Sihru Hekibas Naganee Qaanoonaai Qavaaidhaa Eh Gothah: Fuluhun
vfp.mv
VFPBAAZAARU
MIB
MIB
ސިއްރު ހެކިބަސް ނަގަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް: ފުލުހުން
inage
ފުލުހުންގެ ތަރުޖަމާނު ޝިފާން---
  ހަބަރު | ސިޔާސީ | 13 ޖޫން 2018 | 6 ކޮމެންޓް
ތަހުގީގުތަކަށް ހެކިބަސް ނަގައި، ދައުވާ ކުރުމަށް ސިއްރު ހެކި ހުށަހަޅަނީ ގާނޫނާއި ގަވާޢިދާ އެއްގޮތަށް ކަމަށް ފުލުހުން ބުނެފިއެވެ. Dhiraagu
ފުލުހުންގެ ބަޔާނެއް އިއްވުމަށް އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ދައުވާ ކުރުމަށް ސިއްރު ހެކި ހުށަހަޅަނީ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާޢި މިންގަނޑުތަކުގެ ތެރެއިން ކަމަށެވެ.

ނޫސްވެރިންނަށް ސުވާލުކުރުމުގެ ފުރުސަތުވެސް ނުދީ ބޭއްވި އެ ބައްދަލުވުމުގައި ޝިފާން ވިދާލުވީ ޖިނާއީ ތަހުގީގުތައް ކުރުމުގައި އެކަންކަމުގެ އޮނިގަނޑު ގެންގުޅޭނެ މިންތަކެއް ސާފުކޮށް ކަނޑައެޅިފައިވާ ކަމަށެވެ.

ސިއްރު ހެކިބަސް ނެގުމަކީ ރާއްޖޭގައި އަލަށް ކުރާ ކަމެއް ނޫން ކަމަށް ވިދާޅުވެ ޝިފާން ވިދާޅުވީ ހެކިބަސް ދޭ ފަރާތްތަކަށް ރައްކާތެރިކަމާއި ސަލާމަތްތެރިކަން ދިނުމަކީ ފުލުހުންގެ ހައިސިއްޔަތުން ފުލުހުން ކުރަންޖެހޭ ކަމެއް ކަމަށް ފުލުހުން ގަބޫލުކުރާކަމަށެވެ.

ސިއްރު ހެކިބަސް ނަގަނީ ގާނޫނާއި އެއްގޮތަށް ކަމަށް ފުލުހުން ބުނެފައި މިވަނީ، ސިއްރު ހެނި ނަގަނީ ގާނޫނާ އެއްގޮތަށް ނޫން ކަމަށާއި ސިއްރު ހެކީގެ ހެކިބަސް ނުނެގޭނެ ކަމަށް ބައެއް ގާނޫނީ ވަކީލުން ވިދާޅުވަމުން ދަނިކޮށެވެ.
ގުޅުންހުރި
ޕެރަޑައިސްއަށް ދިޔަ ދޯންޏެއްގައި ހުރި ބަނގުރާތަކެއް އަތުލައިގެންފި
13 ގަޑިއިރު ކުރިން
ބަންދުގައި ބައިތިއްބައިގެން ކޯޓަށް ހާޒިރު ކުރުމަށް 4 މީހަކު ހޯދަނީ
24 ޖޫން 2018
ކަނޑުމަތިން ފެނުނު ތިން މީހުންނަކީ ސޯމާލިއާ ބައެއްކަމަށް ލަފާކުރެވޭ: ފުލުހުން
24 ޖޫން 2018
ބިރުދެއްކުމާއި ހަރަކާތްތަކަށް ހުރަސްއެޅުން ހުއްޓާލުމަށް އެމްޑީޕީން ގޮވާލައިފި
22 ޖޫން 2018
ހިޔާލު

މުހައްމަދު
އަމިއްލަގަޔަށް ވަޅިހެރެމުންދާއިރު ނޭގޭ މޮޔަބަޔަކު ލައްވާ ގާނޫނުއަސާސީ ޚިލާފަށް ގާނޫނާއި ގަވާއިދު ހަދައިގެން ހުކުމް އިއްވުމަކުން ގާނޫނާއި ގަވާއިދާއި އެއްގޮތަށް ކަންކަމަކަށް ނުވާނެ. ދިވެހިރާއްޖެ އަކީ އިސްލާމީ ގައުމެއް ކަމަށް ރައްޔިތުންވަނީ ގާނޫނު އަސާސީގައި ކަޑައަޅާފައި.
ހަބޭސް222
ތިހެންަ އެހެންބަޔަކު ބުނިނަމަ ވަރަށްސަޅިވީސް، އަމިއްލަޔަށް ކަންތައް ތައް ކުރަނީ އެންމެ ރަނގަޅަށޭ ބުނުމުން ތީތި ވަރަށް ކަޑަ!
އަލިމަސް
ސުވާލަކަށް ޖަވާބުދިނުމުގެ ގާބިލްކަން ނެތް އިދާރާއެއް.
ްޯްއޮއްއޯ
ޤާނޫނު ގައި ނެތްކަމެއްްް ޤާނޫނާއި ޤަވައިދާ އެއްގޮތަށް ކުރާނެގޮތެއް ބުނެދީބަލަ
ޚާލިދު
ސިއްރުން ހެކިބަސް ނަގާ ހެކިބަސް ދިނުމަކީ އިސްލާމް ދިނާ ޚިލާފް ކަމެއް ކަން ނޭގުނީތީ ހިތާމަކުރަން.
މަލަކުރި
ވެރިކަން ކުރަން ދަނެގެން ތިބެ ވެރިކަން ކުރާ ނިޒާމެއްގައި ތަޙްޤީޤު ޓީމްތަކުން ކަން ނުކާނެ ގާނޫނާއި ގަވާޢިދު ތަކާއި ޚިލާފަކަށް

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]