Hukumaai gulhigen Raees nasheed ge campaign ifthithaah kurun faskoffi
vfp.mv
VFPBAAZAARU
HM
HM
ހުކުމާއި ގުޅިގެން ރައީސް ނަޝީދުގެ ކެމްޕެއިން އިފްތިތާހުކުރުން ފަސްކޮށްފި
inage
އަސްލަމް ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: ފައިލް ފޮޓޯ
  ހަބަރު | އިޖުތިމާއީ | 13 ޖޫން 2018 | 0 ކޮމެންޓް
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން "ޖަޒީރާ ރައީސް" ކެމްޕެއިން ރަސްމީކޮށް އިފްތިތާހު ކުރުމަށް މިރޭ ބޭއްވުމަށް ނިންމާފައިވާ ބޮޑު ޖަލްސާ ފަސްކޮށްފިއެވެ. dhi2
ރައީސް ނަޝީދުގެ ކެމްޕެއިން މެނޭޖަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ މިރޭ ބޭއްވުމަށް ނިންމާފައިވާ ޖަޒީރާ ރައީސް ކެމްޕެއިން ފަސްކުރުމަށް ނިންމީ އެގޮތަށް ރައީސް ނަޝީދު ނިންމެވުމުން ކަމުގައެވެ. އަދި ރައީސް ނަޝީދު އެނިންމެވުން ނިންމެވީ މިއަދު ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމާއި ގުޅިގެންކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ޖަޒީރާ ރައީސް ކެމްޕެއިން މިރޭ ލޯންޗު ކުރުމަށް މިންމާފައިވަނީ ކުލަގަދަކޮށް ކަމުގައެވެ. ނަމަވެސް ރާއްޖޭގެ ވެރިކަން ދިގު މުއްދަތަކަށް ކުރައްވާފައިވާ ރައީސް މައުމޫނަށާއި ފަނޑިޔާރުންނަށް މިއަދު ހުކުމް ކުރުމުން މިއަދަކީ ހިތާމަވެރި ދުވަހެއްކަމަށް އަސްލަމް ވިދާޅުވިއެވެ.

މިއަދަކީ ހިތާމަވެރި ދުވަހެއް ކަމަށްވުމުން ރައީސް ނަޝީދުގެ ކެމްޕެއިން ލޯންޗުކުރުން މިހާރު ފަސްކޮށްފައިވަނީ މާދަމާ ރެއަށް ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ކެމްޕެއިން ލޯންޗުކުރުމަށް މާދަމާރޭ ރާއްޖޭގެ ބޮޑު ހަތް ރަށެއްގައި އެއްފަހަރާ ޖަލްސާތައް ކުރިއަށް ގެންދާނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

ފުލުހުންގެ ތަހުގީގަށް ފޯނު ދީފައި ނުވާކަމަށްބުނެ ދައުލަތުންކުރި އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ މިއަދު އެވެ.
ގުޅުންހުރި
ދައުލަތުގެ މީޑިއާގެ ނަތީޖާ ތަފާތުވާނެ ކަމަށް ދެކެވޭ ވާހަކައަށް ކަންބޮޑުވޭ: މާރިޔާ
20 ސެޕްޓެމްބަރ 2018
ރައީސް ޔާމީން ހުށަހެޅުއްވި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
18 ސެޕްޓެމްބަރ 2018
އިދިކޮޅު ވިސްނުމުގެ މީހުން ވަޒީފާތަކުން ވަކިނުކުރެވޭނެ: އިބްރާ
17 ސެޕްޓެމްބަރ 2018
ވޯޓަށް ހަދާ މަކަރު ފޭސް ރެކޮގްނިޒިޝަން ޓެކްނޮލޮޖީން ދެނެގަނެވޭނެ: އުގައިލް
17 ސެޕްޓެމްބަރ 2018
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]