Coalitionge Running Mateakah Rangalhee Kon Beyfulheh?
vfp.mv
VFPBAAZAARU
MIB
MIB
ކޯލިޝަންގެ ރަނިންމޭޓަކަށް ރަނގަޅީ ކޮންބޭފުޅެއް؟
inage
ރަނިންމޭޓު ކަމަށް ވާދަ ކުރައްވާފާނެ ކަމަށް ބެލެވޭ ބައެއް ބޭފުޅުން---
  ރިޕޯޓް | ސިޔާސީ | 3 ޖުލައި 2018 | 23 ކޮމެންޓް
ސަރުކާރުން ސިފަ ކުރި "ކޮކްޓެއިލް" ކޯލިޝަން ފަޅައިގެން ސަރުކާރުން ބުނި ގޮތާ ހިލާފަށް ނުދާނެކަން ސާބިތުކޮށްދީފިއެވެ. އިދިކޮޅުން ބުނި އެއް ކެންޑިޑޭޓު ދައްކައިފިއެވެ. އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވި ގޮތުގައި ދެން އޮތް އެންމެ ބޮޑު މަސައްކަތަކީ ކެމްޕޭން ބާރަށް ގެންދިއުމެވެ. ނަމަވެސް ކެމްޕޭނަށް ދިއުމުގެ ކުރިން އަދި ނިންމަން ޖެހޭ ކަމެއް އެބަ އޮތެވެ. އެއީ ރަނިން މޭޓު ކަނޑައެޅުމެވެ. muni
ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ މެދުގައި ވެފައިވާ އެއްބަސްވުމުން ރަނިން މޭޓު ކަނޑައެޅުންވަނީ ޖޭޕީއަށް ދީފައެވެ. ޖޭޕީގެ މެންބަރަކަސް އެހެން ޕާޓީއެއްގެ މެންބަރަކަސް އަދި މިނިވަން ބޭފުޅެއް ނަމަވެސް އެ ކަނޑައަޅާނީ ޖޭޕީންނެވެ. ކަންތައްތައް ގޮސްފައިވާ ހިސާބުން ކެންޑިޑޭޓަށް ވުރެ ރަނިން މޭޓުގެ ބަހުސް އޮތީ މާ ބޮޑު ކޮށެވެ. އެތައް ބޭފުޅުންނެއް އެކަމަށް ޝައުގުވެރިވެވަޑައިގަންނަވާ އިރު ސޯޝަލް މީޑިއާގައި އެކި ބޭފުޅުން ގެންދަވަނީ ކެމްޕޭން ވެސް ކުރައްވަމުންނެވެ.

ރިޔާސީ ޓިކެޓު ދޫކޮށްލައްވަން ރައީސް މުހައްމަދު ނަޝީދު ނިންމެވުމާއެކު އެމްޑީޕީން ވަނީ ރައީސް ނަޝީދުގެ ބަދަލުގައި ދެން ނުކުންނަވާނެ ކެންޑިޑޭޓަކު ދައްކާފައެވެ. ރަނިން މޭޓު ކަމަށް އެ ބޭފުޅުން އަދި ވިދާޅުވ ނުވި ނަމަވެސް ޖޭޕީގެ އިސް މަގާމުތަކުގައި ތިބި ގިނަ ބޭފުޅުންނެއްގެ ޝައުގުވެރިކަން އެބަހުއްޓެވެ.

ޑރ.ހުސައިން ރަޝީދު ހަސަން

ޑރ.ހުސައިނަކީ ޖުމްހޫރީ ޕާޓީއަށް އާ ބޭފުޅެއް ނޫނެވެ. ނައިބް ލީޑަރަކަށް އެންމެ ފަހުން ބޭއްވި ކޮންފަރެންސްގައި ވެސް އިންތިހާބުވެވަޑައިގެންފައިވާ އިރު މި ވަގުތު ޖޭޕީގެ ލީޑަރުގެ މަސްއޫލިއްޔަތު ވެސް އަދާ ކުރައްވަނީ ހުސައިނެވެ. ހުސައިނަކީ އިސްލާހީ މަސައްކަތަށް އަދި ސިޔާސީ މަސައްކަތަށް ވެސް އާ ބޭފުޅެއް ނޫނެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު އަދި ފަހުން ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ވެސް ޑރ.ހުސައިން ވަނީ ސިޔާސީ މަގާމު ފުރުއްވާފައެވެ.

