121 Million Dollar Haradhukohgen Bridge eh Alhanee
vfp.mv
VFPBAAZAARU
MIB
MIB
121 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ބްރިޖެއް އަޅަނީ
inage
ދުބާއީގައި ގާއިމުކުރާ ބުރިޖުގެ ކުރެހުމެއް
  ވިޔަފާރި | ދުނިޔެ | 12 ޖޫން 2018 | 5 ކޮމެންޓް
ދުބާއީގައި ތަރައްގީ ކުރާ ޑީރިއަ އައިލެންޑްސް އާ ގުޅުވާލާ ބުރިޖު ގާއިމު ކުރަން 447 މިލިއަން ޔޫއޭއީ ދިރްހަމް (ގާތްގަނޑަކަށް 121 މިލިއަން އެމެރިކާ ޑޮލަރަށް) ބަޔަކާ ހަވާލުކޮށްފިއެވެ. Dhiraagu
ދިގުމިނުގައި 600 މީޓަރު ހުންނަ މި ބުރިޖަކީ 12 ލޭން ހިމެނޭ ބްރިޖެކެވެ. ބްރިޖްގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވާޑެ އެޑަމްސް ކޮންސްޓްރަކްޝަންއާއެވެ. ބްރިޖުގެ މަސައްކަތް 2020 ވަނަ އަހަރުގެ ޖޫން މަހަށް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

ދުބާއީގެ ޑީރިއަ އައިލެންޑްސް ތަރައްގީ ކުރުމަށް 8.5 ބިލިއަން ޔޫއޭއީ ދިރްހަމް (ގާތްގަނޑަކަށް 2.5 ބިލިއަން އެމެރިކާ ޑޮލަރު) ހަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ދުބާއީގައި 13 ކިލޯމީޓަރު ދިގު ބްރިޖެއް އެޅުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. 107 މިލިއަން ޑޮލަރު ހަރަދު ކޮށްގެން އަޅާ އެ ބްރިޖަކީ ޝިންދަގާ ކޮރިޑޯ މަޝްރޫއުގެ ބައެކެވެ. ޝިންދަގާ ކޮރިޑޯ މަޝްރޫއަކީ 13 ބިލިއަން ޑޮލަރު ހަރަދު ކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
ގުޅުންހުރި
10 މަހަށް ފަހު ރޫބީ މިނިވަން ކުރަނީ
19 މެއި 2018
މަސްތުވާ ތަކެއްޗާއި އެކު ދުބާއީގައި ދިވެއްސަކު ހައްޔަރުކޮށްފި
18 އޭޕްރީލް 2018
ސްރީދޭވީގެ މަރުގެ ތަހުގީގު ފުލުހުން ނިންމާލައިފި
28 ފެބްރުއަރީ 2018
ހިޔާލު

މަްންތާ
އަލަށް ބުރިޖެއް ދިވެހިންނަށް މި ފެންނަނީ އެހެންވީމާ ނޭންގޭނެ ވ ގަމާރު ވާނެ
ބިޓު
މާލެ ބުރިޖގެ ހާލު ވަރައް ސާފު ވެއްޖެ.
އަހުމަދު
ސުރުހީން ހީކުރެވުނީ ރާއްޖެތެރޭގެ އަތޮޅެއްގެ ހުރިހާރަށެއް ގުޅާލުމަށް ބްރިޖެއް އަޅަނީކަމަށް.
މިހާރުގެ ބިޔަ ބްރިޖް ނިމޭއިރު އަލުން ދިވެހި ރާއްޖެތެރޭމިކިޔަ މީހުންވެސް ގުޅާލެވެނީކަށް...
ވެލިގާ
13 ކިލޯ މީޓަރު ފާލަމުގެ އަގު 107 މިލިޔަން ޑޮލަރު 2542 ފޫޓް ފާލަން 350 މިލިޔަން ޑޮލަރު ފާލަމައި ފެނުން ހަކަތަ އުފައްދާ ތަންތަން ހަދާ ދުނިޔޭގެ 2 ވަނަ އެންމެ ބޮޑު ކުންފުނި ހަދާ އަގާއި ބަޔަކު ދުވަހަކު އަޑުވެސް ނައަހާ ބަޔަކުގެ އަގުގެ ތަފާތު ދިވެހިން ވެސް ވިސްނާލުމަށް ދޫ ކޮށްލާނަން
ޙުސެންމަނިކު
މިތާ 300 މިލިއަނަށް މި އަޅަނީ ފާލަންގަޑެއް

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]