Uruguay Balikoh France Semi Final Ah
vfp.mv
VFPBAAZAARU
HM
HM
އުރުގުއޭ ބަލިކޮށް ފްރާންސް ސެމީ ފައިނަލަށް
inage
  ކުޅިވަރު | ދުނިޔެ | 6 ޖުލައި 2018 | 0 ކޮމެންޓް
ވޯލްޑް ކަޕް 2018 ގެ ކުއާޓާ ފައިނަލުގައި އުރުގުއޭ އާއި ބައްދަލު ކުރި މެޗު ކާމިޔާބުކޮށް ފްރާންސް މުބާރާތުގެ ސެމީން ޖާގައެއް ކަށަވަރު ކޮށްފި އެވެ. kobadoctor
ފްރާންސް ވޯލްޑް ކަޕުގެ ސެމީއަށް ދަތުރު ކުރި ފުރަތަމަ ޓީމުގެ ގޮތުގައި ޖާގަ ކަށަވަރު ކުރީ މިރޭ އުރުގުއޭ 2-0 ގެ ނަތީޖައަކުން ބަލިކޮށްގެނެވެ.

ޓީމުގެ މުހިންމު ކުޅުންތެރިއެއް ކަމުގައިވާ އެޑިންސަން ކަވާނީއާ ނުލާ ފްރާންސްއާ ދެކޮޅަށް ނުކުތް މެޗުގައި ފްރާންސްއަށް ލީޑު ނަގައިދިނީ ރިއާލް މެޑްރިޑަށް ކުޅެމުން އަންނަ ޒުވާޑް ޑިފެންޑަރ ރަފައެލް ވަރްނޭ އެވެ. އޭނާ މި ލަނޑު ޖެހީ މެޗުގެ 40 ވަނަ މިނެޓުގައެވެ.

މެޗުގައި ފްރާންސްއިން ދެވަނަ ލަނޑެއް ޖަހާ ލީޑު ފުޅާ ކުރީ މެޗުގެ 61 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެންޓޮއިން ގްރީޒްމަން އެވެ.

މި މޮޅާއެކު ފްރާންސްއިން ސެމީގެ ޖާގަ ކަށަވަރު ކޮށްފައިވާއިރު މިރޭ މުބާރާތުގައި އިތުރު މެޗެއް ކުޅޭނެ އެވެ. މި މެޗުގައި ސެމީގެ ޖާގައެއް ހޯދުމަށް ނިކުންނާނީ ބްރެޒިލް އާއި ބެލްޖިއަމް އެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން 23:00 ގައެވެ.
ގުޅުންހުރި
އެންމެ މޮޅު ކުޅުންތެރިޔަކަށް މޮޑްރިޗް، ޒުވާން ކުޅުންތެރިޔަކަށް އެމްބާޕޭ
15 ޖުލައި 2018
ވޯލްޑް ކަޕް ރަން ބޫޓު ހެރީ ކޭންއަށް
15 ޖުލައި 2018
ކޮރޭޝިއާ ބަލިކޮށް ފްރާންސް ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދައިފި
15 ޖުލައި 2018
އިނގިރޭސިން ބަލިކޮށް ބެލްޖިއަމް ވޯލްޑް ކަޕުގެ ތިން ވަނަ ހޯދައިފި
14 ޖުލައި 2018
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]