America aai China ge Fiyavalhaa Eku 1300 Mudhaluge Agu Boduvehje
vfp.mv
VFPBAAZAARU
MIB
MIB
އެމެރިކާ އާއި ޗައިނާގެ ފިޔަވަޅާއެކު 1300 މުދަލުގެ އަގު ބޮޑުވެއްޖެ
inage
އެމެރިކާގެ ރައީސް އާއި ޗައިނާގެ ރައީސް ބައިވެރިވެވަޑައިގަންނަވާ ބައްދަލުކުރެއްވުމެއް
  ވިޔަފާރި | ދުނިޔެ | 10 ޖުލައި 2018 | 0 ކޮމެންޓް
އެމެރިކާ އާއި ޗައިނާއިން އެއް ގައުމުން އަނެއް ގައުމުގެ އިމްޕޯޓް މުދަލުގެ ޑިއުޓީއަށް ގެނައި ބަދަލާއެކު 1300 އެއްހާ މުދަލުގެ އަގު ބޮޑުވެއްޖެއެވެ. muni
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޗައިނާއިން އެމެރިކާއަށް އިމްޕޯޓްކުރާ ގާތްގަނޑަކަށް 34 ބިލިއަން ޑޮލަރުގެ މުދަލުން މިދިޔަ ހުކުރު ދުވަހުން ފެށިގެން ޑިއުޓީ ނަގަން ފަށާފައެވެ.

އެއާއެކު ޗައިނާއިންވެސް ވަނި އެމެރިކާއިން އެޅި ފިޔަވަޅާއި އެއްވަރުގެ ފިޔަވަޅެއް އަޅައި އެމެރިކާއިން ޗައިނާއަށް އިމްޕޯޓްކުރާ މުދަލުން ޑިއުޓީ ނަގަން ފަށާފައެވެ.

އެމެރިކާގެ އުފެއްދުންތަކުގެ ތެރެއިން ޗައިނާއިން ޑިއުޓީ ނަގަން ފެށި ބައެއް އުފެއްދުންތަކުގެ ތެރޭގައި ފްރޯޒެން ބީފް، ފްރޯޒަން ޗިކަން ނަގެޓްސް، އަލުވި، އާފަލު، ޔޯގަޓް، ބަޓަރު އަދި އެއްގަމު ވެހިކަލް ހިމެނެއެވެ.

ޗައިނާގެ އުފެއްދުންތަކުގެ ތެރެއިން އެމެރިކާއިން ޑިއުޓީ ނަގަން ފެށި ބައެއް އުފެއްދުންތަކުގެ ތެރޭގައި އެއްގަމު ވެހިކަލްގެ ބައިތަކާއި، ހެލިކޮޕްޓަރާއި ފެރީ ބޯޓު ހިމެނެއެވެ. އޭގެ އިތުރުން ސިއްހީ ދާއިރާގައި ބޭނުންކުރާ ބައެއް އާލާތްތައްވެސް ހިމެނެެއެވެ.
ގުޅުންހުރި
އެމެރިކާގެ 60 ބިލިއަން ޑޮލަރުގެ މުދަލުން ޑިއުޓީ ނަގަނީ
19 ސެޕްޓެމްބަރ 2018
ފްލައިޓެއްގައި ކެބިން ކުރޫއަކަށް މީހަކު ލޯބި ހުށައެޅުމުން ވަޒީފާއިން ވަކިކޮށްފި
18 ސެޕްޓެމްބަރ 2018
200 ބިލިއަން ޑޮލަރުގެ މުދަލުން ޑިއުޓީ ނަގަން ތައްޔާރުވެއްޖެ
18 ސެޕްޓެމްބަރ 2018
ޗައިނާއަށްވެސް ތޫފާން އަރައިފި
17 ސެޕްޓެމްބަރ 2018
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]