Japan ah Boakoh Vaareyvehi 100 Meehun Maruvehje
vfp.mv
VFPBAAZAARU
MIB
MIB
ޖަޕާނަށް ބޯކޮށް ވާރޭވެހި 100 މީހުން މަރުވެއްޖެ
inage
ޖަޕާނަށް ކުރަމުންދާ ވިއްސާރައާއި ހިނގި ހާދިސާތަކުގައި މަރުވުވި މީހުންގެ އަދަދު 100 އަށް އަރައިފި
  ދުނިޔެ | އޭޝީއާ | 9 ޖުލައި 2018 | 0 ކޮމެންޓް
ޖަޕާނަށް ބޯކޮށް ވާރޭވެހި ހިނގި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 100 އަށް އަރައިފިއެވެ. Dhiraagu
އެގައުމަށް ރެކޯޑް މިންވަރަކަށް ވާރޭވެހި ފެންބޮޑުވެ ބިންގަނޑު ކަހާލުމުގެ ހާދިސާތައް ހިނގާފައިވާއިރު 50 އަށްވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް ބެލެވޭ ކަމަށް ޖަޕާނުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ބުރާސްފަތި ދުވަހުން ފެށިގެން ޖަޕާނުގެ ހުޅަނގުގެ ބައެއް ސަރަހައްދުތަކަށް ވަނީ ވަރަށް ބޯކޮށްވާރޭ ވެހިފައެވެ. ރިޕޯޓްތައް ބުނާ ގޮތުން އާންމުކޮށް ޖުލައި މަހު ވާރޭވެހޭ މިންވަރަށްވުރެ ތިން ގުނަ އިތުރަށް ޖަޕާނުގެ ހުޅަނގަށް ވަނީ ވާރޭ ވެހިފައެވެ.

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކޯރުތައް ބަންޑުންވެދާނެތީ އެ ސަރަހައްދުގައި އުޅޭ ދެ މިލިއަން މީހުން، ރައްކާތެރި ސަރަހައްދުތަކަށް ދިއުމަށް ވަނީ އަންގާފައެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވިދާޅުވީ އެތައްބަޔަކު ގެއްލިފައިވާ ކަމަށާއި އެހީތެރިކަން ބޭނުންވާ އެތައް ބަޔަކު އެބަތިބި ކަމަށެވެ. ޖަޕާނުގެ މޮޓޮޔަމާއަށް ހުކުރު ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް 583 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.
ގުޅުންހުރި
ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ޖަޕާނުގައި 48 މީހަކު މަރުވެއްޖެ
8 ޖުލައި 2018
އުވައިސްގެ ސަފީރުކަމުގެ ފަތްކޮޅު ޖަޕާނުގެ އެމްޕެރާއަށް އަރުވައިފި
20 ޖޫން 2018
ޖާޕާނަށް އެރި ބިންހެލުމުގައި ދިވެއްސަކަށް ގެއްލުމެއް ނުވޭ: ފޮރިން މިނިސްޓްރީ
18 ޖޫން 2018
ހިޔާލު

ގުޅުންހުރި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]