Spain Ge Gaumee Team Ge Coach Kamah Luiz Enrique
vfp.mv
VFPBAAZAARU
MIB
MIB
ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗުކަމަށް ލުއިސް އެންރީކޭ
inage
  ކުޅިވަރު | ދުނިޔެ | 9 ޖުލައި 2018 | 0 ކޮމެންޓް
ސްޕެއިންގެ ގައުމީ ޓީމުގެ ހުސްވެފައިވާ ކޯޗުގެ މަގާމަށް ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރީކޭ ހަމަޖައްސައިފި އެވެ. dhi2
ސްޕެއިންގެ ފުޓްބޯޅަ އިދާރާއިން ލުއިޒް އެންރީކޭ މަގާމާއި ހަވާލުވިކަން ރަސްމީ ގޮތުން އިއުލާން ކުރީ މިއަދު އެވެ. ލުއިސް އެންރީކޭ ސްޕެއިންގެ ކޯޗުގެ މަގާމާ ހަވާލުވީ 2 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ވޯލްޑް ކަޕަށް ކުޑަތަންވެފައިވަނިކޮށް ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗު ރިއާލް މެޑްރިޑުގެ ކޯޗު ކަމާ ހަވާލުވާން ނިންމާ އެކަން އިއުލާން ކުރުމާއެކު އޭނާ ވަނީ މަގާމުން ވަކިކޮށްފައެވެ. އަދި ޓީމާއިގެން ވޯލްޑް ކަޕަށް ނިކުތީ ޓެކްނިކަލް ޑިރެކްޓްރ ފަރްނަންޑޯ ހިއޭރޯ އެވެ. ނަމަވެސް ހިއޭރޯގެ އިރުޝާދުގެ ދަށުން ސްޕެއިން ވަނީ ވޯލްޑް ކަޕުގެ ދެވަނަ ބުރުން ޖާގައެއް ހޯދުމަށް ނުކުޅެދި މުބާރާތުން ކަޓާފައެވެ. ސްޕެއިން މުބާރާތުން ކެޓުމާއެކު ހިއޭރޯ ވަނީ މަގާމުން އިސްތިއުފާ ދީފައެވެ.

އަލަށް ސްޕެއިންގެ ގައުމީ ޓީމާއި ހަވާލުވި އުމުރުން 48 އަހަރުގެ ލުއިސް އެންރީކޭ ވަނީ ބާސެލޯނާއެކު ފާހަނގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ. އެންރީކޭ ވަނީ ބާސާއަށް ދެ ފަހަރުގެ ސްޕެނިޝް ލަލީގާއާއި 2015ގެ ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފައެވެ.
ގުޅުންހުރި
4 އަހަރަށްފަހު ބްލިންޑް އެނބުރި އަޔަކްސްއަށް
17 ޖުލައި 2018
ހަޒާޑް ދަނީ ރިއާލްއަށް ބަދަލުވުމަށް ތައްޔާރުވަމުން: ބްރަޔަން
14 ޖުލައި 2018
ފަހުވަގުތު ޖޯޖީނޯ ޗެލްސީއާ ގުޅުމުން ގާޑިއޯލާ ރަތަށް!
14 ޖުލައި 2018
ޗެލްސީގެ ކޯޗަކަށް ނަޕޯލީގެ ކުރީގެ ކޯޗު ސަރީ ހަމަޖައްސައިފި
14 ޖުލައި 2018
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]