L.Atoll Baeh Rahrashah Lolhumehge Ihusaas Kurevijje
vfp.mv
VFPBAAZAARU
HM
HM
ލ.އަތޮޅުގެ ބައެއް ރަށްރަށަށް ވެސް ލޮޅުމެއްގެ އިހުސާސް ކުރެވިއްޖެ
inage
ލ.ގަން---
  ހަބަރު | އިޖުތިމާއީ | 13 ޖޫން 2018 | 2 ކޮމެންޓް
ލ.އަތޮޅުގެ ބައެއް ރަށްރަށުގެ ބިންގަނޑަށް މިއަދު ލޮޅުމެއް އަތުވެއްޖެއެވެ. Dhiraagu
މެޓު އޮފީހުން ބުނީ ލ.އަތޮޅުގެ ބައެއް ރަށްރަށަށް ލޮޅުމެއްގެ އިހުސާސް ކުރެވިގެން އެކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި ކިހިނެއް ވެގެން ކުރެވުނު އިހުސާސެއްތޯ ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މެޓު އޮފީހުން ބުނި ގޮތުގައި ލޮޅުމުގެ އިހުސާސް ލ.އަތޮޅުގެ ބައެއް ރަށްރަށަށް ކުރެވިފައިވަނީ މެންދުރު 11:32 ހާއިރުއެވެ.

މެޓު އޮފީހުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެފަދަ ލޮޅުމެއް ލ.އަތޮޅަށް އިހުސާސް ކުރެވުނު ނަމަވެސް އެއީ ބާރުގަދަ ބިން ހެލުމެއްގެ ލޮޅުމެއް ކަމަށް ނުބެލެވެއެވެ. އޮފިޝަލު ވިދާޅުވީ އަތޮޅު ތެރޭގައި ކުރަމުންދާ މަސައްކަތެއްގެ ސަބަބުން ވެސް އެފަދަ ލޮޅުމެއް އިހުސާސް ކުރެވިދާނެއެވެ.

ޅ.އަތޮޅުގެ ބައެއް ރަށްރަށަށް މިދިޔަ މެއި މަހުގެ 22 ވަނަ ދުވަހު ލޮޅުމެއްގެ އިހުސާސް ކުރެވިފައިވެއެވެ.

މެޓް އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ޅ.އަތޮޅުގެ ބައެއް ރަށްރަށަށް ލޮޅުމެއްގެ އިހުސާސް ކުރެވިގެން ކޮށްފައިވާ ރިޕޯޓަކީ ސައްހަ ރިޕޯޓެއް ކަމަށެވެ. ޅ.އަތޮޅުގެ ބައެއް ރަށްރަށަށް ލޮޅުމެއްގެ އިހުސާސް ކުރެވުނު ނަމަވެސް އެ ލޮޅުން އިހުސާސް ކުރެވުނު ސަބަބު ދެނެގަނެވިފައި ނުވާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
ގުޅުންހުރި
ލާމް ލިންކު ރޯޑް ރައީސް ޔާމީން ހުޅުއްވައި ދެއްވައިފި
8 ސެޕްޓެމްބަރ 2018
މާމެންދޫގައި ގާއިމުކޮށްފައިވާ ނަރުދަމާގެ ނިޒާމު ފަށްޓަވައިދެއްވައިފި
8 ސެޕްޓެމްބަރ 2018
ލ. ހިތަދޫ ބަނދަރު ރައީސް ޔާމީން ހުޅުއްވައިދެއްވައިފި
8 ސެޕްޓެމްބަރ 2018
ރައީސް ޔާމީން ލ. އަތޮޅަށް ފުރާވަޑައިގެންފި
8 ސެޕްޓެމްބަރ 2018
ހިޔާލު

ފިހުނުމަސް
ކޮބާ އަދުރޭގެމަގު ހަލާކުނުވޭތަ ؟
ޢަލީ
ފޮޓޯ އިން އެ ފެންނަނީ އިސްދޫ ކަލައިދޫ ބޮޑު މަގު

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]