Eh Candidate Nerumaa Behey Gothun Idhikolhu PGgai Mashvaraa Koffi
vfp.mv
VFPBAAZAARU
HM
HM
އެއް ކެންޑިޑޭޓު ނެރުމާ ބެހޭ ގޮތުން އިދިކޮޅު ޕީޖީގައި މަޝްވަރާކޮށްފި
inage
އިދިކޮޅު ޕީޖީން ރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން---
  ހަބަރު | ސިޔާސީ | 13 ޖޫން 2018 | 0 ކޮމެންޓް
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު ފަރާތްތައް ގުޅިގެން އެއް ކެންޑިޑޭތަކު ނެރުމާ ބެހޭ ގޮތުން ގުޅިފައިވާ ޕާޓީތަކުގެ ޕާލިމެންޓްރީ ގުރޫޕުގައި މަޝްވަރާކޮށްފިއެވެ. muni
ކުނޫޒުގައި ބޭއްވި އެ ބައްދަލުވުމުގައި ސްކައިޕް މެދުވެރިކޮށް ޖޭޕީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމާއި ގޭބަންދުގައި މިހާރު ހުންނެވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ބައްދަލުވުމުގައި ބައިވެރިވި މެންބަރަކު ވީއެފްޕީއަށް ވިދާޅުވި ގޮތުގައި ރޭގެ ބައްދަލުވުމުގައި އެއް ކެންޑިޑޭތަކު ނެރުމަށް އިދިކޮޅު ފަރާތްތަކުން މިހާރު ކުރަމުންދާ މަސައްކަތްތައް އެންމެފަހުން ކުރިއަށް ގޮސްފައިވާ ހިސާބު ރޭ މެންބަރުންނާ ހިއްސާ ކުރިއެވެ.
މަހުލޫފާއި ގާސިމް ސްކައިޕް މެދުވެރިކޮާށް ބައިވެރިވަނީ---
"މެންބަރުން ތިބީ އެއް ކެންޑިޑޭޓަކާއިގެން ކުރިއަށް ދިއުމަށް. ގާސިމް ވެސް ވިދާޅުވި އެއް ެކންޑިޑޭޓޭ ނެރޭނީ ހިތްވަރު ދޫކޮށް ނުލާ މަސައްކަތް ކުރުމަށް،" އެ މެންބަރު ވިދާޅުވިއެވެ.

ވީއެފްޕީއާއި ވާހަކަ ދެއްކި މެންބަރު ވިދާޅުވި ގޮތުގައި އެއް ކެންޑިޑޭޓު ނެރުމަށް ކުރަމުންދާ މަސައްކަތްތައް ރޯދަ މަސް ނިމުމުން ކުރިއަށް ވުރެ ބާރަށް ހިނގައި ގަންނާނެއެވެ.

ރިޔާސީ އިންތިހާބު ސެޕްޓެމްބަރު މަހު 23 ގައި ބާއްވަން އިއުލާންކޮށްފައިވާ އިރު އިދިކޮޅު ފަރާތްތަކަށް އަދި ކެންޑިޑޭޓަކާ މެދު ގޮތް ނިންމިފައެއް ނުވެއެވެ.
ގުޅުންހުރި
ޑރ. އިޔާޒްގެ އާދޭސް: އިލިޔާސްގެ ސަލާމަތައް އެދޭނަމަ އިބޫ އަށް ވޯޓް ދެއްވާ!
59 މިނެޓު ކުރިން
ބައެއް ރަށްރަށުގައި މިހާރުވެސް ވޯޓުލާން ކިއު ހަދައިފި
2 ގަޑިއިރު ކުރިން
އިދިކޮޅަށް 32 ޕަސެންޓްވެސް ނުލިބޭ: ނިހާން
17 ގަޑިއިރު ކުރިން
ކުރީގެ ޕީޖީ މުހްތާޒްގެ އިލްތިމާސް: އިބޫއަށް ވޯޓް ދެއްވާ
18 ގަޑިއިރު ކުރިން
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]