Apple Inn iOS 12 Aamunnah Dhahkaalaifi
vfp.mv
VFPBAAZAARU
MIB
MIB
އެޕަލްއިން އައިއޯއެސް 12 އާންމުންނަށް ދައްކާލައިފި
inage
  ޓެކްނޮލޮޖީ | | 5 ޖޫން 2018 | 0 ކޮމެންޓް
މަޝްހޫރު އެޕަލް ކުންފުނީގެ އައިފޯންތަކުގެ އެންމެފަހުގެ ސޮފްޓްވެއާ ކަމުގައިވާ އައިއޯއެސް 12 އާންމުންނަށް ދައްކާލައިފި އެވެ. dhi2
އެންހެން އަހަރުތަކޭ އެއްފަދައިން މިއަހަރު ވެސް އެޕަލްއިން އައިއޯއެސް 12 ލޯންޗު ކުރީ އެކުންފުނިން އަހަރު އެއްފަހަރު ބާއްވާ ދުނިޔޭގެ ޑިވެލޮޕަރުންގެ ބައްދަލުން (ޑަބްލިއު.ޑަބްލިއު.ޑީ.ސީ) ގައެވެ. ރޭގެ ކީނޯޓާއެކު ޑަބްލިއު.ޑަބްލިއު.ޑީ.ސީ 2018 ރަސްމީކޮށް ފަށާފައިވާއިރު މި އިވެންޓު ކުރިއަށް އޮތް ހަފްތާގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

ރޭ އެޕަލްއިން އައިއޯއެސް 12 އާއްމުންނަށް ދައްކާލާފައިވާއިރު މި ސޮފްޓްވެއާ ޑިޒައިންކޮށްފައިވަނީ އެކުންފުނީގެ ފޯނުތަކާއި ޓެބްލެޓުތަކުގެ ޕަފޯމަންސް ރަނގަޅުކުރުމަށް އިސްކަމެއްދީގެންނެވެ. އެގޮތުން އައިއޯއެސް 11 ސަޕޯޓު ކުރާ ހުރިހާ ޑިވައިސަކަށް އެޅޭ މި ސޮފްޓްވެއާއަށް ފޯނުތައް އަޕްޑޭޓުކޮށްލައިގެން އެވްރެޖުކޮށް 5 ގުނައަށް ކުރީގެ ފޯނުތައް އަވަސް ވެގެންދާނެ ކަމަށް އެޕަލްއިން ބުނެއެވެ.

ފޯނުތަކުގެ ޕަފޯމަންސް ރަނގަޅު ކުރުމުގެ އިތުރުން އައިއޯއެސް 12 ގައި ހިމާނާފައިވާ އެހެން ފީޗާތަކަށް ބަލާލާއިރު އައިއޯއެސް 12 އާއެކު ފޯނު ބޭނުން ކުރާ ގޮތް ބޭނުން ގޮތަކަށް ބައްޓަން ކޮށްލެވޭނެ އެވެ. މިކަމައްޓަކައި އެޕަލްއިން ހާއްސަ އެޕްއެއް ތައްޔާރުކޮށްފައިވާއިރު މި އެޕްގެ ޒަރިއްޔާއިން ފޯނުގައި ހޭދަކުރާ ވަގުތާއި އެންމެ ގިނައިން ބޭނުން ކުރަނީކޮން އެޕްލިކޭޝަންތަކެއްތޯ ބަލާލުމުގެ އިތުރުން ކޮންމެ އެޕްލިކޭޝަނެއް ބޭނުން ކުރުމަށް ވަކި ވަރަކަށް ވަގުތު ވެސް ކަނޑައެޅިދާނެއެވެ.

އެހެން އަހަރުތަކާ ހިލާފަށް މިފަހަރު އެޕަލްއިން ނެރުނު އައިއޯސް 12 ގައި ބޭރަށް ފެންނަ "ވިޝުއަލް" ބަދަލުތައް ވަރަށް މަދެވެ. އަޅައިގަންނާނެ މާބޮޑު ބަދަލެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެޕަލްއިން ބުނާ ގޮތުގައި މިފަހަރުގެ އަޕްޓޭޑް ތައްޔާރުކޮށްފައިވަނީ އައިއޯއެސް 11 އިން ލިބުނު ފިޔާވަޅުތަކުން އިބުރަތް ހާސިލުކޮށް 11 އިތުރު ފުރިހަމަ ކުރުމުގެ ގޮތުންނެވެ.

ރޭ ޑަބްލިއު.ޑަބްލިއު.ޑީ.ސީ ގައި އެޕަލްއިން ވަނީ އައިއޯއެސްގެ އިތުރުން އެކުންފުނީގެ ލެޕްޓޮޕްތަކުގައި ބޭނުން ކުރާ މެކް އޯއެސް، އާއި އެޕަލް ވޮޗްގެ ވޮޗް އޯއެސް އާއި ޓީވީ އޯއެސްގެ އިތުރުން އެކްސް ކޯޑުގެ ވެސް އާ ވާޝަންތައް ދައްކާލާފައެވެ. ރޭގެ އިވެންޓުގައި ދައްކާލި ހުރިހާ ސޮފްޓްވެއާއެއް މިހާރު ޑިވެލޮޕަރުންނަށް ޓެސްޓު ކުރުމަށް "ބީޓާ" ގެ ގޮތުގައި ދޫކޮށްލާފައިވާއިރު މި ސޮފްޓްވެއާތައް ރަސްމީ ގޮތުން އާއްމުންނާ ހިސާބަށް އަންނާނީ ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ނަމަވެސް އޭގެ ކުރިން އެޕްލައިން ޕަބްލިކް "ބީޓާ" ތަކެއް ނެރޭނެ ކަމަށް ބެލެވެއެވެ.
ގުޅުންހުރި
އެޕަލްއިން އައިފޯނު 8 އާއި +8 ގެ އާކުލައެއް ބާޒާރަށް ނެރެފި
10 އޭޕްރީލް 2018
އައިފޯނު އެކްސްގެ އާ މޮޑެލްތަކެއް މިއަހަރު ރިލީޒްކުރަނީ
19 މާޗް 2018
ފޯނު ސްލޯވާތީ އެޕަލް ކުންފުންޏާއި ދެކޮޅަށް ދައުވާކޮށްފި
23 ޑިސެންބަރ 2017
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]