Eh Maa bandu 5 Kudhin Maruvehje
vfp.mv
VFPBAAZAARU
HM
HM
އެއް މާބަނޑު ފަސް ކުދިން މަރުވެއްޖެ
inage
އެއްމާބަނޑު 5 ކުދިންގެ ތެރެއިން 4 ކުދިން
  ދުނިޔެ | އެފްރިކާ | 12 ޖޫން 2018 | 0 ކޮމެންޓް
ސޫދާންގެ އަންހެނަކު، ދުވަސް ނުފުރައި ވިހެއި އެއް މާބަނޑު ފަސް ކުދިން މަރުވެއްޖެއެވެ. Dhiraagu
އެ ކުދިން މަރުވެފައިވަނީ، ސޫދާންގެ ސިޓީއެއް ކަމުގައިވާ އޮމްޑޫރްމަންގެ ހޮސްޕިޓަލެއްގައެވެ. އެ ފަސް ކުދިން މަރުވެފައިވަނީ އުފަންވިތާ 30 ގަޑިއިރުގެ ތެރޭގައެވެ.

ފަސް ކުދިންގެ މަރާ ގުޅިގެން ސޫދާންގެ ހޮސްޕިޓަލުން އާއިލާއަށް ދިން ލިޔުމުގައި ބުނެފައިވާ ގޮތުން އެ ކުދިން މަރުވީ ހަށިގަނޑުގައި ލޭ ދައުރުވުން ދަށްވުމުގެ ސަބަބުންނެވެ. އެ ކުދިންގެ ފުއްޕާ މޭ ވަރަށް ކުޑަ ކަމަށާއި އެހެން ކަމުން ނޭވާލުމުގެ ނިޒާމު ފެއިލްވެފައިވާ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ. އެ ފަސް ކުދިން ވިހާފައިވަނީ ބަނޑަށް 28 ވަނަ ހަފުތާގައެވެ.

ސޫދާނަކީ ޅަފަތުގައި ކުދިން މަރުވާ ނިސްބަތް ގިނަ ގައުމެކެވެ. ސޫދާންގެ ހެލްތު މިނިސްޓްރީން ހާމަ ކުރި ގޮތުގައި އެ ގައުމުގައި އުފަންވާ ކުދިންގެ ތެރެއިން 49 އިންސައްތަ ކުދިން ޅަފަތުގައި މަރުވުމުގެ ފުރުސަތު ބޮޑެވެ.
ގުޅުންހުރި
11 އަހަރުގެ އަންހެން ކުއްޖާގެ ކައިވެނި ގާނޫނާ ހިލާފު ކަމަށް ކަނޑައަޅައިފި
26 ޖުލައި 2018
މީސެލްސް ވެކްސިން ޖެހުމުން ސޫދާނުގައި 15 ކުއްޖަކު މަރުވެއްޖެ
3 ޖޫން 2017
ރޭޕްގެ މައްސަލާގައި ސޫދާން 16 ސިފައިންގެ މައްޗަށް ދައުވާ ކޮށްފި
1 ޖޫން 2017
ހިޔާލު

ގުޅުންހުރި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]