Ehlakin Rayithumeeha Andhavalhakah?
vfp.mv
VFPBAAZAARU
MIB
MIB
އެއްލަކިން ރައްޔިތުމީހާ އަނދަވަޅަށް؟
inage
އެއްލަކިން ލައިސަންސް ދޫކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވާން ގޮސް ތިބި ބަޔަކު--ފޮޓޯ އިކޮނޮމިކް މިނިސްޓްރީ
  ޚިޔާލު | | | ފާތުމަތު މާޝާ | 1 ޖޫން 2018 | 5 ކޮމެންޓް
ތޮއްޖެހިފައިވާ މި މާލޭގެ މަގުތަކަކީ ހިނގާބިނގާވެ އުޅެން ދަތި މަގުތަކެކެވެ. އެއްގަމު އުޅަނދު ފަހަރުތަކަށް ދަތުރުކުރަން އުނދަގޫ މަގުތަކެކެވެ. 10 މިނެޓުން ހިނގާފައި ދެވޭ އޮފީހަށް ކާރަކަށް ނުވަތަ ޓެކްސީއަކަށް އެރުމުން 25-20 މިނެޓުން ދެވޭ ކަމީ މިކަމުގެ ހެއްކެކެވެ. kobadoctor
ކުރާނެ ކަމެއް ނެތެވެ. ބައެއް ބޭފުޅުންނަށް މި މާލެ ތޮއްޖެހިފައިވާ ތަނެއްގެ ގޮތުގައި ފެނި ނުލެއްވިއަސް އާދައިގެ ރައްޔިތުމީހާ އަށް އެކަން ގަބޫލެއް ނުކުރެވޭނެއެވެ. މިފަދަ ވެއްޓަކަށް މިކަމުގެ ސަބަބުން ދިމާވާނެ ހުރިހާ މައްސަލައެއް މި ކުޑަކުޑަ މާލެ އަށް ވަނީ ފެންމަތިވެފައެވެ. އެކްސިޑެންޓްތައް އިންތިހާއަށް ގިނައެވެ. ދަތުރުކުރަން އެހާމެ ދައްޗެވެ.

ނަމަވެސް މިހުރިހާ ކަމެއް މިހެން އޮއްވާ، ސިއްސުވާލީ ޓްރާންސްޕޯޓް އޮތޯރިޓީން "އެއްލަކިން މަށަށް ލައިސެންސް"ގެ ނަމުގައި ޕްރޮގޮރާމެއް ހިންގަން އުޅޭ ވާހަކައެވެ. މިހާރު އެ ޕްރޮގޮރާމެއް ހިންގަން ފަށައިފިއެވެ. ޕްރޮގްރާމްގެ މަގުސަދަކީ އެތައް ސަތޭކަ ބަޔަކަށް ލައިސެންސް ހޯދާ ދިނުން ކަމުގައި ވާނަމަ އެކަން ވަރަށް ވެސް ކާމިޔާބު ކަމާއެކު ކުރިއަށް އެބަދެއެވެ. 27 މެއި 2018 ގެ ނިޔަލަށްވެސް 764 މީހަކަށް މި ޕްރޮގްރާމްގެ ދަށުން އެއްގަމު އުޅަނދު ދުއްވުމުގެ ޑްރައިވިންގް ލައިސެންސް ދޫކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.

އެންމެ ރަނގަޅެވެ. ކާމިޔާބު ޕްރޮގްރާމެކެވެ. ނަމަވެސް ދެން އުފެދޭ ސުވާލާކީ އެތައް ސަތޭކަ ބަޔަކަށް އެއްފަހަރާ ލައިސެންސް ދޫކުރުމުން ދެން ވާނީ ކިހިނެއްތޯއެވެ؟ ހަމަ ޔަގީނުންވެސް ލައިސެންސް ދިނުމުގެ އުސޫލުތަކަށް އެންމެ އެކަށީގެންވާ ގޮތަށް އަމަލު ކުރެވޭނެ ބާއްވައެވެ. ބަލަން ޖެހޭ މިންގަނޑުތަކަށް އެންމެ އެކަށީގެންވާ ގޮތަކަށް ބެލޭނެ ބާއްވައެވެ.

