VFP Badhige: Cowlyflower Chicken Fried rice
vfp.mv
VFPBAAZAARU
HM
HM
ވީއެފްޕީ ބަދިގެ: ކޯލީފްލާވަރ ޗިކަން ފްރައިޑް ރައިސް
inage
ކޯލީފްލާވަރ ޗިކަން ފްރައިޑް ރައިސް ތައްޔާރުކޮށްފައި--
  ފޭޑި | ބަދިގެ | | މަދިހާ އިބްރާހީމް | 11 ޖޫން 2018 | 0 ކޮމެންޓް
ރޯދަ މަހަށް ހާއްސަކޮށްގެން ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވީއެފްޕީ ބަދިގެ ސެގްމެންޓުގައި މި ގެނެސްދޭ ރެސްޕީތަކުން ކާ މޭޒުމަތި އިތުރަށް ފުރިހަމަ ވެގެން ދާނެކަމުގެ އުއްމީދުގައެވެ. Dhiraagu
ކޯލީފްލާވަރ ޗިކަން ފްރައިޑް ރައިސް

މިއަދު މި ގެނެސްދެނީ ތަފާތު ރެސްޕީ އެކެވެ. މިއަދު ހާއްސަ މިކޮށްލަނީ ކޯލީފްލާވަރ ޗިކަން ފްރައިޑް ރައިސް ހަދާނެގޮތް ބުނެ ދިނުމަށެވެ

ބޭނުންވާ ތަކެތި

3 މޭޒުމަތީ ސަމްސާ ޕީނަޓް އޮއިލް (2 ސަމްސާ ތެޔޮ ވަކިން ބަހައްޓާލާ)
2 ބިސް (ގިރާލާފައި)
3 ސްޕްރިންގް އޮނިއަން (ހުދުބައި/ އަދި ފެހިބައި ތުނިކޮށް ކޮށާފައި، ވަކިކޮށްލާފައި ބަހައްޓާ)
1 މޭޒުމަތީ ސަމުސާ އިނގުރު (ގާނާފައި)
1 މޭޒުމަތީ ސަމުސާ ލޮނުމެދު (ގާނާފައި)
1 ޕައުންޑް ބޯންލެސް ޗިކަން (2/1 އިންޗިއަށް ކޮށާފައި)
½ ޖޯޑް ރެޑް ބެލް ޕެޕަރ (ގޮޅިކޮށް ކޮށާފައި)
1 ޖޯޑް ސްނޯ ޕީސް (މަށާލާފައި އަދި ދެބުރިއަށް ބުރިކޮށްފައި)
4 ޖޯޑް ކޯލީފްލާވަރ ރައިސް
3 މޭޒުމަތީސަމުސާ ސޯޔާ ސޯސް
1 މޭޒުމަތީސަމުސާ ސެސްމޭ އޮއިލް

ތައްޔާރުކުރާނެ ގޮތް

ތެއްޔަކަށް 1 މޭޒުމަތީސަމުސާ ތެޔޮ އެޅުމަށްފަހު ބިސްތައް ބޭނުންކޮށްގެން ބިސްގަނޑެއް އަޅާލާށެވެ. ދެފުއް ފިހެލުމަށްފަހު ކަޓިން ބޯޑެއްގައި ½ އިންޗިއަށް ގޮޅިކޮށް ކޮށާލާށެވެ.
1 މޭޒުމަތީ ސަމުސާ ތެޔޮ ތެއްޔަކަށް އެޅުމަށްފަހު ސްޕްރިންގ އޮނިއަންގެ ހުދުބައި، އިނގުރު، ލޮނުމެދު އަޅާފައި 30 ސިކުންތު ވަންދެން ކައްކާލާށެވެ. އަދި ކުކުޅުކޮޅު އޭގެ ތެރެއަށް އަޅާލާފައި 1 މިނެޓް ވަންދެން ކައްކާލާށެވެ. އަދި ބެލް ޕެޕަރއާއި ސްނޯ ޕީސް އަޅާފައި 4-2 މިނެޓް ވަންދެން ކެއްކުމަށްފަހު ތައްޓަކަށް އަޅާލާށެވެ.
ތެއްޔަކަށް 1 މޭޒުމަތީސަމުސާ ތެޔޮ އެޅުމަށްފަހު ކޯލީފްލާވަރ ރައިސް އަޅާލާފައި 2މިނެޓް ވަންދެން ކައްކާލާށެވެ. ދެން ބިސްކޮޅާއި ކުކުޅު އަދި ސޯޔާސޯސް، ސެސްމޭ އޮއިލް އަޅާލާފައި ރަގަޅަށް އެއްކޮށްލާށެވެ.
ގުޅުންހުރި
ވީއެފްޕީ ބަދިގެ: ގުލާބުޖާމް
20 ޖޫން 2018
ވީއެފްޕީ ބަދިގެ: ޕޮޕްކޯން ޗިކަން
19 ޖޫން 2018
ވީއެފްޕީ ބަދިގެ: ކެބެޖް ރައިސް
18 ޖޫން 2018
ވީއެފްޕީ ބަދިގެ: މަސަލަ ރައީސް
17 ޖޫން 2018
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]