ޑރ. އަބްދުﷲ މައުސޫމް

ޑރ.މައުސޫމަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ ފަހުން ކެލާ ދާއިރާގެ މެންބަރު ކަމާއި ޑީއާރުޕީގެ ނައިބް ލީޑަރުކަން ވެސް މައުސޫމް ވަނީ އަދާ ކުރައްވާފައެވެ. މައުސޫމް ޖޭޕީއާއި ގުޅިވަޑައިގެންނެވީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައެވެ. އޭގެފަހުން މައުސޫމް ވަނީ ޖޭޕީގެ ގައުމީ ހިންގާ ކޮމިޓީގެ މެންބަރުކަން ކުރައްވާފައެވެ. އެ މަގާމާއެކު ޑރ. މައުސޫމް ގެންދެވީ ގާސިމް އިބްރާހީމްގެ ވިލާއިން ހިންގަމުން ގެންދިޔަ ސަން އައިލެންޑްގެ ޖެނެރަލް މެނޭޖަރުކަން ވެސް ކުރައްވާފައެވެ. ފަތުރުވެރިކަމުގެ ދާއިރާއިން މަތީ ތައުލީމް ހާސިލު ކުރައްވައިގެން ހުންނެވި ޑރ. މައުސޫމްވަނީ ނިމިދިޔަ ކޮންފަރެންސްގައި ނައިބް ރައީސްގެ މަގާމަށް އައްޔަން ކޮށްފައެވެ.

އަލީ ހުސައިން

ކެންދޫ ދާއިރާގެ މެންބަރު އަދި ފުންނާބު އުސް ގާނޫނީ ވަކީލު އަލީ ހުސައިނަކީ ވެސް އެންމެން ދަންނަ އަދި މަގުބޫލު ބޭފުޅެކެވެ. 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް އިންތިހާބުވެވަޑައިގެންނެވުމުގެ މާ ކުރިން ވެސް އަލީ ހުސައިނަކީ ޝަރުއީ ދާއިރާ މިނިވަން ކުރުމަށާއި ހައްގުތައް ގެއްލިފައިވާ އެތައް ބަޔަކަށް ހައްގު ހޯއްދަވައިދެއްވުމުގައި އިސް ދައުރެއް އަދާ ކުރެއްވި ބޭފުޅެކެވެ. ޝަރުއީ ދާއިރާއަށް ފާޑު ކިއުމުގެ ސަބަބުން ދޭތެރެ ދޭތެރެއިން އަލީ ހުސައިން ސަސްޕެންޑު ކުރެއެވެ. މިވަގުތު ވެސް ހުންނެވީ ސަސްޕެންޝަނެއްގައެވެ. އަލީ ހުސައިން ފާހަގަ ކުރެވެނީ އަޒުމު ވަރުގަދަ، ސާބިތު ތެދުވެރި ބޭފުޅެއްގެ ގޮތުގައެވެ. ޒަމާނީ ޑިމޮކްރަސީއާއި ގާނޫނުތަކަށް ފަރިތަ ބޭފުޅެއްގެ ގޮތުގައެވެ.

