Dhiraagu TV in 4K channel eh tha'aaraf koffi
vfp.mv
VFPBAAZAARU
HM
HM
ދިރާގު ޓީވީން 4 ކޭ ޗެނަލެއް ތަޢާރަފު ކޮށްފި
inage
ދިރާގު ޓީވީން 4 ކޭ ޗެނަލެއް ތަޢާރަފު ކޮށްފި
  ވިޔަފާރި | ކުންފުނި | 9 ޖޫން 2018 | 0 ކޮމެންޓް
ދިރާގު ޓީވީން 4ކޭ ޓީވީ ޗެނަލެއް ތަޢާރަފްކޮށްފި އެވެ. kobadoctor
ދިރާގުން މިއަދު ތަޢާރަފްކުރި "ލަވް ނޭޗާ" ނަމަކަށް ކިޔާ މިޗެނަލަކީ ގުދުރަތީ ރީތި މަންޒަރުތައް ހިތްގައިމު 4ކޭ ކޮލިޓީގައި ގެނެސްދޭ ޑޮކިއުމަންޓަރީ ޗެނަލެކެވެ. މިއީ އޭޝިއާ ޕެސިފިކް ސަރަޙައްދުގައި ވަރަށް ބޮޑު މަޤުބޫލުކަމެއް ލިބެމުންދާ ޗެނެލެކެވެ."

4ކޭ ނުވަތަ އަލްޓްރާ ހައި ޑެފިނިޝަން ޓެކްނޮލޮޖީ އަކީ މިހާރުގެ ސްމާޓް ޓީވީ ތަކުން ފެންނާނެ އެންމެ ފުރިހަމަ ކޮލިޓީއެވެ. ދިރާގު ޓީވީ އިން މިއަދު މި ތަޢާރަފް ކުރި ޗެނަލުން ގޭގޭގެ ސިޓިންގ ރޫމްތަކުން 4ކޭ ޓީވީތަކުގެ ފުރިހަމަކަން ތަޖްރިބާކޮށްލުވުމުގެ ފުރުޞަތުލިބިގެން ދާނެއެވެ.

ދިރާގު ޓީވީއިން 4ކޭ ޗެނަލެއް ތަޢާރަފް ކުރުމަކީ ދިރާގުން ރާއްޖޭގެ ކޭބަލް ޓީވީ މާކެޓް އިތުރު ހަރުފަތް ތަކަކަށް ގެންގޮސް ދިނުމަށް ކުރިއަށް އެޅި އެއްފިޔަވަޅުކަމުގައި ދިރާގުން ސިފަކުރެއެވެ. އަދި މީގެ އިތުރުންވެސް ދިރާގު ޓީވީގެ ޚިދުމަތް އިތުރަށް ތަރައްގީ ކޮށް ފުރިހަމަ ކުރުމަށް އިތުރު މަސައްކަތްތައް ކުރިއަށް ގެންދާކަމުގައި އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

"ލަވް ނޭޗާ" ޗެނަލް ތަޢާރަފް ކޮށްފައިވަނީ ދިރާގު ޓީވީ އިންޓްރޯ ޕެކޭޖްގެ ބޯނަސް ޗެނަލެއް ގޮތަށެވެ. މިޗެނަލް ހަމައެކަނި ބެލުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނީ ފައިބަރ ކަނެކްޝަނެއް މެދުވެރިކޮށް ދިރާގު ޓީވީ ޚިދުމަތް ހޯތްދަވާ ފަރާތްތަކަށެވެ. ފުރަތަމަ މިޗެނަލް ލިބިވަޑައިގަންނަވާނީ މާލެ އާއި މާލެ ކައިރީގައިވާ ފައިބަރ ކަނެކްޝަން ހުރި ރަށްތަކަށެވެ. މިއަހަރު ނިމުމުގެ ކުރިން ދިރާގު ފައިބަރ ކަނެކްޝަން ހުރި ކޮންމެ ރަށަކަށް މިޗެނަލް ބަލާލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. ދިރާގު ޓީވީގެ އިންޓްރޑަކްޓަރީ ޕެކޭޖުގެ އަގަކީ މަހަކު އެންމެ 300 ރުފިޔާ އެވެ. މި ޕެކްޖްގައި 80 އަށް ވުރެ ގިނަ ޗެނެލްތައް ބަލާލެވޭނެއެވެ. ދިރާގު ޓީވީ މެދުވެރިކޮށް 4ކޭ ކޮންޓެންޓް ބެލުމަށް ވަކީ ޚާއްސަ ޖޯއިބޮކްސްއެއް ބައްލަވާގަންނަވާކަށް ނުޖެހޭނެއެވެ. މިވަގުތު ކުރިއަށްދާ ޕްރޮމޯޝަންގެ ތެރެއިން ދިރާގު ޓީވީ ބައްލަވާ ގަންނަ ފަރާތްތަކަށް އެއްވެސް އަގަކާނުލާ ޖޯއިބޮކްސް ލިބޭނެއެވެ.

ދިރާގު ޓީވީގެ ހިދުމަތް ހޯދުމަށް ބޭނުންވާނީ ދިރާގު ބްރޯޑްބޭންޑް ކަނެކްޝަނެކެވެ. ޖޯއި ބޮކްސްގެ ޒަރީއާއިން ގޭގައި ދިރާގު ޓީވީގެ ހިދުމަތް ހޯދާ ފަރާތްތަކަށް އިންޓަރނެޓް އެލަވަންސްގެ އަސަރެއް ނުކުރާނެއެވެ. އަދި ހިދުމަތް ގުޅައި ދިނުމަށް ފަހު ދިރާގުގެ ނެޓްވާރކް މެދުވެރިކޮށް ދިރާގު ޓީވީގެ އެކައުންޓް ބޭނުންކޮށްގެން އެހެން ވަސީލަތްތަކުން ވެސް (ލެޕްޓޮޕް، ޓެބްލެޓް އަދި ސްމާޓްފޯން) ރާއްޖޭގެ ކޮންމެތަނެއްގައި ކޮންމެ ވަގުތެއްގައި ޓީވީ ބެލޭނެއެވެ.
ގުޅުންހުރި
ދިރާގް ޕޭ ޓެކްސީ ޕުރޮމޯޝަން: 1500 ރުފިޔާ ލިބުމުގެ ފުރުސަތެއް
20 ޖޫން 2018
ދިރާގާއި ޔޫއެންޑީޕީގެ "ފިލްމް ފޮ ޗޭންޖް" އަށް ކުރިމަތިލާން ހުޅުވާލައިފި
16 ޖޫން 2018
ދިރާގުން ކުޑަކުދިންނަށް އީދު ހަދިޔާ ބަހައިފި
16 ޖޫން 2018
ދިރާގުން ދެ ސަރަހައްދެއްގަ ވޯލްޑްކަޕް ބެލޭނެ ގޮތްހަދާ ހާއްސަ ހަރަކާތްތަކެއް
15 ޖޫން 2018
ހިޔާލު

ގުޅުންހުރި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]