމާޔަތް ކުރާ ނަމުގަ މިހާރު ވިސްނުން ހުރީ އިބޫ ރިޔާސީ އިންތިހާބައް ނުކުތަނުދިނުމުގައި ނުބައި ރޭވުން ތަކެއް ގަ ވިސްނާ ތިބޭތި
މިރުސް
ކޮބާތޯ ހެދި ދޮގަކީ؟ ވަގުތަށް ނުވާށެވެ.
ކޮބާ ދޮގު
މި ލިޔުމުން ދޮގެއް ނުފެނުނު... ވަގުތާ ހާލަތާ ގުޅޭ ގޮތުން ސަބަބު ބަޔާންކޮށް އެމީހަކު ކުރިން ނިންމުމެއް... އެ ނިންމުމާ އެއްގޮތަށް ޢަމަލުނުކުރުމަށް ނިންމުމުގެ އިޚްތިޔާރު އޮންނާނެ... އެ ދެން ދޮގެއްކަމަށް ތިކަހަލަ ބީތާއިން ކަނޑައެޅިޔަސް ކަނޑަ ނޭޅިޔަސް... ވަރަށް އަސަރުކޮށްފިދޯ... ހާދަ އެ މަޤާމަށް ދަހިވެތިވެފައޭދޯ ތިހުރީ... އަބުރު ކަތިލާ އަގުވައްޓާލަން ދައްކާނެ އިތުރު ވާހަކައެއް ނެތީބާ.....؟؟؟ ވަރަށް ވެދުން....
ސައްޕޭ
ދޮގުހަދަން ބުނި ބަހެއް ލިޔެފައި އޮންނަންވާނެ މީ ކޮންކަހަލަ ސިޓީއެއްތަ؟
ޝާފިޔާ އަދުނާން
ކޮބާ ހެދި ދޮގަކީ. މި އާޓިކަލް ކިޔާ ނިމުނު އިރުވެސް ނޭގުނު ހެދި ދޮގެއް. ކަލޭމެން އުޅެނީ ލިޔާނެ އެއްޗެއް ނޭނގިގެން.
މުއިން
ރަނިންމޭޓް ނުކިޔާށެވެ. ޗާންސިލާރ ކިޔާށެވެ. 24 ގަޑިއުރު ތެރޭގައި އިސްލާމިކް ޔުނިވާސިޓީގެ ޗާންސިލާރ އިތުރުފުޅު ހައްދަވާފިއެވެ. ޗާންސިލާރ އިންޒާރު ދެއްވާފިއިނަމަ ހުރިހާ ރައްޔިތުންނަށްވެސް ޝައްކެއް ނެތްވަރަށް މިއީ މައްސަލައެއްކަން އެނގޭނެއެވެ.
ހަބޭސް222
ޢިލްމީ ޤާބިލް ބޭބޭފުޅުންގެ ސަފްޙާތަކުން އެތަކެއް ޢިބްރަތެއް ލިބިވަޑައިގެންނެވި އިރު، ހެޔޮ ގޮތް ޚިޔާރު ކުރައްވަން ނޭގުނުކަން އެއީ ވވވ ހިތާމަކުރަންޖެހޭ ކަމެއް! ވަރަށް ކުޑައިރު ކޮށްދިއްޕަރުގެ އެއްކޮޓަރިއެއްގައި 9 މީހުން ނިދަން އުޅުނުއިރުގެ ހެޔޮއެދޭ ރައްޓެއްސަކަށް ވީތީ ބުނެލީ!
ހައިސަމް
ކިޔަންނޭނގޭ މީހުން ކިތަންމެ ވަރެއް ކުރިޔަސް ލިޔެފަ އޮތް އެއްޗެއް ނޭނގޭނެ މީ ވަރަށް ވާހަކަ
އަހަންމާބެ
މީ އެމްޑީޕީގެ އެކްޓިވިސްޓެއްތައް، ބުހުތާނު ލިޔަން، ކޮންމެހެން ނޫސްވެރިންނަކީ ސިޔާސީޕާޓީ ހިންގާބައެއްކަމަށް ހެދިގެން އުޅެންވެއްޖެއްޔާ ނޫސްވެރިކަމުގެ ފޭރާން ވީދި ހަލާކުވުން ނޫންކަމެއްނުވާނެ.
ގޫޑް އެމްބެސެޑަރު
އަދިވެސް ހެދި ދޮގެއް ނުބުނެވޭ. ކޮންވައްތަރަކަށް ލިޔާމީހެއްމީ؟
އަލީ
ލިޔުންތެރިޔާ މަޔޫސް ވިވަރުން ކޮމެވެސް އެޗެލިޔެލީ އެމްޑީޕީ ސަޕޯޓަރުންނަ ހިތްހަމަޖެހިމެ ހޯދާލަން ވެގެން . މަގޭ ވޯޓު ޔާމިން ސަހީމް އައް ދީފިން..