އަބްދުﷲ ރިޔާޒު

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގާސިމް އިބްރާހީމައި ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ޝެއިހް އިމްރާން އަބްދުﷲ ފެއްޓެވި
އިސްލާހީ މަސައްކަތުގައި އަބްދުﷲ ރިޔާޒަކީ ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ފުލުހުންގެ ކޮމިޝަނަރުކަން ވެސް ކުރައްވާފައިވާ ރިޔާޒަކީ ވެސް ސިޔާސީ މަސްރަހަށް އާ ބޭފުޅެއް ނޫނެވެ. ތަޖުރިބާ ހުރި ތައުލީމީ ބޭފުޅެކެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ކުރެއްވިއެވެ. ސާބިތުކަމާއެކު ރިޔާޒުގެ ކުޅިބައި އަތުރާލަމުން ގެންދެވިއެވެ. ކުރައްވަމުން ގެންދެވި ސިޔާސީ މަސައްކަތުގެ ސަބަބުން ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް މިހާރު ވެސް ތަންފީޒު ކުރައްވަމުން ގެންދަވާ ރިޔާޒަކީ ޖޭޕީ އިދިކޮޅު ހަރަކާތްތަކުގައި ބައިވެރިވި ހިސާބުން އެ ހަރަކާތާއި ޖޭޕީގައި ވެސް އިސް ދައުރެއް އަދާ ކުރެއްވި ބޭފުޅެކެވެ.

އަހުމަދު ސަމީރު

ސަމީރަކީ ވެސް ސިޔާސީ ކަންކަމަށް އާ ބޭފުޅެއް ނޫނެވެ. ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ހއ.އަތޮޅުގެ މެންބަރުކަމާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެންބަރުކަމާއި، 17 ވަނަ މަޖިލީހުގައި ދިއްދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފައިވާ ސަމީރު ސިޔާސީ ހަޔާތް ފެއްޓެވީ އެމްޑީޕީންނެވެ. ޖުމްހޫރީ ޕާޓީގެ ސެކެރެޓަރީ ޖެނެރަލްގެ މަގާމުގައި މިހާރު ވެސް ހުންނެވި ސަމީރަކީ ޖޭޕީ ހިންގުމާއި ޖޭޕީގެ ސިޔާސަތުތައް ބައްޓަން ކުރުމުގެ އެއް މޭސްތިރިއެވެ.


އަބްދުﷲ އަމީން

އަމީން ސިޔާސީ ދާއިރާއަށް ނުކުންނެވީ ގައުމީ ޕާޓީންނެވެ. ގައުމީ ޕާޓީގެ ސެކެރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާފައިވާ އަމީން ވަނީ 2013 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭންގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައެވެ. އިންތިހާބަށްފަހު އަމީން ވަނީ ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރައްވާފައެވެ. ނިމިދިޔަ ޖޭޕީ ކޮންފަރެންސްގައި އަމީން ވަނީ ޖޭޕީގެ ނައިބް ލީދަރަކަށް އިންތިހާބުކޮށްފައެވެ.

ފައިސަލު ނަސީމް

ފައިސަލް ނަސީމަކީ ވެސް އިސްލާހީ ހަރަކާތުގައި އާ ބޭފުޅެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ ހާއްސަ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި ފައިސަލަކީ މިހާރު ވެސް މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރެވެ. ފައިސަލަކީ ޖުމްހޫރީ ޕާޓީއަށް ވަފާތްތެރި ބޭފުޅެކެވެ. ފައިސަލު ފައުންޑޭޝަން މެދުވެރިކޮށް ފައިސަލު ގެންދަނީ އިޖުތިމާއީ ގިނަ ހިދުމަތްތަކެއް ކުރައްވަމުންނެވެ.
ގުޅުންހުރި
އުމަރު ރަނިންމޭޓުކަން ދޭނީ ގަވަނޭންސްގެ ދާއިރާއިން ތަޖުރިބާ ހުރި މީހަކަށް
23 ޖުލައި 2018
އެ ދަތުރުކުރައްވަނީ ރައިސްތަ، ނޫނީ ޕީޕީއެމުގެ ރިޔާސީ ކެންޑިޑޭޓުތަ؟
23 ޖުލައި 2018
ކަރެކްޝަންގެ މުވައްޒަފުން ޖަލު ފޮށިތަކަށް ވޯޓްލުން މަޖުބޫރުކޮށްފި
22 ޖުލައި 2018
ވަޒީރުންނާއި ވެރިން ރީރެޖިސްޓްރީ ކުރުމުގައިއުޅޭތީ އިބޫ ކަންބޮޑުވުން ފާޅުކުރައްވައިފި
22 ޖުލައި 2018
ހިޔާލު

