Ey Fussevumah Edhey Meehaa!
vfp.mv
VFPBAAZAARU
HM
HM
އޭ ފުއްސެވުމަށް އެދޭ މީހާ!
inage
  ދީން | | | ޝެއިހް އަބްދުލް ހާދީ ހުސައިން | 23 މެއި 2018 | 0 ކޮމެންޓް
މާތްﷲ ޚަލްޤު ކުރައްވާފައިވާ މަޚްލޫޤުންގެ ތެރެއިން އެކަލާނގެ ވަނީ ބައެއް މަޚްލޫޤުން މާތްކުރައްވާ ޚާއްޞަ ކުރައްވާފައެވެ. މިގޮތުން މައްސަރުތަކުގެ ތެރެއިން ރަމަޟާން މަސް ވަނީ ޚާއްޞަ ކުރައްވާފައެވެ. އެމަހުގައި ރޯދަ ހިފުންވަނީ ޝަރުޢު ކުރައްވާފައެވެ. އެއީ އިސްލާމްދީނުގެ ތިންވަނަ ރުކުނެވެ. ރޯދަ ފިޔަވައި އާދަމްގެ ދަރިޔާގެ ޢަމަލުތައްވަނީ އޭނާއަށެވެ. އެހަނަސް ރޯދަ ވާހުށީ އެކަލާނގެ އަށެވެ. އެއަށް ޖަޒާ ދެއްވާ ހުށީ އެކަލާނގެ އެވެ. dhi2
ރަމަޟާން މަހުގައި މާތްﷲ ވަނީ ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވާލައްވާފައެވެ. އަދި ނަރަކައިގެ ދޮރުތައްވަނީ ބަންދު ކުރެވިގެންނެވެ. އަދި މި މަހަކީ ޝައިޠާނުން ކަސްތޮޅު އެޅުވިގެންވާ މައްސަރެވެ. މި ހުރިހާ ކަމަކާއެކު ރަމަޟާން މަހުގައި ލިބިގެންވާ އެންމެ މަތިވެރި ކަމަކީ އެއީ މަޣްފިރަތުގެ މައްސަރެވެ. އެހެނީ ފާފަ ފުއްސެވުމުގެ މައްސަރެވެ. ފުއްސެވުމަކީ އަޅުން އެކަމަށް އެދިއެދި ތިބޭ ކަމެވެ. އެމީހަކަށް ފުއްސެވުން ލިބިގެންވާ މީހަކީ ކާމިޔާބުގެ އަހުލުވެރިއެކެވެ.

އޭ ފުއްސެވުމަށް އެދޭ މީހާއެވެ! ފާފަތަކުގައި ބުރަހެލިވެފައިވާ މީހާއެވެ! ފަހެ މިއީ ފުއްސެވުމުގެ މައްސަރެވެ. އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން ހަދީޘްގެ މާނާގައިވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. "ސަވާބަށް އެދި އީމާންކަމާއެކު ރަމަޟާންމަހުގެ ރޯދަ ހިފައިފި މީހަކު، އިސްވެ ގޮސްފައިވާ ފާފަތައް މާތްﷲ ފުއްސަވައެވެ." އަދިވެސް ހަމަ އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން ޙަދީޘްގެ މާނާގައިވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. "ފަރުޟު ފަސްނަމާދާއި، އަދި އެއް ހުކުރުން އަނެއް ހުކުރަށް، އަދި އެއް ރަމަޟާނުން އަނެއް ރަމަޟާން، ބޮޑެތި ފާތަކުން ދުރުހެލިވެގެންވާ ޙާލު އެއީ އެ ދެމެދުގައި ކުރެވޭ ފާފަތަކަށްވާ ކައްފާރާއެކެވެ."

ރަމަޟާން މަހުގެ ރޯދައިން ފުއްސެވުން އެދޭ މީހާ، ދޮގޮވާހަކަތަކާއި ހަޑިބަސްތަކުން މިންޖުވާ ހުއްޓެވެ. އެހެންނޫންނަމަ އޭނާއަށް އޮތީ ރޯދައިގެ ސަބަބުން ބަނޑުހައި ހޫނު ކަމެވެ.

ރޯދައިގެ އިތުރުން ފުއްސެވުމުގެ އަނެއް ޢަމަލަކީ މި މަހުގައި ކުރެވޭ ރޭ އަޅުކަމެވެ. އަބޫ ހުރައިިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވާ ޙަދީޘްގެ މާނާގައިވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ."ސަވާބަށް އެދި އީމާންކަމާއެކު ރަމަޟާންމަހުގެ ރޭ އަޅުކަންތައް ކޮށްފި މީހަކު، އިސްވެ ގޮސްފައިވާ ފާފަތައް މާތްﷲ ފުއްސަވައެވެ." ރަމަޟާންމަހުގެ ރޭތައްވަނީ މަޙްދޫދު ވެގެންނެވެ. ފަހެ މަޣްފިރަތަށް އެދޭ މީހާ އަވަސްވެގަންނާށެވެ. މި މަހުގެ ރޭތަށް ބޭކާރުކޮށްނުލާށެވެ. ހަމަ މިއާއެކު ފަހު ދިހައެއްގައި އަންނަ ލައިލަތުލް ޤަދްރި ރޭގެ އަޅުކަން ލިބޭތޯ މަސައްކަތް ކުރަމާ ހިނގާށެވެ. އެހެނީ ހަމައެކަނި އެރޭގެ އަޅުކަން ކޮށްފި މީހާގެވެސް އިސްވެ ގޮސްފައިވާ ފާފަތައް ފޮހެވެގެންދެއެވެ. މިހެންކަމުން ފަހު ދިހައެއްގެ ހުރިހާ ރެއަކުވެސް ގަދައަޅާ މަސައްކަތް ކުރަންވީ މި ރެއާ ދިމާވޭތޯއެވެ.

އޭ ފުއްސެވުމަށް އެދޭ މީހާއެވެ! މިމަހުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ. ދުޢާއަކީ ރަމަޟާން މަހުގެ ސަބަބުން އަޅުގަނޑުމެންގެ ފާފަތައް ފޮހެވެގެންދާ ބައެއްކަމުގައި އެކަލާނގެ އަޅުގަނޑުމެން ލެއްވުމެވެ. އާމީން!
ގުޅުންހުރި
ރަމަޟާން މަހަކީ ޤްރުއާންގެ މައްސަރު
19 މެއި 2018
ރޯދަވެރިޔާއަށް އިރު އޮއްސުމުން ހުއްދަވާ ކަންތައްތައް
18 މެއި 2018
މަޝްހޫރު ދީނީ އިލްމުވެރިޔާ ޔޫސުފް އެސްޓެސްގެ ދަރުހެއް ހުޅުމާލޭގައި
25 އޭޕްރީލް 2018
"އަދުލަށް ހުކުމް ނުކުރެވޭ ގާޒީން އިސްތިއުފާ ދީފައި ގެއަށް ދިއުން މާ ރަނގަޅު"
18 އޭޕްރީލް 2018
ހިޔާލު

ގުޅުންހުރި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]