Chargeh Jahaafai Oi Phoneh Govai Meehaku Maruvejje
vfp.mv
VFPBAAZAARU
HM
HM
ޗާޖަށް ޖަހާފައި އޮތް ފޯނެއް ގޮވައި މީހަކު މަރުވެއްޖެ
inage
ފޯނެއް
  ޓެކްނޮލޮޖީ | އޭޝީއާ | 21 ޖޫން 2018 | 0 ކޮމެންޓް
ޗާޖަށް ޖަހާފައި އޮތް ސްމާޓް ފޯނެއް ގޮވައި މެލޭޝިޔާ މީހަކު މަރުވެއްޖެއެވެ. dhi2
މެލޭޝިޔާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި މެލޭޝިޔާގެ ކްރެޑަލް ފަންޑުގެ ސީއީއޯ ނަޒްރިން ހަސަންގެ ފޯނު ގޮވައި ހިނގި ހާދިސާގައި އޭނާ މަރުވެފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.

ހަސަން ހުއާވެއި ފޯނަކާއި ބްލެކް ބެރީ ފޯނެއް ގެންގުޅުނު ކަމަށް އާއިލާއިން ބުނެއެވެ. ފޯނު ގޮވުމުގެ ސަބަބުން އޭނާގެ ނިދަން އޮތް ގޮދަޑީގައި ރޯވެ އަނދާފައިވާ އިރު އޭނާ މަރުވީ ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ކަމެއް ނުވަތަ ފޯނު ގޮވި ވަގުތު އޭނާއަށް ލިބުނު އަނިޔާތަކުގެ ސަބަބުން ކަމެއް އަދި ސާފެއް ނުވެއެވެ.

ފޯނު ގޮވައި ހިނގި އަލިފާނުގެ ހާދިސާގައި އޭނާ ގެންގުޅުނު ދެ ފޯނު ވެސް ވަރަށް ބޮޑަށް އަނދާފައިވާތީ ގޮވާފައިވަނީ ކޮން ފޯނެއް ކަން ނޭނގޭ ކަމަށް މެލޭޝިޔާ ފުލުހުން ބުނެއެވެ.

މެލޭޝިޔާ ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. ނިދަން އޮށޯންނަމުން ފޯނު ޗާޖަށް ޖަހާފައި ބޭއްވުމަކީ ވަރަށް ގިނަ މީހުން އަމަލު ކުރާ ގޮތެކެވެ.
ގުޅުންހުރި
ކަފާލާތުގެ ދަށުން ނަޖީބު ދޫކޮށްލައިފި
4 ޖުލައި 2018
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބަށް ކޮރަޕްޝަންގެ ދައުވާ ކޮށްފި
4 ޖުލައި 2018
މެލޭޝިޔާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ހައްޔަރުކޮށްފި
3 ޖުލައި 2018
ހިޔާލު

ގުޅުންހުރި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]