Thimaa Feyhunu Ilhoshi Thimaa ge Loalah!
vfp.mv
VFPBAAZAARU
HM
HM
ތިމާ ފޭހުނު އިލޮށިގަނޑު ތިމާގެ ލޮލަށް!
inage
  ޚިޔާލު | | | ފާތިމަތު މާސާ | 7 ޖޫން 2018 | 1 ކޮމެންޓް
ރާއްޖެއަކީ ކުޑަކުޑަ ގައުމެކެވެ. ދުނިޔޭގެ އެހެން ގައުމުތަކުގެ އެހީތެރިކަމާ ނުލާ ނޫޅެވޭނެ ގައުމެކެވެ. ނަމަވެސް ފާޅުގައި ދުނިޔޭގެ ބޮޑެތި ގައުމުތަކަށާއި އަވަށްޓެރި ގައުމުތަކަށް ގޮންޖައްސަމުން ގެންދާ ދިވެހި ސަރުކާރު މިއަދު އަވަށްޓެރި އިންޑިއާއިން ލަދުގަންނަވާލައިފިއެވެ. Dhiraagu
މިމަހުގެ ހައެއްވީ ވީ ހޯމަ ދުވަހުގެ ފަލަ ސުރިޚީ ތަކުން ޖާގަ ހޯދި ހޫނު ހަބަރަކީ ވެރިކަންކުރާ ޕާޓީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު އިންޑިއާއަށް ވަޑައިގަތުމުން އެ ގައުމަށް އެތެރެވިޔަ ނުދީ އަނބުރާ ފޮނުވާލި ވާހަކައެވެ. މި ކަމަކީ ކުޑަ ކަމެއް ނޫނެވެ. އަދި އާދައިގެ ކަމެއްވެސް ނޫނެވެ. މި އަމަލު "ބުލީ" ގެ އަމަލެއްގެ ގޮތުގައި ނިހާން ސިފަކުރައްވާ ކުށްވެރިކުރަމުންދާއިރު އެތައް ސިޔާސީ ފަރާތަކުން ދަނީ ޓްވިޓާ މެދުވެރިކޮށް ފާޅުގައި ނިހާނަށް ފާޑު ވިދާޅުވެ މަލާމާތް ރައްދުކުރަމުންނެވެ.




ގަލޮޅު ދާއިރާގެ މެންބަރު އަހުމަދު މަޚްލޫފްގެ ޓްވީޓަށް ބަލާލަމާތޯއެވެ. އިދިކޮޅު ޕާޓީތަކުގެ އެތައް މަޖިލިސް މެމްބަރުންނާއި ލީޑަރުންނަށް ރާއްޖެއިން ބޭރަށް ނުދެވޭގޮތް ހަދާފައިވާ ވާހަކަ އެ ޓްވީޓްގައި ފާހަގަ ކޮށްފައިވެއެވެ. ސަރުކާރުން މިފަދަ ޖަރީމާތައް ހިންގަމުން ދާއިރު އެކަމާ ކޯފާވެގެން ނިހާން ނިއުސް ކޮންފަރެންސް ބާއްވާތަނެއް ނުފެނެއެވެ. އަދި ނުވީތާކަށް އެކަމަކީ " ބުލީ" އެއްގެ ގޮތުގައިވެސް އެ ބޭފުޅާއަކަށް ފާހަގަ އެއް ނުކުރެއްވެއެވެ. ނަމަވެސް އިންޑިއާއިން އެޅި ފިޔަވަޅު ވަރަށްވެސް ގޯސް ވެ ލައްވައިފިއެވެ. ކޮންމެއަކަސް ނިހާން ބޭރުކުރުމުން "ބުލީ" އަކަށް ވެފައި އެހެން ފަރާތްތަކާ ދޭތެރޭ ނާއިންސާފުން ހިންގާ އަމަލުތައް "ބުލީ" އަކަށް ނުވުމުން މިކަމަކީ ދެން ބޮޑު ޖޯކެއްތާއެވެ.

