Fekir Kuriah Oi Season Gai Fennanee Lyon Ge Jersey Inn
vfp.mv
VFPBAAZAARU
MIB
MIB
ފެކީރް ކުރިއަށް އޮތް ސީޒަނުގައި ފެންނާނީ ލިޔޮންގެ ޖާޒީން
inage
ނަބިލް ފަކީރް ފޮޓޯ:---
  ކުޅިވަރު | ދުނިޔެ | 10 ޖޫން 2018 | 0 ކޮމެންޓް
ފްރާންސްގެ އޮލިމްޕިކޭޑި ލިޔޮނަލްއަށް ކުޅެމުން އަންނަ އެގައުމުގެ ނަބިލް ފެކީރް މި ޓްރާންސްފާ ބާޒާރުގައި ލިވަޕޫލަށް ބަދަލުވުމަށް ކުރުމުން އައި މަޝްވަރާތަކަށް ނިމުމެއް އައިސްފައިވާ ކަމަށާއި އޭނާ ވިއްކާ ނުލާނެ ކަމަށް އެކްލަބުން ބުނެފިއެވެ. dhi2
ލިޔޮންއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ފެކީރްގެ ޓްރާންސްފާއާ ގުޅިގެން ލިވަޕޫލާއެކު މަޝްވަރާ ކުރި ކަމަށާއި ނަމަވެސް އެދެވޭ ނަތީޖާއެއް ނުނިކުތުމާ ގުޅިގެން މަޝްވަރާތައް މެދުކަނޑާލަން ނިންމާފައިވާ ކަމަށާއި އޭނާ މި ޓްރާންސްފާގައި ވިއްކާނުލާނެ ކަމަށެވެ.

ލިޔޮންއިން ލިވަޕޫލަށް ފެކީރް ވިއްކާނުލާނެކަން ހާމަ ކުރަމުން ރޭ ނެރުނު ބަޔާން ވެގެންދިޔައީ ފެކީރް ކްލަބާ ހަމަކޮންމެ ވަގުތަކު ވެސް ގުޅިދާނެ ކަަމަށް ހީކޮށްގެންތިބި ލިވަޕޫލަށް ލިބުނު ވަރަށް ބޮޑު ދެރައަކަށެވެ. މީގެ ކުރިން ރިޕޯޓްތައް ބުނަމުންދިޔަ ގޮތުގައި ފެކީރް ލިވަޕޫލަށް ގުޅުމުގެ ހުރިހާ ކަމެހެން ނިމިފައިވާއިރު ބާކީ އޮތީ މެޑިކަލް އެވެ.

ކުރިއަށް އޮތް ސީޒަނަށް ސްކޮޑު ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ލިވަޕޫލުން ވަނީ މިފަހަރުގެ ޓްރާންސްފާގައި އެކްލަބަށް ކުޅުންތެރިއަކު ގެނެސްފައެވެ. އެއީ މޮނާކޯއަށް ކުޅެމުން އަންނަ ބްރެޒިލްގެ ކުޅުންތެރިޔާ ފަބީނޯ އެވެ.
ގުޅުންހުރި
ރިއާލްއިން ނޭމާގެ 307 މިލިއަން ޕައުންޑުގެ ރިޒީލް ކްލައުސް އެކްޓިވޭޓް ކުރަނީ!؟
9 ޖޫން 2018
ކޭން އިތުރު 6 އަހަރު ޓޮޓެންހަމްގައި މަޑުކުރަން ނިންމައިފި
9 ޖޫން 2018
ޕެރޭޒްއާ މައްސަލަ ޖެހި ރޮނާލްޑޯ ވެސް ރިއާލް ދޫކޮށްލަނީ!؟
7 ޖޫން 2018
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]