Barcelona Aaeku Kamiyaabu Season Akahfahu Paulinho Enburi China League Ah
vfp.mv
VFPBAAZAARU
HM
HM
ބާސެލޯނާއެކު ކާމިޔާބު ސީޒަނަކަށްފަހު ޕޯލީނިއޯ އެނބުރި ޗައިނާ ލީގަށް
inage
  ކުޅިވަރު | ދުނިޔެ | 9 ޖުލައި 2018 | 0 ކޮމެންޓް
ސްޕެއިންގެ ބާސެލޯނާއެކު ކާމިޔާބު ސީޒަނަކަށްފަހު އެކްލަބާއި މިދިޔަ ޓްރާންސްފާގައި ގުޅުނު ޕޯލީނިއޯ އެނބުރި އޭނާގެ ކުރީގެ ކްލަބު ގައަންޒޫ އެވަގްރެންޑޭ އަށް ބަދަލުވެއްޖެ އެވެ. kobadoctor
ބާސެލޯނާއާ ގުޅުނުތާ އެންމެ ސީޒަނަކަށްފަހު ގްއަންޒޫއާ އަލުން ޕޯލީނިއޯ ގުޅުނީ 44 މިލިއަން ޕައުންޑުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މިދިޔަ ސީޒަނުގައި ބާސެލޯނާއަށް ލީގު ތަށި ކާމިޔާބުކޮށްދިނުމުގައި މުހިންމު ރޯލެއް އަދާ ކުރި ޕޯލީނިއޯ ވަނީ އެޓީމަށް 9 ލަނޑު ޖަހައިދީފައެވެ. މީގެ އިތުރުން ބްރެޒިލްއާއެކު ވޯލްޑް ކަޕުގައި ވެސް އޭނާ ކުޅެފައިވާއިރު އޭނާ ވަނީ މިފަހަރުގެ ވޯލްޑް ކަޕުގައި ލަނޑެއް ވެސް ކާމިޔާބުކޮށްފައެވެ.

މީގެ ކުރިން އިނގިރޭސި ކްލަބު ޓޮޓެންހަމުން ފެނިގެންދިޔަ ޕޯލީނިއޯ އެންމެ ފުރަތަމަ ޗައިނާގެ ގްއަންޒޫއާ ގުޅުނީ 2015 ވަނަ އަހަރު އެވެ. އޭނާ 2017 ވަނަ އަހަރު ބާސެލޯނާއަށް ބަދަލުވީ ގްއަންޒޫގައި އަށް 63 މެޗު ކުޅެދިނުމަށްފަހު އެވެ.

އުމުރުން 29 އަހަރުގެ ޕޯލީނިއޯ ބާސެލޯނާ އާއި ބްރެޒިލްގެ ގައުމީ ޓީމާއެކު ރަނގަޅު ކުޅުމެއް ދައްކަމުން ދިޔަ މި ދަނޑިވަޅުގައި ކުއްލި ގޮތަކަށް އޭނާ ޗައިނާ ލީގަށް ބަދަލުވެފައިވުމާއެކު ފެންމަތިވެފައިވާ ރިޕޯޓްތައް ބުނާ ގޮތުގައި ގްއަންޒޫއިން އޭނާ ގެންދިޔައީ ވަރަށް ބޮޑު މުސާރައެއް ލިބޭ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް އޭނާއަށް ގްއަންޒޫއިން ދޭ މުސާރަ މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ގުޅުންހުރި
ޒިދާން މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުކަމާ ހަވާލުވަނީ!؟
9 ސެޕްޓެމްބަރ 2018
ހެރީ މެގުއާ ލެސްޓާގެ އެއްބަސްވުން އާކޮށްފި
9 ސެޕްޓެމްބަރ 2018
ޖޯން ޓެރީ ރަޝިއާގެ ކްލަބަކާ ގުޅެނީ!؟
8 ސެޕްޓެމްބަރ 2018
މޮޑްރިޗް އިޓަލީ ޓީމަކުން ފެންނާނެ: އެޖެންޓް
14 އޯގަސްޓު 2018
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]