1 Aharuge aimur Eynage Maama ah Vure ves Mash'hooru
vfp.mv
VFPBAAZAARU
MIB
MIB
އެއް އަހަރުގެ ތައިމޫރު އޭނާގެ މާމައަށް ވުރެ ވެސް މަޝްހޫރު
inage
ތައިމޫރާއި އޭނާގެ މާމަ--
  ފޭޑި | މީހުން | 4 ޖުލައި 2018 | 0 ކޮމެންޓް
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރް ހާނާއި ސައިފް އަލީ ހާންގެ ދަރިފުޅު ތައިމޫރު، އޭނާގެ މާމަ އަދި ބޮލީވުޑްގެ ކުރީ ބަތަލާ ޝަރްމިލާ ތަގޯރްއަށް ވުރެ މަޝްހޫރުކަމަށް އޭނާ ބުނެފިއެވެ. Dhiraagu
ޝަރްމިލާއަކީ ތައިމޫރުގެ ބައްޕަ ސައިފް އަލީ ހާންގެ މަންމައެވެ. 1960ގެ އަހަރުތަކުގައި ބޮލީވުޑްގެ އެންމެ މަޝްހޫރު ބަތަލުންގެ ލިސްޓުގައި ހިމެނޭ ޝަރްމިލާ އޭނާގެ މާމަ ދަރިފުޅު އޭނާއަށްވުރެ މާބޮޑަށް މަޝްހޫރުކަން ހާމަކޮށްފައިމިވަނީ ތައިމޫރާއި ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކާއި ގުޅިގެނެވެ.

ފަންސާހަށް ވުރެ ގިނަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ޝަރްމިލާއަށްވަނީ ފިލްމީ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ދެ ފިލްމަކުން އޭނާ ވަނީ ބެސްޓް އެކްޓްރެސްގެ އެވޯޑާއި ބެސްޓް ސަޕޯޓިން އެކްޓްރެސްގެ އެވޯޑު ހޯދާފައެވެ. އަދި އޭނާއަށް ވަނީ ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރުމާއި ގުޅިގެން ލައިފްޓައިމް އެޗީވްމަންޓް އެވޯޑުވެސް ލިބިފައެވެ. ޝަލްމިލާ އެންމެފަހުން ބޮލީވުޑްގައި މަސައްކަތްކޮށްފައިވަނީ 2010 ވަނަ އަހަރެވެ.

ދެހާސް ސޯޅަ ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ތައިމޫރު އުފަންވެފައިވާއިރު ބޮލީވުޑްގެ އެހެން އެކްޓަރުންގެ ދަރިންނަށްވުރެ ތައިމޫރަކީ މަޝްހޫރު ކުއްޖެކެވެ. އެގޮތުން ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު އޭނާގެ ވާހަކަ ދައްކައެވެ. ގިނަބައެއްގެ ސަމާލުކަން ލިބެމުން އަންނަ ތައިމޫރު މިހާރު އަންނަނީ އޭނާގެ މައިންބަފައިންނާއެކު ލަންޑަނުގައި ޗުއްޓީ ހޭދަކުރަމުންނެވެ. ތައިމޫރު ޕްލޭ ސްކޫލަށްދާ ވަގުތާއި އާއިލާގެ މެމްބަރުންނާއެކު ބޭރަށްދާ ވަގުތުތަކުގައި މީޑިއާތަކުން އޭނާގެ ފޮޓޯއެއް ނެގުމަށް ފާރަލާހަދައެވެ.

ތައީމޫރް ބޮޑުވުމުން އޭނާ ކުރިއަށް ދާނެ ރޮނގެއްގެ ގޮތުގައި ކަރީނާ ދާއިރާއެއް އިހްތިޔާރުކުރާނަމަ ކުރާނީ ކޮން ދާއިރާއަކުންތޯ ނޫސްވެރިއަކު ސުވާލުކުރުމުން ކަރީނާ މީގެކުރިން ބުނީ އޭނާ ބޭނުމީ ތައިމޫރް ކުރިކެޓް ކުޅުންތެރިއެއްގެ ގޮތުގައި ކުރިއަށްދާތަން ދެކެންކަމަށެވެ. އެހެންނަމަވެސް އޭނާ ބޭނުން ދާއިރާއެއް އިހްތިޔާރުކުރުމުގެ ފުރުސަތު އޭނާއަށް އޮންނާނެކަމަށް ވެސް ކަރީނާ ބުނެއެވެ.

ކަރީނާގެ ދަރިއަށް މުސްލިމު ނަމެއްކިޔާފާވާތީ ގިނަ ބަޔަކު އޭނާއަށް ފާޑުކިޔުންތައް އަމާޒުކުރިނަމަވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ކަރީނާ ދީފައެއް ނުވެއެވެ. އަދި ކުއްޖާއަށް އަޅާ ނުލާކަމަށް ވެސް ކަރީނާއަށް ބައެއް ފަރާތްތަކުން ތުހުމަތުކުރާއިރު އެކަމާ ގުޅިގެން ކަރީނާ ވަނީ އެފަރާތްކަށް ވަރުގަދަ ރައްދެއްވެސް ދީފައެވެ.
ގުޅުންހުރި
ކަރީނާ ކަޕޫރު ރޭޑިއޯ ޝޯއެއް ހުށަހަޅަނީ
14 ސެޕްޓެމްބަރ 2018
ދެވަނަ ދަރިއަކު ހޯދާނީ ކޮންއިރަކުކަން ކަރީނާ ހާމަކޮށްފި
12 ސެޕްޓެމްބަރ 2018
ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު ކަރީނާ އާއި ސޯހާ އިންޑިއާއަށް
9 ސެޕްޓެމްބަރ 2018
ކަރީނާއާއެކު ސޯހާ އާއި ކުނާލް ވެސް ރާއްޖޭގައި
4 ސެޕްޓެމްބަރ 2018
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]