VFP Badhige Mexican-Rice
vfp.mv
VFPBAAZAARU
MIB
MIB
ވީއެފްޕީ ބަދިގެ: މެކްސިކަން ރައިސް
inage
މެކްސިކަން ރައިސް ތައްޔާރުކޮށްފައި--
  ފޭޑި | ބަދިގެ | | މަދިހާ އިބްރާހީމް | 12 ޖޫން 2018 | 0 ކޮމެންޓް
ރޯދަ މަހަށް ހާއްސަކޮށްގެން ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވީއެފްޕީ ބަދިގެ ސެގްމެންޓުގައި މި ގެނެސްދޭ ރެސްޕީތަކުން ކާ މޭޒުމަތި އިތުރަށް ފުރިހަމަ ވެގެން ދާނެކަމުގެ އުއްމީދުގައެވެ. muni
މެކްސިކަން ރައިސް

މިއަދު މި ގެނެސްދެނީ ތަފާތު ރެސްޕީ އެކެވެ. މިއަދު ހާއްސަ މިކޮށްލަނީ މެކްސިކަން ރައިސް ހަދާނެގޮތް ބުނެ ދިނުމަށެވެ

ބޭނުންވާ ތަކެތި

1 ދަޅު ޕީލްޑް ޓޮމާޓޯ
1 ފިޔާ (ކުދިކުދިކޮށް ކޮށާފައި)
2 ޖޯޑް ޗިކަން ސްޓޮކް
½ 1 ސައިސަމުސާ ލޮނު
½ ސައިސަމުސާ މުގުރި ދިރި
3/1 ޖޯޑް ތެޔޮ
2 ޖޯޑު ބާސްމަތީ ރައިސް
2 ބޮޑު މިރުސް
5 ލޮނުމެދު (ޗިސްކޮށްފައި)
¼ ކޮރިއެންޑަރ ލީފް (ކުދިކޮށް ކޮށާފައި)
2 ލުނބޮލުގެ ހުތް

ތައްޔާރުކުރާނެ ގޮތް

ޓޮމާޓޯ އަދި ފިޔާ ބްލެންޑަރަކަށް އަޅާލުމަށްފަހު ރަގަޅަށް ޕޭސްޓްގަނޑަކަށް ވަންދެން ހިމުންކޮށްލާށެވެ. ދެން ތެއްޔަކަށް މިބައި އަޅައިލުމަށްފަހު އޭގެތެރެއަށް ޗިކަން ސްޓޮކާއި ލޮނު އަދި ދިރި އަޅާފައި މަޑުގިނީގައި ރަގަޅަށް ކައްކާލާށެވެ.
ދެން އެހެން ތެއްޔަކަށް ތެޔޮފޮދެއް އަޅާފައި ތެޔޮފޮދު ހޫނުވުމުން ހަނޑޫކޮޅު އަޅާލާފައި 8-10 މިނެޓް ވަންދެން ކައްކާލާށެވެ. ދެން އޭގެތެރެއަށް ބޮޑުމިރުސްކޮޅު އަޅާލާފައި 2މިނެޓް ވަންދެން ކައްކާލާށެވެ. އެއަށްފަހު ލޮނުމެދުކޮޅު އިތުރު 30 ސިކުންތު ވަންދެން ކައްކާލާށެވެ. ދެން އެއަށްފަހު ޓޯމާޓޯ ޕިޔުރީގަނޑު އޭގެތެރެއަށް އަޅާލާ އެއްކޮށްލުމަށްފަހު މަތި ޖަހައި 15މިނެޓް ވަންދެން ކައްކާލާށެވެ. ދެން އުނދުންމަތިން ތެލި ބޭލުމަށްފަހު ކޮރިއެންޑަރ އަދި ލުނބޯހުތް އަޅާލާފައި އެއްކޮށްލާށެވެ.
ގުޅުންހުރި
ކިނބޫ ޕިއްޒާ އާއި ކާށި ޕިއްޒާވެސް
29 ޖުލައި 2018
ވީއެފްޕީ ބަދިގެ: ޕިއްޒާ ޕަރާޓާ
21 ޖޫން 2018
ވީއެފްޕީ ބަދިގެ: ގުލާބުޖާމް
20 ޖޫން 2018
ވީއެފްޕީ ބަދިގެ: ޕޮޕްކޯން ޗިކަން
19 ޖޫން 2018
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]