މިކަންތައް މިހެން ހިނގާދިއުމުން ދެން އުފެދިގެން ދާ އެންމެ ބޮޑު ސުވާލަކީ އިންޑިއާއިން މިފަދަ ފިޔަވަޅެއް ނިހާން އާއި ދޭތެރޭ އެޅީ ކީއްވެތޯއެވެ؟ ނިހާން ސިފަ ކުރައްވާ ގޮތުގައި މިކަމަކީ ނިހާން ޕީޕީއެމްގެ މަޖިލ؛ިސް މެމްބަރަކަށް ވުމުން ނިހާން އާ ދޭތެރޭ އެޅި ފިޔަވަޅެކެވެ. ހަމަޔަގީނުންވެސް އިންޑިއާއިން މި އެޅި ފިޔަވަޅަކީ ހަރުކަށި ފިޔަވަޅެކެވެ. ނިހާންއަށް މިކަންތައް ބަލައިގަންނަން އެއްގޮތަކަށްވެސް ފަސޭހައެއް ނޫނެވެ. ހޮޓެލް ޖެން ގައި ނޫސް ވެރިންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަައިގެ ތެރޭގައި އިންޑިއާއަކީ މައްކާ މަދީނާ ނޫންކަމުން އެތަނަށް ނޭރުނަސް ދެރަނުވާނެކަމަށްވެސް ނިހާން ވިދާޅުވިއެވެ. ތެދެކެވެ. ލަދެއްގައި ބެދެފައިވާ މީހާގެ ތަދެއް އަނެކާއަކަށް އިހުސާސެއްނުވާނެއެވެ. ލަދުނުގަނަނަކަން ސާބިތުކޮށްދީ އެތަދު ފޮރުވުމަށް އެތައް މޮޅެތި ވާހަކައެއް އެމީހަކު ދައްކާނެއެވެ. ނިހާނަށް ކުރިމަތިވެފައިމިވަނީ އެފަދަ ހާލަތަކަށް ވެދާނެތާ އެވެ. ކުރާނެ ކަމެއްނެތެވެ. ނާޒުކު ވަގުތު ކޮޅެކެވެ.

ފާހަގަ ކޮށްލަން ޖެހޭ ކަމަކީ ނިހާނަކީ މި ސަރުކާރު ވުޖޫދަށް އައިފަހުން އެންމެ ފާޅުކަން ބޮޑު ގޮތެއްގައި އިންޑިއާއަށް ފާޑު ވިދާޅުވާ ބޭފުޅުންގެތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ލިސްޓުގެ ކުރީސަފުން ޖާގަ ހޯއްދަވާފައިވަ ބޭފުޅެކެވެ. އަދި ހަމަ އެހެންމެ ރައީސް ޔާމިން ގެ މިސަރުކާރުންވެސް ވަނީ އެތައް ފަހަރެއްގެ މަތިން އިންޑިއާއަށް ފާޑު ވިދާޅުވެ ރާއްޖޭގެ ކަންކަމާ ނުބެހުމަށް އަންގައިފައެވެ. ހަމަޔަގީނުންވެސް އިންޑިއާއިން ދިވެހި ސަރުކާރަށް މިފަހަރު މި ފޮނުވާލީ ވަރުގަދަ ތީރެކެވެ. ޒަޚަމް ވީ ނިހާނެވެ. މިވަރުންވެސް ވިސްނަން ނުވޭ ބާއްވައެވެ. ތިމާ ފޭހުނު އިލޮށިގަނޑު ތިމާގެ ލޮލަށް ހެރެޔޭ ބުނާތީ އަޑުއަހަމެވެ. ނިހާނަށް މިދިމާވީ އެހެން ބާއްވައެވެ. އަދި ދެން ތިބި ސަރުކާރުގެ އިސް ވެރިންނަށްވެސް މި ލިބުނީ އިންޒާރަކަށް ނޫނީ ނުވާނެތާއެވެ.
ގުޅުންހުރި
ޗައިނާއިން އަތުލާފައިވާ ރަށްތައް އަސްކަރީ ތަންތަނަށް ބަދަލުކޮށްފާނެ: ނަސީމް
24 ޖޫން 2018
އިންޑިއާ އިން ރާއްޖެ އެތެރެ ކުރާ ކާޑުގެ ބާވަތްތަކުގެ ކޯޓާ ވަރަށް ބޮޑަށް ކުޑަކޮށްފި
23 ޖޫން 2018
ދިވެހި ސިފައިންނާއި އިންޑިއާ ސިފައިންގެ ހަރަކާތްތައް ނިންމާލައިފި
21 ޖޫން 2018
ހެލިކަޕްޓަރުތައް ގެންދަން އެންގި މައްސަލާގައި ހައްލެއް ހޯދަން މަޝްވަރާ ކުރަނީ
21 ޖޫން 2018
ހިޔާލު

ސްޕްރިންގް
ނިހާނައް ވީވަރު ދޯ!!

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]