އަޑު
ބުނަން އޮތީ އަލީ ޙުސޭން، ނަމަވެސް އަސްލު ޖޭޕީ ގެ ކޮންމެ މީހަކުވެސް ރަނގަޅު ، މާކަ ބޮޑު ތަފާތެއް ނެތް، މަޤާމް ގެ ބޭނުމުގައި އިސްލާހޭ ކިޔާ ބަޔަކު ކަމަކު ނުދާނެ
ށުއާ
މިވަގުތަށް އެންމެ ރަނގަޅު ވާނީ ދީނީ ޢިލްމުވެރިޔެއް ނެގުން.
އުސާ
އަލީ ހުސައިން
ފައިނާ
އަޅުގަޑަށް އެންމެ ރަގަޅީ ދިއްދޫ ސަމީރު މެޑަމް އާއިޝާ ނުނަގަންޏާ. އިލްމީ ގޮތުންނާއި ތަޖްރިބާގެ ގޮތުން އެން މެ ގާބިލް ބޭފުޅާ އެއީ. ވަރަށް ގިނަ އިލްމީ ފާސްތައްވެސް އޮންނާނެ އެ މަނިކުފާނު އަތްޕުޅުގައި.
ޢަސްދު
ފައިސަލް ނަސީމް
ޞްފިޔާ
ޑރ. މައުސޫމް ރަނގަވާނެ
މޯޑު
އަޅުގަނޑަށް ހަމަ އެންމެ ކަމުދަނީ ސަރުކާރުގެ ތަޖުރިބާ ހުރި އިޙްލާސްތެރި ބޭފުޅެއް. ޢެގޮތުން ޑރ. މައުސޫމް އެއީ އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ކޯލިޝަންއަށް އެންމެފައިދާ ހުރި ކެންޑިޑޭޓް އަދި އެންމެ އިޙްލާސްތެރިވާނެ ކަމަށް ގަބޫލުކުރެވޭ ބޭފުޅާ
ޥަސް
ޢަލީ ހުސައިން
އަލީނާ
ގާފަރު ދާއިރާއެއް ނޯންނާނެ. ކާށިދޫ ދާއިރާގައި ގާފަރު އޮންނާނީީ. ފަަި ފައިސަލް ރަނގަޅު.އޭނާއަށް ރަނގަޅު މޮޅުގޮތްވުމަށް އަބަދުވެސް އެދެން.މީހުނަށް ހެޔޮފޯރުކޮށްދީފައި ފައިސަލް ހުންނަނީ ވަރަށް ނިކަމެތިހާލުގައި.ގާތްމީހެއްގެ ހައިސިއްޔަތުން އެނގޭ އެއްޗެއް ބުނެލީ.
Si
ޢަލީ ހުސެން..ފައިސަލް ނަސީމް
ޣފ
ފައިސަލް ނަސީމް
މަންމަ
ތީތާކުނެތް ރަގަޅު އެކަތިވެސް.
ޕިންޕޮން
ޢަލީ ހުސައިން ، އަލީ ހުސައިން އަކީ ރައްޔިތުންގެ ހައްޤުގައި ބޮޑަތި ރިސްކްތައް ނަގާ ރައްޔިތުންގެ ހައްޤުގައި ބޮޑަތި ގުރުބާނީތައް ވަމުންގެންދަވާ ހިއްތިރި ޒުވާނުންނާއި ގުޅޭ މިހާރުވެސް ރައްޔިތުން ތަމްސީލު ކުރަމުން ގެންދަވާ ރައްޔިތުންގެ އިތުބާރު ހޯއްދަވާފައިވާ ބޭފުޅެކެވެ. ރާއްޖޭ ޝަރުއީ ދާއިރާގައި