Miee India ge Rihanna!
vfp.mv
VFPBAAZAARU
MIB
MIB
މިއީ އިންޑިއާގެ ރިއާނާ!
inage
ރެނީ--
  ފޭޑި | މީހުން | 5 ޖުލައި 2018 | 0 ކޮމެންޓް
މިއީ މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާ އާ ވައްތަރުކަމަށް ބުނެ ގިނަ ފުރުސަތުތައް މިހާރު ލިބެމުން އަންނަ އިންޑިއާގެ ޗަސްތިސްގަރަށް އުފަން ރެނީ ކުޖޫރެވެ. muni
މޮޑެލްކުރުމުގެ ދާއިރާގައި މަސައްކަތްކުރަމުން އަންނަ ރެނީއަށް އިންޑިއާގެ ނޫސްތަކުގެ ސަމާލުކަން ލިބުނު އެއް ސަބަބަކީ ވެސް އޭނާ ރިއާނާ އާ ވައްތަރުވުމެއެވެ. ކުޑައިރުގެ ހަނދާންތައް އާކުރަމުން ރެނީ އިންޑިއާގެ ނޫހަކަށް ބުނީ، އޭނާ ކުޑައިރު މުބާރާތްތަކުގައި ބައިވެރިވެ ސްޓޭޖަށް އެރުމުން ކަޅުކަމަށް ބުނެ ގިނަ ބަޔަކު ހޭކަމަށެވެ. އެގޮތަށް މަލާމާތް ކުރާތީ ރޮމުން ރޮމުން ސްޓޭޖުން ފައިބާކަމަށްވެސް އޭނާ ބުނެއެވެ.

އުމުރުން އެންމެ 23 އަހަރުގެ ރެނީ މޮޑެލް ކުރުމުގެ ދުނިޔެއަށް ތައާރަފުވެފައިވަނީ މީގެ ދެތިން އަހަރުކުރިންނެވެ. އެގޮތުން ކަޅުވުމުގެ ސަބަބުން އެމީހުންގެ ފަރާތުން ވެސް އަޑުއަހަން ބޭނުންނުވާ ބަސްތައް އިވޭކަމަށް އޭނާ ބުނެއެވެ. އަދި އެދާއިރާގައި މަސައްކަތްކުރާނަމަ ކްލައިންޓުން ހިތްހަމަޖައްސައިދޭންޖެހޭނެކަމަށާއި މޮޑެލްކުރާ ފަރާތްތަކަކީ ހަށިވިއްކާ ބައެއްކަމަށް ބުނެފައިވާކަމަށް ރެނީ ބުނެއެވެ. ކަޅުވުމުގެ ސަބަބުން އެތައް ފުރުސަތުތަކެއް ގެއްލުނުކަން ފާހަގަކޮށް ރެނީ ބުނީ، އޭނާ މޭކަޕްކޮށްދޭ މީހާ ކައިރީ އޭނާ ކުލަ އަލިކުރުމަށް ފޮޓޯގްރާފަރުން ބުނާކަމަށެވެ.

ރިއާނާއާ އޭނާ ވައްތަރުކަން ފާހަގަވީ އޭނާގެ ރައްޓެއްސަކަށްކަމަށް ރެެނީ ބުނެއެވެ. އެގޮތަށް ރައްޓެއްސަކަށް ފާހަގަވީތީ ހިނިއައި ނަމަވެސް ފަހުން އެންމެވެސް ރިއާނާއާ އޭނާ ވައްތަރުވެ އެވާހަކަ ދައްކާކަމަށް ރެނީ ބުނެއެވެ.

ރިއާނާ އާ ވައްތަރުވުމުގެ ސަބަބުން މަސައްކަތް ހޯދުމަށް ފަސޭހަވެގެންދިޔަކަމަށް ރެނީ ބުނެއެވެ. އެގޮތުން ފޮޓޯގްރާފަރުން ކްލައިޓުން ކައިރީ ބުނަނީ އޭނާއަކީ ރިއާނާ އާ ވައްތަރު ކުއްޖެއްކަމަށެވެ.
"ރިއާނާ އަކީ ހަޑިމީހެއްކަމަށް އެއްވެސް މީހަކު ނުބުނާނެ. ނަމަވެސް ރެނީ އަކީ ކަޅު މީހެއްކަމަށް ބުނެ ރެނީ އާ މަސައްކަތް ހަވާލުކުރަން ދެކޮޅު ހެދި މީހުން ވެސް މިހާރު ރެނީ އަށް މަސައްކަތްދީ އޭނާ އާ އެކު މަސައްކަތް ކުރަން ތިބީ ތައްޔާރަށް،" ރެނީ އިންޑިއާގެ ނޫހަކާ ވާހަކަ ދައްކަމުން ބުންޏެވެ.

ގިނަ ބަޔަކަށް ރިއާނާ ކަމުދާއިރު ރެނީ ރިއާނާއާ ވައްތަރުނަމަ އެޓްރެކްޓިވް ނުވާންވީ ސަބަބެއް ނެތްކަމަށް އެމީހުން ގަބޫލުކުރާކަމަށް ރެނީ ބުނެއެވެ. ރިއާނާ އާ ނުލާ ދެވޭނީ ކޮން މަންޒިލަކަށްކަން ވެސް ރެނީ އަށް ނޭނގޭއިރު އޭނާގެ އުއްމީދަކީ އޭނާގެ މޮޑެލްކުރުމުގެ ކެރިއަރު ބަދަލުކޮށްލި ލަވަކިޔުންތެރިޔާ ރިއާނާއަށް ކޮންމެދުވަހަކުން ބައްދަލުކޮށް އެކަމަށް ޝުކުރުވެރިވުންކަމަށް އޭނާ ބުނެއެވެ.
ގުޅުންހުރި
ބަތަލާ ލީސާ އަށް ދެ އަންހެން ކުދިން ލިބިއްޖެ
17 ސެޕްޓެމްބަރ 2018
މަޝްހޫރު ޑާންސް ޝޯ "ޑާންސް ދީވާނޭ" އާލޮކް ކާމިޔާބުކޮށްފި
16 ސެޕްޓެމްބަރ 2018
ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާވެސް އުފުލިއްޖެ
15 ސެޕްޓެމްބަރ 2018
ސާފް ޗެމްޕިއަންޝިޕް: ފައިނަލުގައި ރާއްޖެ އާއި އިންޑިއާ
12 ސެޕްޓެމްބަރ 2018
ހިޔާލު

ގުޅުންހުރި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]