ނަތީޖާއެއްގެ ގޮތުން ކުފޫ ހަމަނުވާ ނުފަރިތަ އެތައް ބަޔަކަށް އެއްލަކިން ލައިސެންސް ދޫކުރެވި މާލޭގެ މި ކާރޫބާރޫ ބޮޑު މަގުތަކަށް އެމީހުން ނިކުންނާނެއެވެ. ތިމާގެ ފަރިތަކަމުގެ ސަބަބުން އަނެކާގެ ނުފަރިތަކަމަށް ބެލުމެއްނެތި ދުއްވާ މީހުން ގިނަ މި މުޖުތަމައުގައި މި ކަމުގެ ސަބުބުން އެތައް މައްސަލަތަކެއް ކުރިމަތިވާނެއެވެ. އެތައް ބައެއްގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅިގެންދާނެއެވެ. މަގުތަކުގެ ނާމާންކަން އެތައް ގުނައެއް ބޮޑުވެގެން ދާނެއެވެ. ޚާއްސަކޮށް ރޯދަ މަހަކީ އެހެން މަސްތަކާ ހިލާފަށް މީހުން ގިނައަދަދަކަށް ދުއްވަން ނިކުމެ އުޅޭ މައްސަރެކެވެ.

މިފަދަ ވަގުތެއްގައި މިކަހަލަ މާހައުލަކަށް މީ އެންމެ އެކަށީގެންވާ ޕްރޮގްރާމެއްބާވައެވެ؟ ނުރައްކާތެރި އެކްސިޑެންޓްތައް އާންމުވެފައިވާ މި ދުވަސްވަރަށްޓަކައި ޓްރާންސްޕޯޓް އޮތޯރިޓީން ދޭ ރޯދަ ހަދިޔާ އަކީ މިއީ ބާއްވައެވެ؟ ނުވަތަ އިންސްޓަގްރާމް އެކައުންޓް ނަމާއި، ވައިބަ ނަމްބަރާއި ، ފޭސްބުކް ނަން އަދި ވަޓްސްއެޕް ނަންބަރު ޖަހައިގެން ފުރިހަމަ ކުރި ފޯމުގެ ފުރަގަހުގައި ވަނީ ފޮރުވިފައިވާ ސިޔާސީ ބޭނުމެއް ބާވައެވެ؟ ނުވަތަ ރައްޔިތުމީހާ އަށް ދަޅަތަކެއް ދައްކާ ރައްޔިތުމީހާ އެއްލަކިން އަނދަވަޅަކަށް ވައްޓާލަނީ ބާއްވައެވެ؟

ހިތާމަ ހުރިކަމެކެވެ. ރައްޔިތުމީހާއަށް ބެލުމެއްނެތި އަދި ކުރިމަތި ވެދާނެ ނުރައްކަލަކަށް ބެލުމެއްނެތި ހިންގަމުން ދާ މިފަދަ ޕްރޮގްރާމްތަކަކީ ސަރުކާރުގެ މިނިސްޓްރީތަކުގެ ޒިންމާދާރުކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހާމަވެގެންދާ ޕްރޮގްރާމް ތަކެކެވެ.
ހިޔާލު

މަންޖެ
ތިކަހަލަ ކޮންމެ ވެސްގަނޑެއް ދެން ގަނެވޭނީ
މުހައްމަދު
ވޯޓުލާދުވަސް ކައިރިވާވަރަކަށް ތިކަހަލަ މޮޅު އެތައްކަމެއްކޮށް ރައްޔިތުން ރުޅިއަރުވާނެއެވެ. ތިކަމާއި ހަވާލުވެގެންހުރި ވަޒީރު މަގާމާއި ހަވާލުވިފަހުން ރައްޔިތުން ހަވާލުކުރި ކޮންކަމެއް ކުރެވުނީ.
ޢެއްލަކިން
ބަލަ ވެލާނާގެ ކައިރިއަށް އެއްލަކިން ލައިސެންސް ނަގާ ތަން ބަލާލަން ދާ މީހަކަށް އެތާ ދުއްވާމީހުންގެ ފެންވަރު ފެންނާެނެ. ތުރު ތުރު އަޅަމުން ދުއްވާ މީހާއަށްވެސް އެއްލކިން ލއސެންސްމ ފާރަށް އަރުވާލި މީހާއަށްވެސް އެއްލަކިނ ލައިސެންސް. މީ ތިބުނާ ތަރައްގީ އާއި ފަސޭހަ ނަމަ އަހަރުންނަކަށް އެ އެއް ބޭނުމެއްނޫން
ސޮބުރީ
ކަލޭމެން އެންމެ ކުޑަމިނުން ރައްޔިތުމީހާއަށް އިތުބާރުވެސް ނުކުރޭ... މިއީ ރައްޔިތުމީހާއަށް ލިބުނު ވ ބޮޑު ލުޔެއް
ޙ
ޖޫރިމަނާ ހުރި މީހުން ނައް ވެސް އެއް ލަކިން.... މުޅިން ވެސް ދގު

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]