Roadha Veriyaa ah Iru Ossumun Huhdhavaa Kanthahthah
vfp.mv
VFPBAAZAARU
MIB
MIB
ރޯދަވެރިޔާއަށް އިރު އޮއްސުމުން ހުއްދަވާ ކަންތައްތައް
inage
  ދީން | | | ޝެއިހް ފައްޔާޒު އަލި މަނިކު | 18 މެއި 2018 | 1 ކޮމެންޓް
الله سبحانه وتعالى ގެ حِكمة ފުޅުން އެކަލާނގެ މީސްތަކުންނަށް ކަންތައްތައް ޝަރުޢު ކުރައްވާ އިރު އެކި ފަހަރު މަތިން އެކި ކަންކަން ޝަރުޢުކުރައްވައެވެ. އަދި ހަމަ އެފަދައިން އެއްކަމެއް ޝަރުޢުކުރައްވާއިރު، އެކި ފަހަރު މަތިން ދިމާވާ ޙާދިޘާތަކާ ގުޅިގެން އެކަމަކާ ގުޅޭ حكم ތަކަށް އެކި ބަދަލުތައް ގެންނަވައެވެ. އެފަދަ ބަދަލުތައް ގެންނަވައިފައިވަނީ އިންސާނުންނަށް ލުއިފަސޭނަވާނޭ ގޮތަށެވެ. އެފަދައިން ރޯދައިގައިވެސް ވަނީ ބަދަލުތަކެއް މެދުވެރިކުރައްވައި، އިންސާނުންނަށް ލުއިފަސޭހަވާނޭ ގޮތް މިންވަރު ކުރައްވައިފައެވެ. kobadoctor
الإمام البخاري صحيح البخاري ގައި ރިވާ ކުރައްވައިފައިވެއެވެ. البراء رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رسول الله صلى الله عليه وسلم ގެ أصحاب ބޭކަލުންގެ ތެރެއިން ބޭކަލަކު ރޯދައަށް ހުންނެވިނަމަ ރޯދަ ވީއްލާ ވަގުތު ޖެހުނު އިރު އަވަހާރަފުޅުލެއްޕެވިފައި އޮންނެވި ނަމަ އެބޭކަލަކު އެ ރޭ ފަރިއްނުކުޅައްވާނެތެވެ. އަދި އެ ގޮތުގައި ވިދިގެން އަންނަ ދުވަހު ރޭގަނޑު ވަންދެން ފަރިއްނުކުޅައްވާ ހުންނަވާނެތެވެ.

ހަމަކަށަވަރުން قيس بن صرمة الأنصاري رضي الله عنه ރޯދައަށް ހުންނެވިއެވެ. ދެންފަހެ ރޯދަ ވީއްލާ ވަގުތު ޖެހުމުން އެކަލޭގެފާނު އެކަލޭގެފާނުގެ އަނބިކަނބަލުންގެ އަރިހަށް ވަޑައިގެން އެކަމަނާއަށް ދެންނެވިއެވެ. ކަމަނާގެ އަތްޕުޅުގައި ކާނެ އެއްޗެއް އެބަހުރި ތޯއެވެ؟ އެކަމަނާ ވިދާޅުވިއެވެ. ނެތެވެ. އަދި އެހެންނަމަވެސް ތިމަންކަމަނާ ވަޑައިގެން ކަލޭގެފާނަށް އެއްޗެއް ހޯދައިގެން އެބަ ވަޑައިގަންނަވަމެވެ. އަދި އެކަލޭގެފާނު އެ ދުވަހު ކުރި މަސައްކަތުގެ ސަބަބުން ވަރުބަލިވެލައްވާފައިވާލެއް ބޮޑުކަމުން އެކަލޭގެފާނަށް އަވަހާރަފުޅުލެއްޕެވުނެވެ. އެއަށްފަހު އެކަލޭގެފާނުގެ އަނބިކަނބަލުން ވަޑައިގެންނެވިއެވެ. ދެންފަހެ އެކަމަނާއަށް އެކަލޭގެފާނު (އަވަހާރަފުޅު ލެއްޕެވިފައި އޮންނަވަނިކޮށް) ފެނިވަޑައިގެންނެވުމުން ވިދާޅުވިއެވެ. ކަލޭގެފާނަށް ވާ ހިތާމައެއްގެ ބޮޑު ކަމާއެވެ! ދެން (އަނެއް ދުވަހު) މެންދުރުވީއިރު އެކަލޭގެފާނު ހޭފުޅުނެތިއްޖެއެވެ. ދެންފަހެ އެ ވާހަކަ رسول الله صلى الله عليه وسلم އަށް ދެންނެވުމުން މި آية ބާވައިލެއްވުނެވެ. (މާނައީ) "ރޯދަޔަށް ތިބޭ ރޭ ތިޔަބައިމީހުންގެ އަނބިންގެ ގާތަށް ގޮސް ރޭކުރުން ތިޔަބައިމީހުންނަށް ހުއްދަ ކުރައްވައިފިއެވެ. އެކަނބަލުންނީ ތިޔަބައިމީހުންނަށް ފޭރާމެކެވެ. އަދި ތިޔަބައިމީހުންނީ އެކަނބަލުންނަށް ފޭރާމެކެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ އަމިއްލަ نفسތަކަށް خيانةތެރިވަމުން ދިޔަކަން، اللَّه، ދެނެވޮޑިގެންވެއެވެ. ދެންފަހެ، ތިޔަބައިމީހުންގެ މައްޗަށް توبةލައްވައި، ތިޔަބައިމީހުންގެ ކިބައިން عفوކުރައްވައިފިއެވެ. ފަހެ، މިހާރު ތިޔަބައިމީހުން އެކަނބަލުންނާ ބީހިއުޅޭށެވެ! (އެބަހީ: جماعވުން ހުއްދަ ކުރައްވައިފިއެވެ.) އަދި ތިޔަބައިމީހުންނަށްޓަކައި اللَّه ކަނޑައަޅުއްވާފައިވާ ގޮތް އެދޭށެވެ! އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! فجرގެ ސަބަބުން ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ފަތިހުގެ އަލިކަން ފާޅުވެ އެނގިއްޖައުމަށް ދާނދެނެވެ. ދެން އެއަށްފަހު، ރޭވެއްޖައުމަށް ދާނދެން ތިޔަބައިމީހުން ރޯދަ ފުރިހަމަ ކުރާށެވެ!" (سورة البقرة: 187) ދެން ފަހެ އެބޭކަލުން އެ آية ބާވައިލެއްވުމުން ވަރަށް ބޮޑަށް އުފާވެވަޑައިގެންނެވިއެވެ. (البخاري: 1915)
ގުޅުންހުރި
ވީއެފްޕީ ބަދިގެ: ގުލާބުޖާމް
20 ޖޫން 2018
ވީއެފްޕީ ބަދިގެ: ޕޮޕްކޯން ޗިކަން
19 ޖޫން 2018
ވީއެފްޕީ ބަދިގެ: ކެބެޖް ރައިސް
18 ޖޫން 2018
ވީއެފްޕީ ބަދިގެ: މަސަލަ ރައީސް
17 ޖޫން 2018
ހިޔާލު

ގުޅުންހުރި
ކާލި
ފަޖުރު ލުމުން ރޯދަވެރިޔާގެ މައްޗަށް ކުރުން ހަރާމް ކަންކަން އިރުއޮއްސުމަށް ދާންދެން ކެއުމާއި ބުއިން ޖިމާއުވުން !

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]