Voters Listaa Gulhey Gothun Hushahelhunee Emme Shakuvaa eh: EC
vfp.mv
VFPBAAZAARU
MIB
MIB
ވޯޓާސް ލިސްޓާ ގުޅޭ ގޮތުން ހުށަހެޅުނީ އެންމެ ޝަކުވާއެއް: އީސީ
inage
ރިޔާސީ އިންތިހާބުގެ ތާރީހް މާދަމާ ކަނޑައަޅަނީ
  ހަބަރު | | 13 ޖޫން 2018 | 0 ކޮމެންޓް
މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ވޯޓާސް ލިސްޓު އާންމުކޮށްފައިވާއިރު، އެ ލިސްޓާ ގުޅޭ ގޮތުން މިހާތަނަށް ހުށަހަޅާފައިވަނީ އެންމެ ޝަކުވާއެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. muni
އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވި ގޮތުގައި ލިސްޓާ ގުޅޭ ގޮތުން މިހާތަނަށް ހުށަހަޅާފައިވަނީ މަރުވެފައިވާ މީހެއްގެ ނަން ލިސްޓުގައި އޮވެގެން ހުށަހެޅިފައިވާ ޝަކުވާއެކެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ވޯޓާސް ލިސްޓު އާންމުކޮށް، ލިސްޓުގައި މައްސަލައެއް އުޅޭނަމަ އެކަން ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެދިފައެވެ.

ރިޔާސީ އިންތިހާބު 2018 ގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާއްމުކޮށް ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓްގައި އަދި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި މިހާރު ވަނީ އާންމުކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓާސް ލިސްޓްގައި ނަތް އޮތްތޯ ބެލުމަށް (VR Space IDNO Send to 1414) އެސް.އެމް.އެސް ކޮށްގެން ޗެކްކުރެވޭނެ ކަމުގައެވެ.

ލިސްޓަށް ޝަކުވާ ހުށަހަޅާނީ މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 10:15 އިން މެންދުރުފަހު 01:30 އަށް ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނެވެ.

މާލޭގައިނަމަ، އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ) އިންނެވެ. އަދި ޝަކުވާ ފޯމް ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
ގުޅުންހުރި
ބޭރުގެ ރަށްވެހިކަން އޮންނަ މީހުންނަށް ވާދަ ކުރެވޭނީ އެކަން ދޫކޮށްލާތާ 10 އަހަރުފަހުން
7 ގަޑިއިރު ކުރިން
މި ވޯޓަކީ ކޯޓެއްގެ ހުކުމަކުން ނިންމާ ވޯޓަކަށް ވެގެން ނުވާނެ: ރައީސް ޔާމީން
24 ޖޫން 2018
އުމަރުގެ ސަރުކާރެއްގައި ކުދި ވިޔަފާރިތަކަށް ހާއްސަ ސަމާލުކަމެއް
24 ޖޫން 2018
"ޖޭޕީއަކީ ކަންކަން ބޭނުންވީމަ އަރާ ހަރުގަނޑެއް ނޫން، ހައްގު މިންވަރުދީ"
23 ޖޫން 2018
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]