Eid ah Mudhaa Barukohgen Dhathurukuri Dhoanyeh Farah Araifi
vfp.mv
VFPBAAZAARU
HM
HM
އީދަށް މުދާ ބަރުކޮށްގެން ދަތުރުކުރި ދޯންޏެއް ފަރަށް އަރައިފި
inage
ފަރަށް އެރި ދޯނި--- ފޮޓޯ: އެމްއެންޑީއެފް
  ހަބަރު | | 13 ޖޫން 2018 | 0 ކޮމެންޓް
މާލެއިން ފުރައިގެން ދ. މީދޫއަށް ދަތުރުކުރި "ގެލެކްސީ" ނަމަކަށް ކިޔާ ކަންނެލި މަސްވެރިކަން ކުރާ ދޯންޏެއް ފަރަށް އަރައިފިއެވެ. muni
އެމްއެންޑީއެފް އިން ބުނީ، އީދަށް މުދާ ބަރުކޮށްގެން ދަތުރުކުރި އެދޯނި ފަރަށް އަރާފައިވަނީ މާލެ އަތޮޅު އިތާފުށީގެ އިރުދެކުނުން 1.5 ނޯޓިކަލް މޭލު ބޭރުގައި އޮންނަ ފަރަކަށް ކަމަށެވެ. ރޭ ފަތިހު 4:15 ހާއިރު ދޯނި ފަރަށް އެރި މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުމާއެކު އެސަރައްދުގައި މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗެއް ޑައިވަރުންނާއެކު ހަރަކާތްތެރިވާން ފަށާފައިވާކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ.

އެމްއެންޑީއެފް އިން އިތުރަށް ބުނީ، ދޯނި ފަރަށް އެރުމާއި ގުޅިގެން ދޯނީގެ ހަލްގަނޑަށް ގެއްލުން ލިބި ދޯނި ދިޔަވަމުންދާތީ ދޯނީގެ މުދާތައް އެހެން ދޯންޏަކަށް ހުސްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. އަދި ދޯނި ފުންކުރުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތާއި ގުޅިގެން އެމްއެންޑީއެފް އިން މިހާރު ކުރަމުން އަންނަކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ.

ދޯނި ފަރަށް އެރިއިރު ދޯނީގައި ޖުމްލަ ހަ މީހުން ތިބިކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ. އެގޮތުން އޭގައި 2 ދިވެހިންނާއި 4 ބިދޭސީން ތިބިއިރު އެއިން އެއްވެސް މީހަކަށް ހާދިސާގައި އަނިޔާއެއް ލިބިފައިނުވާކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ.
ގުޅުންހުރި
ނިޔާމަ ރިސޯޓުގައި އަލިިފާން ރޯވެއްޖެ
12 ގަޑިއިރު ކުރިން
ފީނަން ފޭބި މީހަކު ޑީކޯ ވެގެން ތިނަދޫ ހޮސްޕިޓަލަށް ގެންގޮސްފި
24 ޖޫން 2018
މަސައްކަތްތެރިކަން ދައްކުވައިދޭ މުބާރާތެއް އެމްއެންޑީއެފުން ފަށައިފި
23 ޖޫން 2018
ކަނޑުމަތިން ފެނުނު އުޅަނދުގައި ތިން މީހުން ތިބި: އެމްއެންޑީއެފް
22 ޖޫން 2018
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]