Alun Gunumah Hamajehifaivaa Vote Foshithah Huri Imaaraathugai Roa Kollaifi
vfp.mv
VFPBAAZAARU
MIB
MIB
އަލުން ގުނުމަށް ހަމަޖެހިފައިވާ ވޯޓު ފޮށިތައް ހުރި އިމާރާތުގައި ރޯކޮށްލައިފި
inage
ވޯޓު ފޮށިތައް ނެރެގެން ގެންދަނީ---
  ދުނިޔެ | މެދުއިރުމަތި | 11 ޖޫން 2018 | 0 ކޮމެންޓް
މިދިޔަ މަހު އިރާގުގައި ބޭއްވި އާއްމު އިންތިހާބުގެ ވޯޓު ކަރުދާސްތައް ރައްކާކޮށްފައި ހުރި އިމާރާތުގައި ހުޅު ޖަހައި ރޯކޮށްލައިފިއެވެ. Dhiraagu
މެއި މަހުގެ 12 ވަނަ ދުވަހު ބޭއްވި އެ ވޯޓުގައި ކުރި ހޯދާފައިވަނީ ޝިއައީ ލީޑަރެއް ކަމަށްވާ މުއުތަދާ އަލް ސަދުރުގެ ކޯލިޝަނުންނެވެ.

ވޯޓު ފޮށިތައް ހުރި އިމާރާތުގައި ރޯކޮށްލި ނަމަވެސް ވޯޓު ފޮށިތަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އަލް ޖަޒީރާއިން ބުނެފައިވެއެވެ.

ބޮޑު ވަޒީރު އަލް އައްބާދީވަނީ އިމާރާތުގައި ރޯކޮށްލި ކޮށްލުމަކީ އިރާގަށާއި އިރާގުގެ ޑިމޮކްރަސީއަށް ދިން ހަމަލާއެއް ކަމަށެވެ. އަލްޖަޒީރާއިން ބުނެފައިވާ ގޮތުގައި އަލްރުސަފާ ޑިސްޓްރިކްޓުގެ ވޯޓު ފޮށިތަކުގެ ބޮޑު ބަޔަކަށްވަނީ ގެއްލުން ލިބިފައެވެ.

އިރާގުގެ އާއްމު އިންތިހާބުގައި ބައިވެރިވި 11 މިލިއަން މީހުންގެ ވޯޓު އަލުން ގުނަން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓު ގުނުމުގައި އޮޅުވާލުންތަކެއް ހުރި ކަމުގެ ތުހުމަތަށެވެ.

އިލެކްޓްރޯނިކް ސިސްޓަމްތައް ބޭނުންކޮށްގެން ވޯޓު ގުނާފައިވާ އިރު ބޮޑު ވަޒީރު ހައިދަރު އަލް އަބާދީ އެކުލަވާލި ކެބިނެޓުގެ ކޮމިޓީއަކުން ވެސް ވަނީ އިންތިހާބުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެފައެވެ. އަބާދީވަނީ ނަތީޖާތަކުގައި ބޮޑެތި މައްސަލަތަކެއް ފާހަގަ ކުރެވިފައިވަނީ ވޯޓު ގުނަން ބޭނުން ކުރި އިލެކްޓްރޯނިކް މެޝިންތައް ކުރިން ޗެކު ނުކޮށް ބޭނުންކޮށްފައިވުމުގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ.

އެ މައްސަލާގައި އިރާގުގެ އިލެކްޝަންސް ކޮމިޝަންގެ ނުވަ މެންބަރުން މަގާމުން ދުރުކޮށް މިހާރުވަނީ އާ މެންބަރުން އައްޔަން ކޮށްފައެވެ.
ގުޅުންހުރި
އިރާގުގެ އިލެކްޝަންސް ކޮމިޝަން އުވާލާ އިންތިހާބުގެ ހުރިހާ ވޯޓެއް އަލުން ގުނަނީ
7 ޖޫން 2018
މި އަހަރަށް އިރާގުން 88 ބިލިއަން ޑޮލަރުގެ ބަޖެޓެއް ފާސްކޮށްފި
4 މާޗް 2018
އިރާގު އަލުން އާރާސްތު ކުރުމަށް 88 ބިލިއަން އެމެރިކާ ޑޮލަރު!
13 ފެބްރުއަރީ 2018
ހިޔާލު

ގުޅުންހުރި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]