ތުއްތު
ކޮބާތަ ހެދި ދޮގަކީ....
ފަލީމް
ވަރަށްމޮޅު ލިޔުމެއް..5ފަހަރަށް ކިޔައިގެންވެސް ސުރުހީގައިވާ އިތުރުފުޅެއް ނުފެނުން.. ދިވެހިބަހުގެ ރަދީފް ދައްކައިގެން ދޮގުގެ މިންގަޑު ދެއްކުމުގެ ބޭނުމެއްނެތް.
ތެދު
މި އާޓިކަލް ލިޔުނުމީހަކީ ޝަހީމާއި ސިޔާސީ ދެކޮޅުވެރިއެއްކަން ފާހަގަ ކުރެވޭ..އެހެނީ މިލުމުގެ މަގްޞަދަކަށްވެފައި އޮތީ ޝަހީމާއި މެދު ޝައްކު އުފެއްދުން.. މިއަށް ވުރެ އޮށްޓަރު ހުރިލިއުން ލިޔާނަމަ ވަގުތު ބޭކާރު ނުކޮށް!
ގުއްޔު
ހެދި ދޮގެއް ތި ލިޔުމުގަ އެއްނެތް. އެވަރުގެ ދޮގެއް ހެދި ނަމަ ޔަގީނުންވެސް އެހެދި ދޮގެއް ތި ލިޔުމުގަ ޖަހާނެ. ތީ އޑޕ ގެ ނޫހެއް. މިހާރު ރައީސް ޔާމީނަށް ވުރެ ޝަހީމް ދެކެ އޑޕ މީހުން ބިރުގަނެ ޖެހިލުންވޭ.
ގެޓްވެލްސޫން
އިތުރުފުޅުހެއްދެވީތަ ނޫނީ ދޮގު ހެދީތަ ކޮންގޮތެއް ރަގަޅީ؟ ދެ އިންސާނުންނަށް ދެގޮތަށް މުޚާތަބްކުރަން ޖެހޭބާ؟
ޤައުމު
ހަޖަމުނުވެގެން މިހާރު ތިއުޅެނީ. ކޮންމެއެއްޗެކޭ ކިޔަސް މަގޭވޯޓް ޝަހީމްއަށް.
ރާކަނި
އެވާހަކައަކީ ޗާންސެލަރ ކަމުން އިސްތިއުފާ ނުދިނުންކަމަށް ވާނަމަ އެހެންކަމެއް އެބައޮތެވެ. އެއީ ޗާންސެލަރ ކަމުގެ ޝަރުތު މިހާރު ފުރިހަމަނުވާނުވުމެވެ. މިއީ ޝަހީމް ލައްވާ ކުރުވި ޤާނޫނާ ޚިލާފް ފުރަތަމަ އަމަލެވެ.
ނަޖްވާ
ވަރަށް ފައްކާ ސިޓީ އެއްތީ ކޮންމެ އަކަސް! ހަޤީޤީ ދީނީ އިލްމް ވެރިންނެއް ސިޔާސީ ކަންކަމާވެގެންނެއް އުޅޭނެ ކަމަކަށް އަހަރެން ޤަބޫލެއް ނުކުރަން! ދީނީ އިލްމް ވެރިން އުޅެން ޖެހޭނީ އެމީހުން ތަރަހައިގެ ތެރޭގައި، ދީނީ ވައުޛް ވިދާޅުވުމާއި، ނަސޭހަތް ދިނުމާ، އިމާމް ވެ ނަމާދު ކުރުމާ މި ޒާތުގެ ކަންކަމުގައި ކަމަށް ދެކެނީ އިނގޭ!
މުއާ
ޙަޖަމު ނުވެގެން ތެޅި ފޮޅެނީ.😠😂
ޙުސެން
ކިނބޫ ވ ދޮގު ހަދާނެ ދޯ
ާއަލީ
ކަލޭމެނަށް ހަޖަމުނުވަނީ
ގުއިއްޒު
ވައްކަމާއި އޮޅުވާލުމުގެ ތެރެއިން މުޅިންވެސް ނިކުންނާނީ ވައްކަމާއި އޮޅުވާލުން.
ނާޝިދު
ކިޔާ ނިމުނު އިރުވެސް ހެދި ދޮގެއް ނޭނގުނު!. ހަމަޖެހޭ އެއްޗެއް ނުލިޔަންނާ މަޑުން ތިބެބަލަ. ވ ސަލާމް

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]