Faidhaa Ithuru Kuran 3000 ah Vureh Gina Muvahzafun Vakikuranee
vfp.mv
VFPBAAZAARU
HM
HM
ފައިދާ އިތުރު ކުރަން 3000 އަށްވުރެ ގިނަ މުވައްޒަފުން ވަކި ކުރަނީ
inage
ޓެސްލާގެ ކާރެއް
  ވިޔަފާރި | ކުންފުނި | 13 ޖޫން 2018 | 0 ކޮމެންޓް
ފައިދާ އިތުރު ކުރުމުގެ ގޮތުން 3000 އަށްވުރެ ގިނަ މުވައްޒަފުން ވަޒީފާ އިން ވަކިކުރަން ޓެސްލާ ކުންފުނިން ނިންމައިފިއެވެ. kobadoctor
ކާރު އުފައްދާ ކުންފުނި، ޓެސްލާއިން ހާމަ ކުރި ގޮތުގައި ގިނަ އަދަދެއްގެ މުވައްޒަފުން ވަކި ކުރަނީ ކުންފުނީގެ ހިންގުމުގެ ހަރަދު ކުޑަކޮށް ފައިދާ އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ.

މިދިޔަ އަހަރު ނިމުނު އިރު ޓެސްލާގައި 37،000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުން ދިޔައެވެ. 3،000 އަށްވުރެ ގިނަ މުވައްޒަފުން ވަކިކުރާއިރު އޭގެ ތެރޭގައި ގިނައިން ހިމެނޭނީ އެންމެ ގިނައިން މުސާރަ ލިބޭ މީހުން ކަމަށް ޓެސްލާއިން ބުނެއެވެ.

ޓެސްލާގެ ފައުންޑަރެއް ކަމުގައިވާ މަސްކް ވިދާޅުވީ ފާއިތުވި 15 ވަރަކަށް އަހަރުގެ ތެރޭގައި ކުންފުންޏަށް އަހަރީ ފައިދާ ވެފައި ނުވާ ކަމަށެވެ. ނަމަވެސް މުވައްޒަފުންތަކެއް ވަކި ކުރުމަކީ "އުނދަގޫ ނިންމުމެއް" ކަމަށް ޓެސްލާގެ ފައުންޑަރު މަސްކް ވިދާޅުވިއެވެ.
ގުޅުންހުރި
އިތުރު ދާއިރާއެއްގައި ބިދޭސީންނަށް ހަރަކާތްތެރި ނުވެވޭ ގޮތް ހަދައިފި
12 ޖޫން 2018
ރޯދަ މަހުގެ އިނާޔަތް ނުދޭކަން ވަނީ ފާހަގަ ކުރެވިފަ: އެލްއާރުއޭ
3 މެއި 2018
މެޑިސިން ސްކޫލަށް ޑީންއަކު ހޯދަނީ
17 އޭޕްރީލް 2018
ހިޔާލު

ގުޅުންހުރި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]