Cristiano Ronaldo Jr Ge Mi Landun Ethah Bayaku Hairaan Kohlaifi
vfp.mv
VFPBAAZAARU
HM
HM
ކްރިސްޓިއާނޯ ރޮނާލްޑޯ ޖޫނިއާގެ މި ހިތްގައިމު ލަނޑުން އެތައް ބަޔަކު ހައިރާންކޮށްލައިފި
inage
  ކުޅިވަރު | ދުނިޔެ | 9 ޖޫން 2018 | 0 ކޮމެންޓް
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދާފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ދަރިފުޅު، ކްރިސްޓިއާނޯ ރޮނާލްޑޯ ޖޫނީއާ އޭނާގެ ހުނަރުން އެތައް ބަޔަކު ހައިރާން ކޮށްލައިފި އެވެ. dhi2
ދުނިޔޭގެ ލޯތައް ކްރިސްޓިއާނޯ ރޮނާލްޑޯގެ ދަރިފުޅަށް އަމާޒުވީ ޕޯޗުގަލް އަލްޖީރިއާ ކޮޅަށް 3 ލަނޑު ޖަހާ ކާމިޔާބު ކުރި މެޗަށްފަހު އެކި ކުޅުންތެރިންގެ ދަރިންނާއެކު ކުޅެލަން ދަނޑުމައްޗަށް އެރި ކްރިސްޓިއާނޯ ރޮނާލްޑޯ ޖޫނިއާ ގޯލު ތެރެއަށް ފޮނުވާލި ހިތްގައިމު ގޯލަކުންނެވެ.

ކްރިސްޓިއާނޯ ޖޫނިއާ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ އޮއްސިގެން ގޮސްވަދެފައިވަނީ ގޯލުގެ މަތީ ކަނަށެވެ. އެވަގުތު ގޯލުގައި އޮތް އުމުރުން 5 ވަރަކަށް އަހަރުގެ ކީޕަރަށް މި ބޯޅަ މަތަކުރަން މާބޮޑު ކަމެއް ނުކުރެވުނުއިރު މިއީ ޕްރޮފެޝަނަލް ކީޕަރަކަށް ވެސް މަތަކުރަން އުނދަގޫވާ ކަހަލަ ގޮތަކަށް ފޮނުވާލި ހުނަރުވެރި ބޯޅައެކެވެ.ކްރިސްޓިއާނޯ ރޮނާލްޑޯ ޖޫނިއާގެ މި ލަނޑު އިންޓަނެޓުގައި "ވައިރަލް" ވެފައިވާއިރު އެތައް ބަޔަކު ދަނީ އޭނާއަށް ތައުރީފު ކުރަމުންނެވެ. މި ލަނޑު ޖެހުމުން އެވަގުތު ދަނޑުމަތީގައި ހުރި އޭނާގެ ބައްޕަ ވެސް ހުރީ ބަސް ހުއްޓިފައެވެ. ލަނޑު ޖެހުމުގެ އިތުރުން ދަނޑޫމަތީގައި އެއް އުމުރު ފުރައެއްގެ އެހެން ކުދިންނާއެކު ކުޅެމުން ކްރިސްޓިއާނޯ ޖޫނިއާ ވަނީ އޭނާގެ އެހެން ހުނަރުތައް ވެސް ދައްކާލާފައެވެ. އެގޮތުން އޭނާ ވަނީ "ރަބޯނާ" އަކުން ވެސް ލަނޑެއް ޖަހާފައެވެ.

އުމުރުން އެންމެ 7 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ޖޫނިއާ އަކީ ކްރިސްޓިއާނޯ ރޮނާލްޑޯގެ އެންމެ ދޮށީ ދަރިފުޅެވެ. އޭނާގެ ޖުމްލަ 4 ދަރިން ތިބޭއިރު ކްރިސްޓިއާނޯ ޖޫނިއާ އަކީ "ސަޖަރޭޓް މަންމަ" އެއްގެ އެހީގައި ހޯދާފައިވާ ކުއްޖެ އެވެ.

މީގެ ކުރިން ވެސް ކްރިސްޓިއާނޯގެ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާ ކްރިސްޓިއާނޯ ޖޫނިއާގެ ބައެއް ހުނަރުތައް އާއްމުންނާ ހިއްސާ ކުރި ކަމުގައި ވީނަމަވެސް މިއީ ދުނިޔޭގެ މީޑިއާ ކުރިމަތީގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޖޫނިއާ މިފަދަ ގޮތަކަށް ހުނަރު ދައްކާލި ފުރަތަމަ ފަހަރެވެ.
ގުޅުންހުރި
ރޮނާލްޑޯގެ ފުރަތަމަ މެޗު ހިލޭ ލައިވް ކުރަނީ
6 އޯގަސްޓު 2018
ޔުވެންޓަސް އާއި ރިއާލް ބައްދަލު ކުރާ މެޗު މިރޭ، ރޮނާލްޑޯ ފެންނާނެތަ؟
4 އޯގަސްޓު 2018
ރޮނާލްޑޯ ޔުވެންޓަސްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި
31 ޖުލައި 2018
ކްރިސްޓިއާނޯ ރޮނާލްޑޯ ރިޓަޔާ ކުރާނީ ޔުވެންޓަސްގައި: އެޖެންޓް
12 ޖުލައި 2018
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]