Fithr EiD dhuvahaki anna hukuru dhuvas
vfp.mv
VFPBAAZAARU
HM
HM
ފިޠުރު ޢީދު ދުވަހަކީ އަންނަ ހުކުރު ދުވަސް
inage
ފިޠުރު ޢީދު ދުވަހަކީ އަންނަ ހުކުރު ދުވަސް
  ހަބަރު | | 13 ޖޫން 2018 | 2 ކޮމެންޓް
މި އަހަރުގެ ފިޠުރު ޢީދު ދުވަހަކީ އަންނަ ހުކުރު ދުވަސް ކަމަށް ކަނޑައަޅައި ފިއެވެ. muni
1439 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތުކުރުން މިރޭ ބޭއްވި ރަސްމިއްޔާތަށް ފަހު އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖެއަށް މިރޭ ޝައްވާލު މަހުގެ ހަނދު ފެނިފައި ނުވާތީއާއި އިތުބާރުހުރި ފަލަކީ އިލްމަށް ބުރަވާއިރުވެސް މިރޭ ހަނދު ފެންނާނެކަމަށް ނުބެލެވޭ ކަމުގައެވެ.

އެހެން ކަމުން މާދަމާ ބުރާސްފަތި ދުވަހަކީ މިއަހަރުގެ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި ޝައްވާލު އެއްވަނަ ދުވަސް ނުވަތަ މިއަހަރުގެ ފިޠުރު އީދު ދުވަހަކީ އަންނަ ހުކުރު ދުވަސް ކަމަށް ކަނޑައަޅާކަމަށްވެސް ހަނަދާއި ބެހޭ ބަޔާނުގައި ބުނެފައިވެއެވެ.

ފިތުރު އީދުގެ ނަމާދު ރާއްޖޭގެ ގިނަ ރަށްރަށުގައި ކުރުމަށް ހަމަޖެހިފައިވާއިރު މާލެސިޓީގައި މުޅި އެކު 24 މިސްކުތުގައި ފިޠުރު ޢީދު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާލޭގެ އަށާރަ މިސްކިތުގައި އީދު ނަމާދު ކުރަން ހަމަޖެހިފައިވާއިރު ވިލިގިލީގެ އީދު ނަމާފު ކުރުމަށް ހަމަޖެހިފައިވަނީ ދެ މިސްކިތެއްގައެވެ. އަދި ހުޅުލޭގެ އެއް މިސްކިތާއި ހުޅުމާލެ ތިން މިސްކިތުގައި އީދު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މާލޭގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް:
• މާފަންނު ސްޓޭޑިއަމް) ބޮޑުޖަމާޢަތް
• މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢްޡަމް (އިސްލާމީ މަރުކަޒު)
• މަސްޖިދުއްސުލްޠާނު މުޙައްމަދު ޢިމާދުއްދީން
• މަސްޖިދުއްސުލްޠާން މުޙައްމަދު ޝަމްޝުއްދީން
• މަސްޖިދުއްސުލްޠާނު މުޙައްމަދު ފަރީދުލްއައްވަލު
• މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން
• މަސްޖިދުއްނޫރު
• މަސްޖިދުއް ޝަޙީދު ޢަލީ
• މަސްޖިދު ޞަލާޙުއްދީން
• މަސްޖިދުއްޛިކްރާ
• މަސްޖިދުލްފުރުޤާން
• މަސްޖިދު އިސްކަންދަރު
• މަސްޖިދުއްޖަލާލުއްދީން
• މަސްޖިދު އިބްރާހީމް
• މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
• ޒިޔާރަތް މިސްކިތް
• މަސްޖިދު ޢަފީފުއްދީން
• ވަގުތީ މިސްކިތް ( ބޮޑުގެ )

ވިލިނގިލީގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް:
• ވިލިމާލެ ބޮޑުޖަމާޢަތް ( ވިލިގިލިބޯޅަދަނޑު)
• މަސްޖިދުއްސަލާމް

ހުޅުލޭގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތް:
• މަސްޖިދުއްސަބީލް

ހުޅުމާލެގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތް:
• ހުޅުމާލެ ބޮޑުޖަމާޢަތް ( ސެންޓްރަލް ޕާރކް)
• މަސްޖިދު ޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ
• ހުޅުމާލެ ވަގުތީ މިސްކިތް
ގުޅުންހުރި
ބޮޑު ޖަމާއަތުގައި ނަމާދު ކުރަން ހުއްދަ ހޯދަން އެންގުމުން ޒައިދު ފާޑު ވިދާޅުވެއްޖެ
6 އޯގަސްޓު 2018
ހުއްދަ ހޯދައިގެން ނޫނީ ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރަން އަންގައިފި
5 އޯގަސްޓު 2018
ޝައްވާލުމަހުގެ ހަނދު ސާބިތުކުރުން މިރޭ
13 ޖޫން 2018
މާލެ ސަރަހައްދުގެ ހަތަރު ތަނެއްގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރަނީ
12 ޖޫން 2018
ހިޔާލު

ގުޅުންހުރި
ގޭނގު ނޫން މީހާ
ޓެލެސްކޯޕުން ބަލާގެން ހަނދު ސާބިތުކޮށް ރީދަހިފާބައެއް
އަޙުމަދު
މާފަންނު ސްޓޭޑިއަމް އޭ ކިޔާ މިސްކިތެއް ހުންނަ ކަމެއް ނޭނގޭ. އެހެންކަމުން، އެ މިސްކިތުގައި ކުރެވޭ ޢީދު ނަމާދަށް ދާކަށް ވެސް ނޭނގޭ!

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]