Nurahkaatheri Launch Accident Eh Hingai Fathuruveriaku Maruvejje
vfp.mv
VFPBAAZAARU
MIB
MIB
ނުރައްކާތެރި ލޯންޗު އެކްސިޑެންޓެއް ހިނގައި ފަތުރުވެރިއަކު މަރުވެއްޖެ
inage
ލޯންޗެއް މާލެއިން ފުރަނީ--- ފޮޓޯ: ވީނިއުސް
  ހަބަރު | | 1 ޖުލައި 2018 | 3 ކޮމެންޓް
ބ. އަތޮޅު ފިނޮޅު ރިސޯޓުގެ ފަޅުތެރެއަށް ސްނޯކެލިންއަށް ގޮސްއުޅުނު ޗައިނާގެ ފަތުރުވެރިއަކު މަރުވެއްޖެއެވެ. kobadoctor
ވީއެފްޕީއަށް އެނގިފައިވާ ގޮތުގައި ރިސޯޓުގެ ފަޅު ތެރޭގައި ފީނަން އޮތް ދެމީހުންގެ ގައިގާ ޑިންގީއެއްގެ ބުރަފަތިން ޖެހި އެހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 10:00 ހާއިރެވެ.

ބ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ޗައިނާގެ ފިރިހެން ފަތުރުވެރިއާ މަރުވެފައިވާކަމަށް އެހޮސްޕިޓަލުން ބުނެއެވެ. އަދި އެހާދިސާގައި މަރުވި ފިރިހެން މީހާގެ އަންހެނުންނަށްވެސް އަނިޔާތަކެއް ލިބިފައިވާއިރު އޭނާގެ މޫނުމަތީގެ ތަންތަން ކަނޑައިގެން ގޮސްފައިވާކަމަށް އެހޮސްޕިޓަލުން ބުނެއެވެ.

އަންހެން މީހާއަށް އަންނަނީ އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލުން ފަރުވާދެމުންނެވެ.

އެހާދިސާއާ ގުޅޭގޮތުން ފުލުހުން ބުނީ، ސްނޯކެލިންއަށް ގޮސް އުޅުނު ޗައިނާގެ 27 އަހަރުގެ ފިރިހެން މީހާ މަރުވެފައިވާކަމަށާއި 24 އަހަރުގެ އަންހެން މީހާއަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށާއި އިތުރު ފަރުވާއަށް އެއަންހެން މީހާ މާލެ ގެނެއުޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު 11:30 ހާއިރުކަމަށް ފުލުހުން ބުނެއެވެ.
ގުޅުންހުރި
ތުއްތު ކުއްޖަކާއެކު ދެ މީހުން ސައިކަލުގައި، އެތައް ބައެއްގެ ފާޑުކިޔުން
15 ސެޕްޓެމްބަރ 2018
މިރޭ އެތައް އެކްސިޑެންޓެއް، ހުޅުމާލޭ ހޮސްޕިޓަލަށް ގިނަ ބަޔަކު ގެންގޮސްފި
11 ސެޕްޓެމްބަރ 2018
ބްރިޖަށް ދާންދިޔަ ވޭނެއް ފުރޮޅާލައި އެތައް ބަޔަކަށް އަނިޔާވެއްޖެ
11 ސެޕްޓެމްބަރ 2018
24 ގަޑިއިރުނުވަނީސް ބުރިޖުގައި ދެ އެކްސިޑެންޓު
8 ސެޕްޓެމްބަރ 2018
ހިޔާލު

ރިޒޯޓު މީހާ
ޗައިނާ މީހުން ގެ ހަމަ އާއްމު ކަމެއް ނެރު ތެރެޔާ އޮޑި ފަހަރު ދުއްވާ ތަންތަާ ސްނޯރކްލް ކުރުން.ވަރަށް ސަމާލު ވާންޖެހޭ ކަމެއް މި.
އަލިހުތާ
ސްނޯކްލިނ އަށް ނެރުމައްޗަށް ޗައިނާ މީހުން އެރުމަކީ އާންމު ކަމެއް.. ތި މީހުން ގެންނަ ފަރާތްތަކުން ޒިންމާ ނަގަން ޖެހޭނެ.
ބުރިޖު
ފަރުވާކުޑަކަމުން ވާ ކަންތައް. ކިހާދެރަ

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]