Hohalhain Ithuru Kujjaku Salaamai Kohfi
vfp.mv
VFPBAAZAARU
MIB
MIB
ހޮހަޅައިން އިތުރު ކުއްޖަކު ސަލާމަތްކޮށްފި
inage
ހޮހަޅައިން ކުދިން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށް ދަނީ
  ދުނިޔެ | އޭޝީއާ | 9 ޖުލައި 2018 | 1 ކޮމެންޓް
ތައިލެންޑްގެ ހޮހަޅައެއްގައި ތާށިވި ކުދިންގެ ތެރެއިން ފަސްވަނަ ކުއްޖާ މިއަދު ސަލާމަތްކޮށްފިއެވެ. kobadoctor
މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު ތައިލެންޑްގެ ހޮހަޅައެއްގައި، ފުޓްބޯޅަ ޓީމެއް 12 ކުދިންނާއި އެ ކުދިންގެ ކޯޗު ވަނީ ތާށިވެފައެވެ.

އެ ކުދިންނާއި ކޯޗު ސަލާމަތްކުރުމުގެ އޮޕަރޭޝަން އިއްޔެ ރަސްމީކޮށް ފަށާފައިވާއިރު އިއްޔެ ވަނީ ހަތަރު ކުއްޖަކު ވަނީ ސަލާމަތްކޮށްފައެވެ. އެ އޮޕަރޭޝަން ރޭ ހުއްޓާލުމަށްފަހު އަލުން މިއަދު ވަނީ ފަށާފައެވެ.

މިއަދު ހެނދުނު ތައިލެންޑް ގަޑިން 10:30 (ރާއްޖޭ ގަޑިން 8:30) ގައި އޮޕަރޭޝަން ފަށާފައިވާއިރު ފުރަތަމަ ކުއްޖާ ސަލާމަތްކޮށް ހޮހަޅައިން ނެރެފައިވަނީ ތައިލެންޑް ގަޑިން ހަވީރު 4:30 (ރާއްޖޭ ގަޑިން މެންދުރު 2:30) ހާއިރުއެވެ.

ތައިލެންޑްގެ ހޮހަޅައެއް ބަލާލުމަށް އެ 12 ކުދިންނާއި އެ ކުދިންގެ ކޯޗު ވަދެ އުޅެނިކޮށް މޫސުން ގޯސްވެ ވާރޭ ވެހި ހޮޅަައިގައި ވަނީ ފެންބޮޑުވެފައެވެ. އެއާއެކު އެކުދިންނާއި ކޯޗު ވަނީ ހޮހަޅައިގައި ތާށިވެފައެވެ. އެކުދިން ސަލާމަތްކުރުމަށް ޑައިވަރުން މަސައްކަތްކުރާއިރު އެއީ ނުރައްކާތެރި އޮޕަރޭޝަނެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
ގުޅުންހުރި
ކިނބުލެއް ފެނިގެން މޫދަށް އެރުން މަނާކޮށްފި
26 ޖުލައި 2018
ހޮހޮޅައިން ސަލާމަތްކުރި ކުދިން ހޮސްޕިޓަލުން މިއަދު ދޫކޮށްލަނީ
18 ޖުލައި 2018
މަރުވި ޑައިވަރަށް ހޮހަޅާގައި ތާށިވި ކުދިންގެ އިހުތިރާމް: ރަނގަޅު ކުދިންތަކަކަށް ވާނަން
16 ޖުލައި 2018
ހޮހޮޅައިގައި ތާށިވި ޓީމަށް އަނެއްކާ ވެސް ފީފާގެ ދައުވަތެއް، މިފަހަރު ލަންޑަނަށް
13 ޖުލައި 2018
ހިޔާލު

ގުޅުންހުރި
Thaveed
މި ނޫސް ކިޔަން ވަރަށް އުނދަގޫ ... ޕްލީ ފޮންޓް ސައިޒް ތަންކޮޅެއް ބޮޑު ކޮއްލަބަލަ.

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]