Dr,Majeedge Janaazaa Maadhamaa Lankaagai, Ghaibah Kashunamaadhu Kurun Islaamee Markazugai
vfp.mv
VFPBAAZAARU
HM
HM
ޑރ.މަޖީދުގެ ޖަނާޒާ މާދަމާ ލަންކާގައި، ޣައިބަށް ކަށުނަމާދު ކުރުން މަރުކަޒުގައި
inage
ޑރ.މަޖީދު---
  ހަބަރު | | 22 މެއި 2018 | 1 ކޮމެންޓް
ދީނީ އިލުމުވެރިޔާ އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.އަބްދުލް މަޖީދު އަބްދުލް ބާރީގެ ޖަނަޒާ މާދަމާ ސްރީލަންކާގައި ކުރިއަށް ގެންދިއުމަށާއި ރާއްޖޭގައި ޣައިބަށް ކަށު ނަމާދު ކުރުމަށް ނިންމައިފިއެވެ. muni
ޑރ.މަޖީދުގެ ދަރިކަލުން އަހުމަދު ފިރާސް ވިދާޅުވެފައިވާ ގޮތުގައި ޑރ.މަޖީދު ފަސްދާނުލުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު ނަމާދަށްފަހު ކޮލޮމްބޯ ހަތަރެއްގައި ހުންނަ ޖަވައްތާ މުސްލިމް ބަރިއަލް ގްރައުންޑްސްގައެވެ. މޫނުދެއްކުން 10 އެއް ޖަހާއިރުން ފެށިގެން މެންދުރު ނަމާދާ ޖެހެންދެން އޮންނާނެއެވެ.
ފިރާސް ވިދާޅުވެފައިވާ ގޮތުގައި ޑރ.މަޖީދުގެ މައްޗަށް ޣައިބަށް ކަށު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ އިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.
ލަންކާއަށް ވަޑައިގެން އުޅުއްވަނިކޮށް ސްޓްރޯކެއް ޖެހި ހާލުކޮޅު ސީރިއަސްވީ މިދިޔަ ހުކުރު ދުވަހުއެވެ.

ޑރ.މަޖީދު އަވަހާރަވީ ލަންކާ ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް މިއަދު މެންދުރުއެވެ.

އަދާލަތު ޕާޓީގެ އެއް ފައުންޑަރު މަޖީދު މިހާރު ވެސް ދަނީ އެޕާޓީގެ ޑިނީ އިލުމުވެރިންގެ މަޖިލީހުގެ މެންބަރުކަން އަދާ ކުރައްވަމުންނެވެ. މަޑުމައިތިރި މިޒާޖެއްގެ ވެރި ޑރ.މަޖީދު ގެންދެވީ ގައުމީ ޔުނިވާސިޓީގައި ލެކްޗަރާއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވަމުންނެވެ.
ގުޅުންހުރި
ހައްޤުބަސް ވިދާޅުވުމުގައި ޑރ މަޖީދު ފަސްޖެހިވަޑައި ނުގަންނަވާ: ރައީސް ނަޝީދު
22 މެއި 2018
ޑރ މަޖީދުގެ އާއިލާއަށް ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ
22 މެއި 2018
ޑރ މަޖީދުގެ ހާލުކޮޅު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެނީ
19 މެއި 2018
ފަނޑިޔާރުކަމަށް އަންހެނުން އިސްކުރުން ހުއްދައެއް ނޫން: ޑރ މަޖީދު
31 ޖުލައި 2017
ހިޔާލު

ގުޅުންހުރި
އަހުމަދު
ޑރ.މަޖީދުއަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އަދި ޢާއިލާ އަށް ކެތްތެރިކަން މިންވަރުކުރައްވާށިއެވެ. އާމީން..

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]