Addu gai Haluvi Kamaeku Faanabasandu Fethurenee
vfp.mv
VFPBAAZAARU
HM
HM
އައްޑޫގައި ހަލުވި ކަމާއެކު ފާނަބަސަންދު ފެތުރެނީ
inage
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް--
  ހަބަރު | | 4 ޖުލައި 2018 | 0 ކޮމެންޓް
އައްޑޫ ސިޓީގައި ހަލުވި ކަމާއެކު ފާނަބަސަންދު ފެތުރެމުން ދާކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ. muni
ވީއެފްޕީއާ ވާހަކަ ދައްކަމުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެ ހުންނެވި ސީނިއާ ކޮމިއުނިޓީ އޮފިސަރ މުހައްމަދު ނަޖީބު ވިދާޅުވީ އައްޑޫ ގައި މިހާރު ފާނަބަސަންދު ޖެހިގެން ދައްކަމުން އަންނަ މީހުންގެ އަދަދު އާއްމު ހާލަތަށްވުރެ ގިނަ ކަމަށް ދައްކާކަމަށެވެ.

އެގޮތުން ދުވާލަކު ދޭއް ނުވަތަ ތިން މީހުން ދައްކަން އަންނަ ކަމަށާއި މިދިޔަ ހަފްތާ ތެރޭގައި ވެސް 12 ވަރަކަށް މީހުން ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާފައިވާކަމަށް ނަޖީބު ވިދާޅުވިއެވެ.

އެގޮތުން އެބައްޔަށް ހޭލުންތެރިކުރުމުގެ ގޮތުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ފާނަބަސަންދު ޖެހިފައިވާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އިރުޝާދީ ނަސޭހަތްދޭކަމަށް ނަޖީބު ވިދާޅުވިއެވެ. އަދި ފާނަބަސަންދު ޖެހިފައިވާ ކުއްޖެނަމަ ރަނގަޅު ވަންދެން ސުކޫލަށް ނުދިއުމަށް ނަޖީބު ވަނީ ވިދާޅުވެފައެވެ.

ފާނަބަސަންދުން ރައްކާތެރިވުމަށް ހާއްސަ ވެކްސިނެއް ޖަހާއިރު މައުލޫމާތު ލިބޭގޮތުގައި އެވެކްސިން އައްޑޫ ހޮސްޕިޓަލުގައި ނެތެއެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން އެ ހޮސްޕިޓަލުން ބަހެއް ބުނެފައިނުވެއެވެ.
ގުޅުންހުރި
އިންތިހާބު ކައިރިވެފައި އޮއްވާ ބައެއް ރަށްރަށުން ގޯތި ދޫކުރަނީ
15 ސެޕްޓެމްބަރ 2018
އައްޑު އަތޮޅާއި ފުވައްމުލަކަށް ރައީސް ފުރާވަޑައިގެންފި
13 ސެޕްޓެމްބަރ 2018
އައްޑޫ ފިހާރައެއްގައި އަލިފާން ރޯވެ އެއްކޮށް އަނދައިފި
9 ސެޕްޓެމްބަރ 2018
އައްޑޫސިޓީ މީދޫ އެމްޑީޕީ ޖަގަހައެއްގައި ރޯކޮށްލައިފި
5 ސެޕްޓެމްބަރ 2018
ހިޔާލު

VFP

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]