ހުރި ގޮންޖެހުންތަކާއި ކެރިގެން ކުރިމަތިލައްވާ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް މަސައްކަތް ކުރަންވަމުން ގެންދަވާ ބޭފުޅެކެވެ. ރަށްރަށުގެ ތިމާވެއްޓާއި ގުދުރަތީ މާހައުލު ހިމާޔަތް ކުރަމަށް ގޮވާލާ ވަކާލާތު ކުރަމުން ގެންދަވާ ބޭފުޅެކެވެ. އަސްލު މީހާ ވަކިކުރަން އެނގޭނީ ރިސްކުނަގާ ކަންކަމާއި ކުރިމަތި ލާން ޖެހުނީމައެވެ. މީ އަހުރެންނަށް ފާހަނގަވާ ކަންތަކެވެ. އަހުރެންގެ ހިޔާލެވެ. ( އަހުރެންނަކީ ޖޭޕީ އުފެއްދުމަށް ފުރަތަމަ ފޯމްސެޓް ހިފައިގެން ނުކުތް ޓީމުގެ މެމްބަރުންގެ ތެރޭ އެކަކީމެވެ. ޖޭޕީގެ ފުރަތަމަ ކޮންގްރެސްގައި ބައިވެރިވި ކޮންގްރެސް މެމްބަރަކީމުއެވެ. މިއަދުވެސް ޖޭޕީގެ މެމްބަރަކީމުއެވެ. އެހެންވީމާ އަހުރެންނަށް ކޮންމެސްވަރަކަށް ޖޭޕީ އެނގޭނެއެވެ. އަހުރެން އެދެނީ ހެޔޮގޮތް ވުމެވެ. ކޮންމެ ބޭފުޅަކު ކުރިޔަސް ގޯހަށް ގޯހޭ ބުނުމެވެ.
އެޅަބެއްޔާ
އަލީ ހުސައިން ބަރާބަރު
ސަލްވާ
ތިތަނުން އަބިކަބުލޭގެ ނުޖެހީ ކީއްވެ
ވޯރކާރ
އަޅުގަނޑަށް ރަނގަޅީ ޢަލީ ޙުސައިން.
ހުސެން
ޑރ ހުސެން
ދކަލ
ޢަލީ ހުސައިންކީ އެމްޑީޕީ މީހެއް...
ދޮންމަނިކުބެ
ހުރިހާގޮތަކަށް ބެލިޔަސް ޑރ.މައުސޫމު. ސަރުކާރުގެ ތަޖުރިބާއާއި މަޖިލީހުގެ ތަޖުރިބާއާއި ޕްރައިވެޓް ސެކްޓަރގެ ތަޖްރިބާއާއި ހިންގުމުގެ ތަޖުރިބާއާއި، އެންމެމަތީ ތައުލީމާއި އަޚްލާޤިއްޔާތު...މިހުރިހާކަމަކަށްބަލާއިރު ޑރ. އަބްދުﷲ މައުސޫމް
ނިލަންދޫ
ހިޔަންޔަން މުޑިނުނަގައި މަޑުންތިބެ
އައްޑޫ ކޮއްޔާ
އަޅުގަނޑަށް ރަނގަޅީ ޢަލީ ޙުސައިން.
މުއީޒު
ދެން ކޮބާ މެޑަމް؟
ދޮންހަސަންބެ
ޑޮކްޓަރ އަބުދުﷲ މައުސޫމް އަކީ ހަމަ ގައިމުވެސް ގާސިމް އަށް އަދި ޖޭޕީ އަށް ވަފާތެރިވާނެ...

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]