Miee Football Kulhuntherinnah Maa Kamudhaa Sayeh!?
vfp.mv
VFPBAAZAARU
MIB
MIB
މިއީ ފުޓްބޯޅަ ކުޅުންތެރިންނަށް މާ ކަމުދާ ސައެއް!؟
inage
އާޖެންޓީނާގެ ހިގުއައިން މާޓޭ ބޮނީ ފޮޓޯ:---
  ކުޅިވަރު | ދުނިޔެ | 12 ޖޫން 2018 | 1 ކޮމެންޓް
ކުރިއަށް އޮތް ވޯލްޑް ކަޕަށް ތައްޔާރުވަމުން އަންނަ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިންގެ މެދުގައި "މާޓޭ" ނަކަމަށް ކިޔާ ބުއިމެއް ވަރަށް ބޮޑަށް މަގުބޫލު ވެއްޖެ އެވެ. Dhiraagu
މާޓޭގެ ނަމުން ނަން ދެވިފައިވާ މި ބުއިމަކީ ސައުތް އެމެރިކާގެ ހާބަލް ސަޔެކެވެ. ގިނަ އަދަދަކަށް ކެފެއިން އެކުލެވޭ މި ސައި ބުއިމަށް ވަނީ ވަކި ހާއްސަ ތައްޓަކާ ހޮޅިއެއް ވެސް ތައްޔާރުކޮށްފައެވެ.

Feliz cumpleaños Bro ! Te amo 😊. @punchiig

A post shared by Sergio Leonel Agüero (@10aguerosergiokun) on



އިނގިރޭސި ކުޅުންތެރިންގެ މެދުގައި މާޓޭ ވަރަށް ބޮޑަށް މަގުބޫލުވެފައވިާއިރު އެޓީމުގެ ކުޅުންތެރިޔާ، އެރިކް ޑަޔާ ބުނާ ގޮތުގައި އޭނާ ވަނީ މިހާރު އެ ބުއިމަށް ދެވިހިފާފައެވެ. އޭނާ ބުނީ ޓޮޓެންހަމްގައި އުޅުނުއިރު ވެސް އޭނާ އެބުއިން ބޯކަމަށާއި އޭނާއަށް މާޓޭ ސައި ތައާރަފް ކޮށްދިނީ ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އެވެ.



އިނގިރޭސި ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންގެ އިތުރުން އާޖެންޓީނާގެ ކުޅުންތެރިންގެ މެދުގައި ވެސް މަގުބޫލު މި ބުއިން ބޯ ކުޅުންތެރިންގެ ލިސްޓުގައި ބާސެލޯނާއަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް ލުއިޒް ސުއަރޭޒާއި ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ނޭމާ ވެސް ހިމެނެއެވެ. މީގެ އިތުރުން ޕޯލް ޕޮގްބާ، ގްރީޒްމަން އަދި ލޮވްރަން ވެސް ވަނީ މާޓޭ ބުއިމާއެކު ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާއްމުކޮށް އެކުޅުންތެރިންނަށް ވެސް ބުއިން ކަމުދާކަން ހާމަކޮށްފައެވެ.

ސުއުތް އެމެރިކާ ހިސާބުގަނޑުގެ އުފެއްދުމެއް ކަމުގައިވާ މާޓޭ ސަޔަކީ ފުރަތަމަ ބޭސްވެރިޔަކުމައި ބޭނުން ކުރި ބުއިމެކެވެ. ނަމަވެސް ފަހަކަށް އައިސް ޒަމާނަށް އައި ބަދަލާއެކު މި ބުއިން ވަނީ ތާރީހީ ބުއިމަކަށް ބަދަލުވެ ޒުވާނުންގެ މެދުގައި މަގުބޫލުވާން ފަށާފައެވެ.

މިހާރު މާޓޭ އެންމެ ގިނައިން އުފައްދާ ގައުމަކީ ބްރެޒިލް އެވެ. އަދި މި ބުއިން އެންމެ ގިނައިން އެތެރެ ކުރަނީ އުރުގުއޭ އަށެވެ. އެގައުމުގެ އިތުރުން މެދުއިރުމަތީގެ ގައުމުތަކާއި ސީރިއާގެ އިތުރުން ލެބަނޫނަކީ ވެސް މިބުއިން ގިނަ އަދަދަކަށް އެތެރެ ކުރާ ގައުމުތަކެވެ.

ގުޅުންހުރި
24 އަހަރަށްފަހު ސައުދީ ވޯލްޑް ކަޕް މެޗަކުން މޮޅުވެއްޖެ
19 މިނެޓު ކުރިން
މެޗަށްފަހު ދަނޑު ސާފުކުރުމުން ސައުދީއަށް ތައުރީފު
21 ޖޫން 2018
ކޮކާކޯލާގެ ހަރަދުގައި ވޯލްޑްކަޕް ބަލާލުމަށް ރާއްޖެއިން 10 މީހުން ރަޝިޔާއަށް
20 ޖޫން 2018
ވޯލްޑް ކަޕް ބެލުމަށް ކެރެލާއިން ރަޝިޔާއަށް ބައިސްކަލުގައި
19 ޖޫން 2018
ހިޔާލު

ފުއާދު
ތި ސައި ތައްޔާރުކުރާ ގޮތް އެނގެން ބޭނުން ވަރަށް ބޮޑަށް

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]