Israelge Jareemaathah Thahugeeg Kurumah ICC ah Hushahalhaifi
vfp.mv
VFPBAAZAARU
MIB
MIB
އިޒްރާއީލުގެ ޖަރީމާތައް ތަހުގީގު ކުރުމަށް އައިސީސީއަށް ހުށަހަޅައިފި
inage
މާލިކީ---ފޮޓޯ:ރިއުޓާސް
  ދުނިޔެ | މެދުއިރުމަތި | 22 މެއި 2018 | 0 ކޮމެންޓް
ފަލަސްތީނުގެ ރައްޔިތުންނާ މެދު އިޒްރާއީލުން ހިންގަމުން ގެންދާ ލާއިންސާނީ ޖަރީމާތައް ތަހުގީގު ކުރުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ. Dhiraagu
އެ މައްސަލަ ފަލަސްތީން ސަރުކާރުގެ ފަރާތުން އައިސީސީއަށް ހުށަހެޅީ ފޮރިން މިނިސްޓަރު ރިއާދު އަލް މާލިކީއެވެ. މައްސަލަ މިއަދު އައިސީސީއަށް ހުށަހެޅުމަށްފަހު މާލިކީވަނީ އެއީ ފަލަސްތީނުގެ ރައްޔިތުންނައްޓަކާ އެޅުނު ހަރުދަނާ ފިޔަވަޅެއް ކަމަށެވެ.

އެ މައްސަލާގައި ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާއި އިޒްރާއީލުން ހިންގާ ވަޒަންވެރިކުރުމުގެ މަޝްރޫއުތަކާއި، ބިން ފޭރުމުގެ މައްސަލަތައް ވެސް ހިމެނޭނެ ކަމަށް މާލިކީ ފާހަގަ ކުރެއްވިއެވެ.

މިއީ ފަލަސްތީނުގެ ސަރުކާރުގެ ފަރާތުން އައިސީސީއަށް އެފަދަ މައްސަލައެއް ހުށަހެޅި ފުރަތަމަ ފަހަރެވެ.

އިޒްރާއީލަކީ އައިސީސީގެ މެންބަރަކަށް ނުވި ނަމަވެސް ފަލަސްތީނުގައި ހިންގަމުންދާ ޖަރީމާތައް ބެލުމުގެ އިހުތިސާސް އެ ކޯޓަށް އޮންނާނެއެވެ.

އިޒްރާއީލާ ދެކޮޅަށް މައްސަލައެއް ހުށަހަޅާފައި މިވަނީ މިމަހުގެ 14 ވަނަ ދުވަހު އިޒްރާއީލުން 62 މީހަކު ޝަހީދުކޮށްލާ އިތުރު ޖަރީމާއެއް ހިންގާފައި ވަނިކޮށެވެ.
ގުޅުންހުރި
އިޒްރާއީލުން ފަލަސްތީނުގެ ކުއްޖަކު ޝަހީދުކޮށްލައިފި
8 ސެޕްޓެމްބަރ 2018
ފަލަސްތީނުގެ ރެފިއުޖީ އެޖެންސީތަކަށް ދޭ އެހީ ހުއްޓާލަނީ
1 ސެޕްޓެމްބަރ 2018
ގާޒާއަށް ދޭން ބުނި އެހީ ނުދޭން ނިންމައިފި
25 އޯގަސްޓު 2018
އިޒްރާއީލުގެ ޖަލުން ދޫކޮށްލި އަހަދު ތަމީމީ: އާ ހިތްވަރަކާ، ވަރުގަދަ މެސެޖަކާއެކު
30 ޖުލައި 2018
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]