Coca-Cola ge Isthihaareh Furathama Faharah Raajje gai Hadhaifi
vfp.mv
VFPBAAZAARU
MIB
MIB
ކޮކަ ކޯލާގެ އިސްތިހާރެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ހަދައިފި
inage
  ވިޔަފާރި | ކުންފުނި | 21 މެއި 2018 | 0 ކޮމެންޓް
ދުނިޔޭގެ ލީޑިންގް ބޭވަރޭޖް ކުންފުނި، ކޮކަ ކޯލާގެ އިސްތިހާރެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ހަދައިފިއެވެ. dhi2
އެ އިސްތިހާރު ލޯންޗުކޮށްފައިވަނީ އެކަމަށްޓަކައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ފިލްމީ ތަރި އަހުމަދު ނިމާލެވެ. ފިލްމީ ތަރި އަހުމަދު ނިމާލާއި ޝީލާ ނަޖީބް ފެނިގެންދާ އެ އިސްތިހާރު ހަދާފައިވަނީ ޗޮޕާޓް އިންނެވެ.

އިސްތިހާރުގައި ފެނިގެންދަނީ އާއިލާއަކުން ރޯދަ ވީއްލުމަށް ތައްޔާރުވަމުންދާ މަންޒަރެވެ. އެގޮތުން ކާއެއްޗެހި ތައްޔާރު ކުރާ މަންޒަރު ފެނިގެންދެއެވެ. އަދި ކޮކާ ކޯލާ ފުޅިއެއް ގެނައުމުން އާއިލާއަށް ލިބިގެންދާ އުފާވެރިކަން އެ އިސްތިހާރުން ފެނިގެންދެއެވެ.

އިސްތިހާރާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ކޮކަ ކޯލާގެ ރާއްޖެ އަދި ބޫޓާންގެ ކަންޓްރީ މެނޭޖަރު އަބްހިޖިތު ލަހިރި ވިދާޅުވީ ދިވެހި އާއިލާތަކަށް ރަމަޟާން މަހަކީ މުހިންމު މަހެއް ކަމަށެވެ. އަދި ކޮކާ ކޯލާގެ ބޭނުމަކީ އޯގާތެރިކަމާއި އެކުވެރިކަން އާލާކުރުން ކަމަށް އަބްހިޖިތު ވިދާޅުވިއެވެ.
ގުޅުންހުރި
ކޮކާކޯލާގެ ހަރަދުގައި ވޯލްޑްކަޕް ބަލާލުމަށް ރާއްޖެއިން 10 މީހުން ރަޝިޔާއަށް
20 ޖޫން 2018
ރަން އިން މޯލްޑިވްސްގެ ނަމުގައި ޓީއެފްޖީން މެގަޒިންއެއް ނެރެފި
18 އޭޕްރީލް 2018
ކޮކާކޯލާ ލޯންގް ރަން 2018 ގެ ޕާޓްނަރުން ހަމަޖައްސައިފި
17 މާޗް 2018
ހިޔާލު

ގުޅުންހުރި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]